ސްޕްރީމް ކޯޓު
09 Nov 2023
އީވާ ނެތަސް ނަޝީދު ވަކި ކުރާ މައްސަލަ ކުރިއަށް ގެންދެވޭނެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ މައްސަލަ، މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުالله ރިޔާސަތުގައި ނެތަސް ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
09 Nov 2023
ނަޝީދުގެ މައްސަލައިގެ ހުކުމް ކުރުން މިއަދު އިއްވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ހައި ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ ހުކުމް މިއަދު އިއްވުމަށް ހައި ކޯޓުން ތާވަލު ކޮށްފިއެވެ.
07 Nov 2023
މަޖިލީސް މައްސަލައިގެ އަޑުއެހުންތައް ނިންމާ ހުކުމާއި ހަމަޔަށް!
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމް.ޑީ.ޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
07 Nov 2023
"ނަޝީދުގެ މައްސަލަ ބެލުމުގެ އިހުތިސޯސް ސުޕްރިމްކޯޓަކަށް ނެތް"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމް.ޑީ.ޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް އެ މައްސަލައަށް ތަދައްޚުލްވެފައިވާ ދަ ޑިމޮކްރެޓްސްއިން ބުނެފި އެވެ.
07 Nov 2023
"ހުވާކުރާ ޖަލްސާއަށް ވެސް ނަޝީދުގެ މައްސަލަ އެޖެންޑާކުރަން ޖެހޭ"
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރައްވާ ޖަލްސާގައި ފުރަތަމަ ކުރަން ޖެހޭ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ ވޯޓު ގެނުންކަމަށް ސުޕްރިމް ކޯޓަށް ހުށައަޅާފައިވާ ދުސްތޫރީ މައްސަލައިގައި އެމްޑީޕީ ތަމްސީލުކުރައްވާ ޤާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ
06 Nov 2023
އޭޖީ އާއި މަޖިލީހުގެ ސްޓޭންޑު ތަފާތު؛ ޕީޕީއެމްގެ އިޖުރާއީ އިއުތިރާޒެއް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު އިއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތަކަާއިމެދު، އެޓާނީ ޖެނެރަލްގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހު އިދާރާގެ ސްޓޭންޑުގައި ހިލާފުތަކެއް އުޅޭއިރު ޝަރީއަތުގައި އެޓާނީ ޖެނެރަލްގެ އޮފީހުން މަޖިލިސް ތަމްސީލު ކުރުމާ ސުވާލު އުފައްދައި ޕީޕީއެމް/ޕީއެންސީން އިއުތިރާޒެއް ހުށަހަޅައިފިއެވެ.
06 Nov 2023
އިންތިޚާބީ ރައީސް ހުވާކުރުމަށް ހުރަހެއް ނެތް: އޭޖީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށައަޅާފައިވާ މައްސަލަ އޮތް ނުނިމުނަސް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފި އެވެ.
06 Nov 2023
ނަޝީދު މައްސަލަ: މަޖިލީހަށް ފެނުނު ޙައްލަކީ ޤަވައިދު އިސްލާހުކުރުން
ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރު ހުށަހަޅާ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް ބަލަހައްޓަންޖެހޭ ކަމަށް ގަވައިދުގައި ބަޔާންކޮށްފައި އޮއްވާ އެ ނޫން ގޮތަކަށް އެކަން ކުރެވޭނީ ގަވައިދު ބަދަލުކޮށްގެން ކަމަށެވެ.