ދަ ޑިމޮކްރެޓްސްގެ ވަކީލު ސުޕްރިމް ކޯޓުގައި ވަކާލާތު ކުރައްވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
07 Nov 2023 | 14:12
ނަޝީދުގެ މައްސަލަ ބެލުމުގެ އަސްލީ އިހުތިސޯސް ސުޕްރިމްކޯޓަކަށް ނެތް: ދަ ޑިމޮކްރެޓްސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމް.ޑީ.ޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް އެ މައްސަލައަށް ތަދައްޚުލްވެފައިވާ ދަ ޑިމޮކްރެޓްސްއިން ބުނެފި އެވެ. 

ނަޝީދުގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ހޯމަ ދުވަހު ބާއްވާފައިވާއިރު، ދަ ޑިމޮކްރެޓްސްގެ އެދުމަށް، އެ ޕާޓީއަށް ތައްޔާރުވުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ސުޕްރިމް ކޯޓުން ވަނީ މިއަދަށް އަޑުއެހުމެއް ބާއްވާފައެވެ. 

މިއަދުގެ އަޑުއެހުމުގައި އެ މައްސަލައަށް ވަކާލާތު ކުރަމުން ދަ ޑިމޮކްރެޓްސްގެ ޤާނޫނީ ވަކީލު ވިދާޅުވީ ނަޝީދުގެ އިތުބާރުނެތްކަމަށް ހުށައަޅާފައިވާ މައްސަލައާއި ގުޅިގެން އެމްޑީޕީން ސުޕްރިމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައެޅީ ޤާނޫނު އަސާސީގެ 95 ވަނަ މާއްދާއާއި، އަދި އިޖުރާއަތްތަކާއި ވެސް ޚިލާފަށް ކަމަށެވެ.

އެގޮތުން ޤާނޫނު އަސާސީގެ 88 ވަނަ މާއްދާ އަދި 95 ވަނަ މާއްދައަށް ރިއާޔަތްކުރާއިރު ސުޕްރީމް ކޯޓަށް މައްސަލަ ބެލުމުގެ އަސްލީ އިހްތިސޯސް ލިބިގެން ނުވާކަމަށް ވަކީލު ވިދާޅުވި އެވެ. 

"ސްޕްރީމް ކޯޓުގެ އަސްލީ އިހުތިސާސް ލިބިގެންވާ މައްސަލައެއް ކަމަށް ބުނެ ހުށަހަޅާފައިވާ މި މައްސަލައަކީ ސްޕްރީމް ކޯޓުގެ އަސްލީ އިހުތިސާސް ލިބިގެންވާ ދުސްތޫރީ މައްސަލައެއް ނޫންކަން"

ދަ ޑިމޮކްރެޓްސްގެ ޤާނޫނީ ވަކީލު

އެކަން އިތުރަށް ތަފްސީލުކޮށްދެމުން ދަ ޑިމޮކްރެޓްސްގެ ވަކީލު ވިދާޅުވީ ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައިނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލިހުގައި ހިނގާކަމެއްގެ ސައްހަކަން ކަށަވަރުކުރުމަށްޓަކާ މައްސަލައެއް ކޯޓަށް ހުށަނޭޅޭނެކަން ގާނޫނު އަސާސީގެ 88 ވަނަ މާއްދާއިން އެގެން އޮތް ކަމަށެވެ.

އެހެންކަމަނުން އެމްޑީޕީން ކޯޓަށް ހުށައަޅާފައިވާ ނަޝީދުގެ މައްސަލައަކީ އެމައްސަލަ ބެލުމުގެ އިހުތިސާސް ސުޕްރިމް ކޯޓަށް ލިބިގެންވާ މައްސަލައެއް ނޫން ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން ވަނީ އެ މައްސަލައިގައި މަޖިލީހުން ހުށައަޅާފައިވާ ކަންކަމަށް ތާއީދުކޮށްފަ އެވެ. 

އެގޮތުން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތުމަކީ މަޖިލީހުގެ މަސައްކަތްތައް ހުއްޓިގެންދާނެ ކަމެއް ނޫން ކަމަށާއި، މަޖިލީހުގައި ކުރަން ހުރި މުހިންމު މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަމަށް އޭނާ ވިދާޅުވި އެވެ. 

ޑިމޮކްރެޓްސްގެ ފަރާތުން އިތުރަށް ބުނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަންވާނީ ނައިބު ރައީސްކަމަށް ކަނޑައަޅާފައިވަނީ ޚާއްސަ ހާލަތެއްވުމުންކަމަށެވެ. 

އެއާއެކު ސުޕްރިމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އެ ޚާއްސަ ހާލަތަކަށްވާ ގޮތަކީ ކޮބައިތޯ އައްސަވާ ސުވާލުކުރައްވާފަ އެވެ. 

އެ ސުވާލުގެ ޖަވާބުދެއްވަމުން ޑިމޮކްރެޓްސްއިންގެ އިންޓެރިމް ޗެއާޕާސަން އަދި ގާނޫނީ ވަކީލު ހަސަން ލަތީފު ވިދާޅުވީ މަޖިލީހުގެ ރައީސަށް ލިބިގެންވާ ހުރިހާ ބާރުތަކެއް ނައިބު ރައީސަށް ވެސް ލިބިގެންވާ ކަމަށެވެ. އަދި އެއީ މަޖިލީހުގެ ކޮންމެ ކޮންމެ މެމްބަރަކަށް ލިބިގެންވާ ބާރުތަކެއް ނޫން ކަމަށާއި، 205 ވަނަ މާއްދާގައި ބަޔާންކޮށްފައި އެ ވަނީ ހާއްސަ އިޖުރާއަތެއްކަން އެކަމުން ހާމަވެގެންދާކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. 

ސުޕްރިމް ކޯޓުން ވަނީ ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަންވީ ގޮތެއް ކަނޑައަޅާދިނުމަށް އެދި އެމްޑީޕީން ހުށައަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލާފަ އެވެ. އަދި ކޯޓުން ވަނީ އެ މައްސަލަ ވީ އެންމެ އަވަހަކަށް ނިންމުމަށް މަސައްކަތް ކުރާނެކަމަށް ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Jul 2026
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ
އެކި ސަރަހައްދުތަކުން ހޮވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
10 Jul 2026
”އުނދަގޫކަމާ އެކު އަޅައަޅައިގަނެގެން ޤުރްއާން ކިޔަވާ މީހާއަށް ދެ ދަރުމަ ހުއްޓެވެ“
ޚުޠުބާގައި ބުނި ގޮތުގައި، ކީރިތި ޤުރްއާނަކީ އެންމެ މަތިވެރި އަދި އެންމެ ބަރަކާތްތެރި ފޮތެވެ. އެ ފޮތުގެ އުޞޫލުތަކުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، ކިޔެވުމުގައި ދެމިހުންނަ މީހަކީ ގެއްލުމެއް ނުވާނޭ ފަދަ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެކެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅަކުން މިކަން ސާބިތުކޮށްދެއްވަމުން ޚުޠުބާގައި ވިދާޅުވީ، اللهގެ ފޮތް ކިޔަވައި، ނަމާދު ޤާއިމުކޮށް، ސިއްރާއި ފާޅުގައި ހޭދަކުރާ މީހުންނަކީ އުުއްމީދުކުރާ ފަދަ ކާމިޔާބު ވިޔަފާރިއެއްގެ އަހުލުވެރިން ކަމަށެވެ.
10 Jul 2026
ނަތަންޔާހޫ ބޭނުންވަނީ ވޯލްޑްކަޕް އާޖެންޓީނާއިން ކާމިޔާބު ކުރަން
އިސްރާއީލުގެ ކޮމީޑިއަން ބެން ބެން ބާރޫޚް ހޮސްޓުކުރާ "ދަ މޯޖޯ ޕޮޑްކާސްޓް" ގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ އާޖެންޓީނާއަށް ތާއީދުކުރަނީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއާ ހެދި ނޫން ކަމަށާއި އެ ޤައުމުގެ ރައީސް ހާވިއެރް މިލޭއީގެ ސަބަބުން ކަމަށެވެ.
10 Jul 2026
20 އަހަރަށްފަހު، ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ނޮވެމްބަރުގައި
ރައީސް އައްބާސް ބުރާސްފަތި ދުވަހު ނެރުއްވި ރިޔާސީ ގަރާރެއްގައިވާ ގޮތުން، މި އިންތިޚާބު ހުޅަނގު އައްސޭރި އާއި، އިރުމަތީ ގުދުސް އަދި ގާޒާ ހިމެނޭހެން ފަލަސްތީނުގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށްދާނެއެވެ. މިއީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ފަލަސްތީނުގައި ބާއްވާ މިފަދަ ފުރަތަމަ އިންތިޚާބެވެ.
10 Jul 2026
ފްރާންސް-މޮރޮކޯ މެޗުގައި ޕެނަލްޓީ ޖެހުން ލަސްކުރުމުން ހާލަންޑްގެ ފާޑުކިޔުން
މި މެޗުގައި ނުސައިރު މަޒްރާއީ އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ޖެހުމަށް އެމްބާޕޭއަށް 3 މިނެޓާއި 10 ސިކުންތު ވަންދެން މަޑުކުރަން ޖެހުނެވެ. މި ލަސްވުން ދިމާވީ ވީއޭއާރު އިން އެ ހާދިސާ ބަލަމުންދާތީއެވެ. މިކަމާ ގުޅިގެން އެމްބާޕޭ ހުރީ ރެފްރީ ފަކުންޑޯ ޓެލޯ އާއި އޮފިޝަލުންނާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
10 Jul 2026
އެމްބާޕޭގެ މޮޅުކުޅުމާއެކު މޮރޯކޯ ބަލިކޮށް ފްރާންސް ސެމީފައިނަލަށް
މެޗްގައި ތަރިއަކަށްވީ ފްރާންސްގެ އެމްބަޕޭއެވެ. އޭނާ ވަނީ ގޯލެއް ޖެހުމުގެ އިތުރުން ފްރާންސަށް ދެވަނަ ގޯލެއް ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.
10 Jul 2026
ހަތް އަހަރަށް ފަހު މަރުކަޒުގެ އިމާމުގެ މަގާމުން ޝެއިޚް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފި
ޝެއިޚް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއާ ގުޅިވަޑައިގަތީ ތަޢުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށެވެ.
10 Jul 2026
މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް: ފަސް މީހަކަށް އަނިޔާވި، ދޯނި މަޑުނުކުރި
މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް ފަސްމީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.