އެމްޑީޕީގެ ވަކީލު ކޯޓުގައި ވަކާލާތު ކުރައްވަނީ
ހަބަރު
07 Nov 2023 | 12:46
ހުވާކުރާ ޖަލްސާގައި ފުރަތަމަ ކުރަން ޖެހޭކަމަކީ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން: އެމްޑީޕީ

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރައްވާ ޖަލްސާގައި ފުރަތަމަ ކުރަން ޖެހޭ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުންކަމަށް ސުޕްރިމް ކޯޓަށް ހުށައަޅާފައިވާ ދުސްތޫރީ މައްސަލައިގައި އެމްޑީޕީ ތަމްސީލުކުރައްވާ ޤާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ. 

މިއަދު ސުޕްރިމް ކޯޓުން ވަނީ އެ މައްސަލައިގެ ދެވަނަ އަޑުއެހުމެއް ބާއްވާފައެވެ. 

މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ވަކީލު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރަން ހުށައަޅާ ގަރާރެއްގެ މަސައްކަތް ނުނިންމާ މަޖިލީހުގައި އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. އަދި އެ އުސޫލު އިންތިޚާބީ ރައީސް ހުވާކުރައްވާ ޖަލްސާއަށް ވެސް ފެނޭނެކަމަށް އެމްޑީޕީންގެ ވަކީލު ވިދާޅުވި އެވެ. 

އެގޮތުން އިންތިޚާބީ ރައީސް ހުވާކުރައްވާ ޖަލްސާގެ އެޖެންޑާގައި އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ޤަރާރުގެ މަސައްކަތް ހިމަނަން ޖެހޭނެކަމަށް އެމްޑީޕީގެ ވަކީލު ވިދާޅުވި އެވެ. 

އެކަން އެގޮތަށް ކުރަންޖެހޭ ސަބަބު ތަފްސީލުކޮށްދެއްވަމުން އެމްޑީޕީގެ ވަކީލު ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި އޮއްވާ، އެއްވެސް ޖަލްސާއެއް ކުރިއަށް ގެންދެވޭނީ އެ މައްސަލަ ނިންމާފައިކަމަށް ގަވައިދުގައި އޮންނާތީ ކަމަށެވެ. 

އެމްޑީޕީގެ ވަކީލު ކޯޓުގައި ވަކާލާތު ކުރައްވަނީ

"ޖަލްސާ ބޭއްވިދާނެ، އެހެން ނަމަވެސް އެ ޖަލްސާގައި ވެސް އެެޖެންޑާ ނަމްބަރު އެކަކަށް ވާން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާ މެދު ގޮތެއް ނިންމުން. އެއީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް. ޖަލްސާގައި ކަންކަން ވެސް ކުރެވޭނެ"

އެމްޑީޕީގެ ޤާނޫނީ ވަކީލު

އެމްޑީޕީގެ ވަކީލު މިފަދައިން ވިދާޅުވެފައި ވީ ނަމަވެސް ނަޝީދުގެ މައްސަލައިގައި ސުޕްރިމް ކޯޓުން ބޭއްވި ފުރަތަމަ އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ސުވާލަށް ޖަވާބުދެއްވަމުން ބަންޑާރަ ނައިބުގެ އޮފީހުގެ ޤާނޫނީ ވަކީލު ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމި އޮތް ނަމަވެސް އިންތިޚާބީ ރައީސް ހުވާކުރެއްވުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ. 

ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައި ވަނިކޮށް މަޖިލީހުގައި އިތުރު މަސައްކަތްކެއް ކުރިއަށް ނުގެންދެވޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް މަޖިލީހުގެ ގަވައިދުގައި ބަޔާންކުރަނީ ދެކަމެއްގެ ވާހަކަ ކަމަށާއި، އެއީ މަޖިލީހަށް ހުށަހެޅިފައިވާ ކަމަކަށް ބަހުސް ކުރުމާއި ފާސްކުރަން އޮތް ކަމެއް ފާސްކުރުންކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.