ދިވެހިރާއްޖެގެ ސްޕްރީމް ކޯޓް. ފޮޓޯ: ވޮއިސް
ހަބަރު
28 Nov 2023 | 11:33
މަދަނީ މިންގަނޑުން ބައްޕަ ސާބިތު ނުވި މައްސަލަ އޭޖީން އަނބުރާ ގެންގޮސްފި

މަދަނީ މިންގަނޑުން ބައްޕަ ސާބިތުނުވި މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.

މި މައްސަލައަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމަށްޓަކައި، މަދަނީ މިންގަނޑުން އެ ކުއްޖާގެ ބައްޕަ ސާބިތު ނުކުރެވޭނެކަމަށް ހައިކޯޓުން ނިންމި މައްސަލައެކެވެ.

އެމައްސަލައިގެ ޙުކުމް ސުޕްރީމް ކޯޓުގައި އޭޖީ އޮފީހުން ކުރިން އިސްތިއުނާފު ކޮށްފައިވީ ނަމަވެސް މިހާރު ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.

މި މައްސަލައާއި ގުޅޭ ގޮތުން ބަޔާނެއް އާންމުކޮށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވަނީ އެ މައްސަލަ އަލުން ބަލައި މުރާޖަޢާ ކުރުމަށް ފަހު ކޯޓުގައި އިސްތިއުނާފު މައްސަލަ އިތުރަށް ކުރިޔަށް ގެންދިއުމަށް ނުފެންނާތީ މައްސަލަ އަނބުރާ ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މިމައްސަލައިގައި ހިމެނޭ ކުއްޖާއަކީ އިންޑޮނޭޝިއާގެ އަންހެނަކާއި ދިވެހި ފިރިހެނެއްގެ ދަރިއެކެވެ.

އިންޑޮނޭޝިއާގެ އެއަންހެންމީހާއާއި ދިވެހި ފިރިހެން މީހާ ކައިވެނި ކޮށްފައިވަނީ 19 އޭޕްރިލް 2009 ގައި ސްރީލަންކާގަ އެވެ. ކައިވެނި ކުރިތާ ގާތްގަނޑަކަށް 5 މަސް ވެސް ނުވަނީސް އެ ދެމީހުންނަށް އަންހެން ދަރިއަކު ވަނީ ލިބިފައެވެ. އެކުއްޖާ އުފަންވެފައިވަނީ 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އައިޖީއެމްއެޗް ހޮސްޕިޓަލްގަ އެވެ.

ކުއްޖާ އުފަންވިއިރު، އެދެމީހުންގެ ކައިވެނި ރާއްޖޭގައި ރެޖިސްޓާ ކޮށްފަ އެއްނުވެއެވެ. އެ ދެމީހުން ކައިވެނި ރެޖިސްޓާ ކުރެވިފައިވަނީ 2008 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު ގައެވެ. ކުއްޖާގެ ވަގުތީ އުފަންދުވަހުގެ ސެޓްފިކެޓެއް ހެއްދިފައިވަނީ 2010 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަދުވަހު އެވެ.

ކުއްޖާގެ މަންމަ ކަމަށްވާ އިންޑޮނޭޝިއާގެ އެ އަންހެންމީހާ ކުއްޖާ ވިހެއުމަށްފަހު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައ،ި ޕާސްޕޯޓު އާކުރުމަށް ކަމަށްބުނެ ކުއްޖާ އާ ވަކިން ދިވެހިރާއްޖެއިން ފުރައިގެން ދިޔުމަށްފަހު އެނބުރި އައިސްފައިނުވެއެވެ.

ކުއްޖާގެ މަންމަ ކުއްޖާ ދޫކޮށް ފުރައިގެން ދިޔަފަހުން ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ އަދާކުރަމުންދިޔައީ ކުއްޖާގެ ބައްޕަ ފަރާތު މާމާއެެވެ.

އެއަށްފަހު، ކުއްޖާ ބެލެން ނެތް ކަމަށް ބުނެ ޖެންޑާ މިނިސްޓްރީއަށް ހުށައެޅުނު ޝަކުވާއާއިއެކު، އެކުއްޖާއާއި ބެހޭ މައުލޫމާތު އެމިނިސްޓްރީއިން ވަނީ ސާފުކޮށްފައެވެ.

އެމިނިސްޓްރީ އިން ބެލިބެލުމުން ކުއްޖާ ވިހެއި އިރު އެދެމީހުންގެ ކައިވެނި ރެޖިސްޓާ ނުކޮށް އޮތުމުން، ކުއްޖާ ބަލަހައްޓަމުން ދިޔަ ޢާއިލާގެ އެއްވެސް ފަރާތަކާއި ކުއްޖާއާ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ގުޅުމެއް ނެތް ކަމަށް އެ މިނިސްޓްރީއަށް ވަނީ އެނގިފައެވެ.

އެކަމާއިގުޅިގެން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު, އެ ކުއްޖާއަކީ ދިވެހި ރައްޔިތެއްކަމަށް ކަނޑައަޅައި ދިނުމަށާއ،ި ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ދަށުން ލިބެންޖެހޭ އެންމެހައި ޙައްޤުތައް ކުއްޖާއަށް ލިބިގެންވާކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ.

ނަމަވެސް ކުއްޖާގެ ނަސަބު ސާބިތު ކުރުމާއި ގުޅޭ މައްސަލައެއް ފެމިލީ ކޯޓަށް ހުށައެޅިފައިވުމާއި، އެ މައްސަލަ ނުނިމެނީސް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މައްސަލައިގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައިވެއެވެ.

ސިވިލް ކޯޓުން އެ ނިންމުން ނިންމި އިރު، ފެމިލީ ކޯޓަށް ހުށަހެޅި ނަސަބު ސާބިތުކުރުމުގެ މައްސަލަ ހުށަހަޅަންޖެހޭ ފޯމު ހުށަހަޅާފައި ނުވުމާއި އެފަދަ މައްސަލައެއް ހުށަހަޅާއިރު ފުރިހަމާވާންޖެހޭ ކަމަށް އާއިލާއާ ބެހޭ ޤާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަ ނުވާތީ އަދި މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރުމަކީ ފެމިލީ ކޯޓުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބާވަތުގެ މައްސަލައަކަށް ނުވާތީ، އެ ކޯޓުން އެ މައްސަލަ ނުބެލޭނެ ކަމަށް ވަނީ ނިންމާފައެވެ.

ފެމިލީ ކޯޓުގެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ މިސަބަބާއި ހުރެއެވެ.

ހައި ކޯޓުގައި މިމައްސަލަ ބެއްލެވީ، ފަނޑިޔާރު މުހައްމަދު ސަލީމް، ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދު އެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.

މި މައްސަލައިގައި ހައި ކޯޓުން ބުނީ މި ދެ މީހުން ސައްހަ ކައިވެންޏެއް ކުރި ކަމަށް ބެލި ނަމަވެސް ކުއްޖާ އުފަންވެފައިވަނީ ކައިވެނިކުރި ކަމަށް ބުނާ ތާރީހުން ފެށިގެން ހަތަރު މަހާއި 20 ދުވަސް ފަހުން ކަމަށެވެ.

އެކަމަކު ވިހޭއިރު ބަނޑަށް 37 ހަފްތާ ކަމަށް ޖަހައި އަދި ނުވަ މަސް ކަމަށް ލިޔެފައި އެތަން ކަނޑާލާފައި ވެސް އެ ފޯމުގައި އޮތް ކަމަށް ޙުކުމުގައި ބުނެފައިވެއެވެ.

މީގެއިތުރުން ”ޝަރުޢީ ބައްޕަ" އާއި "ޤާނޫނީ ބައްޕަ" އަކީ ދިވެހިންގެ އަޤީދާއާއި ދުރު ކަމެއް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ. 

މައްސަލަ ބެއްލެވި ފަނޑިޔާރުން އިއްތިފާޤްވެ ވަޑައިގެންފައިވަނީ ފެމިލީ ކޯޓުން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.