ގުޅިފަޅު ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން--
ހަބަރު
15 May 2024 | 16:37
ގުޅިފަޅު ހިއްކުން ހުއްޓުވަން ނެރުނު ވަގުތީ އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ގުޅިފަޅު ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލަން ހައި ކޯޓުން ނެރުނު ވަގުތީ އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.

މިއަދު ސުޕްރީމް ކޯޓުން ކުރި ޙުކުމްގައިވަނީ ގުޅިފަޅު ހިއްކުން ހުއްޓާލުމަށް ހައިކޯޓުން ވަގުތީ ޢަމުރު ނެރެފައިވަނީ، ސުޕްރީމު ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށްވާތީ، މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ހައިކޯޓުގެ އަމުރު، ބާތިލުކުރާ ކަމަށެވެ.

ގުޅިފަޅު ހިއްކުމުގެ މަސައްކަތް ހުއްޓާލުމަށް އެދި މައްސަލަ ހުށަހަޅާފައިވަނީ ތިމާވެށި ހިމާޔަތްކުރުމަށް ގޮވައިލާ އެކްޓިވިސްޓު ހުމައިދާ އަބްދުލްޣަފޫރެވެ. އެގޮތުން އޭނާ ފުރަތަމަ ވަނީ، ގުޅިފަޅު މަޝްރޫއު ހުއްޓުވުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައުޟޫއީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، އެ މަޝްރޫއު ވަގުތީ ގޮތުން ހުއްޓާލުމަށް އަމުރު ނެރެދިނުމަށް ސިވިލް ކޯޓުގައި އެދިފައެވެ. 

ނަމަވެސް ސިވިލް ކޯޓުން ނިންމާފައިވަނީ، ހުމައިދާ އަބްދުލްޣަފޫރު އެދުނު ފަދައިން ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށެވެ. އެހެން ކަމުން ހުމައިދާގެ ފަރާތުން ވަނީ ސިވިލް ކޯޓުގެ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއް ކަމަށް ބުނެ، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

މި މައްސަލަ ހައިކޯޓުން ބެލުމަށް ފަހު، ވަނީ، ގުޅި ފަޅު ޕޯޓް ޑިވެލޮޕްމަންޓް މަޝްރޫއުގެ ބިން ހިއްކުމާ ގުޅޭ އެންމެހާ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފައެވެ. ނަމަވެސް ހައިކޯޓުން ނިންމި ނިންމުން ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ، ބަންޑާރަ ނައިބުގެ އޮފީހުން ވަނީ މައްސަލަ ސުޕްރީމު ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

މިއަދު ސުޕްރީމް ކޯޓުން މި މައްސަލައާ ގުޅިގެން، ހައި ކޯޓުން އިއްވި ޙުކުމް ބާޠިލުކުރަން ޙުކުމްކޮށްފައިވާއިރު، ސުޕްރީމުކޯޓުން މި ފަދައިން ޙުކުމް ކޮށްފައިވަނީ ހައިކޯޓުން ކުރި ޙުކުމްގެ ސަބަބުން ދައުލަތަށް ލިބުމުގެ އިޙްތިމާލު އޮތް ގެއްލުން ވަޒަންކޮށް އެއްހަމަ ކުރުމެއް ނެތި ޢަމުރު ނެރެފައިވާތީއެވެ.

އަދި ސުޕްރީމު ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، ބިން ހިއްކުމުގެ އެ މަޝްރޫޢު ހުއްޓާލައިފިނަމަ، ދައުލަތަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ވާނެކަންވެސް ކޯޓުން ފާހަގަ ކޮށްފައިވެއެވެ. އެއީ އެ މަސައްކަތް ކުރާ ކުންފުންޏާ އެކު ދައުލަތުން އެއްބަސްވެފައިވާ ގޮތުން މަޝްރޫއު ހުއްޓާލައިފި ނަމަ އައިޑަލް ޗާޖަސްގެ ގޮތުގައި ގަޑިއިރަކަށް 15،300 ޔޫރޯ ދައްކަން ޖެހޭތީ ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެއެވެ.

ގުޅީފަޅު މަޝްރޫއަކީ ކުރީ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް އަދި ސަރަހައްދީ ބަނދަރު ނުވަތަ ޕޯޓެއް ހެދުމަށް ހިއްކަން ފެށި ސަރަހައްދެކެވެ.

ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏަށް ދެ ބިލިއަން ރުފިޔާއަށް 65 ހެކްޓަރު ހިއްކާ ގޮތަށް ހަވާލުކުރެވުނު މި މަޝްރޫޢު އަށް އިތުރު 85 ހެކްޓަރު އިތުރު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. 

ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި ގޮތުގައި އެ މަސައްކަތް ހުއްޓާލާފައި އޮންނަ ކޮންމެ ދުވަހަކަށް ދައުލަތުން ބޮސްކާލިސް ކުންފުންޏަށް ތިން ލައްކައެއްހާ ޑޮލަރު ދައްކަންޖެހޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.