މިއަދުގެ އަޑުއެހުމުގެ ތެރެއިން--
ހަބަރު
07 Nov 2023 | 14:47
އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމް.ޑީ.ޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަގެ އަޑުއެހުންތައް ނިންމާލައިފި އެވެ. 

އެ މައްސަލައަށް މަޖިލީހުގެ ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް، ޕީޕީއެމް-ޕީއެންސީ އަދި ބަންޑާރަނައިބުގެ އޮފީހުން ވަނީ ތަދައްޚުލްވެފަ އެވެ. އެ މައްސަލައާއި ގުޅިގެން ސުޕްރިމް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އެކި ފަރާތްތަކުން ވަނީ ތަފާތު ހުށައެޅުންތައް ހުށައަޅާފަ އެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުން ސުޕްރިމް ކޯޓުގައި ބުނެފައިވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު ހުށައަޅަންވާނީ މަޖިލީހުގެ ގާނޫނީ ޖަލްސާއަކަށް ކަމަށް ވެފައި، މިހާތަނަށް އެފަދައިން އެ މައްސަލަ ހުށައަޅާފައި ނުވުމަކީ މަޖިލީހުގައި އިތުރު މަސައްކަތްތައް ހުއްޓާލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. 

ނަޝީދުގެ މައްސަލައަކީ ސުޕްރިމް ކޯޓަށް ހުށަނާޅާ ވެސް ޙައްލުކުރެވޭނެ މައްސަލައެއް ކަމަށާއި، އެގޮތުން ޤާނޫނަށް އިސްލާހުގެނެސްގެން މަޖިލީހުގެ ތެރެއިން އެ މައްސަލަ ޙައްލުކުރެވޭނެކަމަށް މަޖިލީހުގެ އަމީންއާންމު ނިއުޝާ ވަނީ ވިދާޅުވެފައެވެ. އަދި އެކަމަނާވަނީ ގާނޫނަށް އިސްލާހު ގެނެވިދާނެ 4 ގޮތެއް ވެސް ހުށައަޅުއްވާފަ އެވެ. 

ނަޝީދު މައްސަލައިގައި މަޖިލީހުގެ އަމީންއާންމު ނިއުޝާ ވާހަކަދައްކަވަނީ

އެ މައްސަލައިގައި ތަދަޚުލްވެފައިވާ ދަ ޑިމޮކްރެޓްސްއިން ބުނެފައިވަނީ އެމްޑީޕީން ހުށައަޅާފައިވާ ދުސްތޫރީ މައްސަލައަކީ ސުޕްރިމް ކޯޓަށް ބެލުމުގެ އަސްލީ އިހުތިސޯސް ލިބިގެންވާ މައްސަލައެއް ނޫންކަމަށެވެ. އަދި މަޖިލީހުގެ ނިންމުން ކޯޓަށް ހުށައަޅައިގެން ބަދަލުކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

ޤާނޫނު އިސްލާހުކޮށްގެން ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ޤަބޫލު ނުކުރާކަމަށް އެ މައްސަލަ ހުށައެޅި އެމްޑީޕީން ބުނެފައިވާއިރު، އެމީހުން ބުނަމުން އައިސްފައިވަނީ އެ މައްސަލަ ސުޕްރިމްކޯޓަށް ހުށައަޅަން ޖެހުނީ ޤާނޫނު އިސްލާހުކޮށްގެން އެކަން ކުރެވޭނެ މަގެއް ވެސް ނުފެނުމުން ކަމަށެވެ. 

ނަޝީދު މައްސަލައިގައި ދަ ޑިމޮކްރެޓްސްގެ ވަކީލު ވާހަކަދައްކަވަނީ

އެމްޑީޕީން ބުނެފައިވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައި ވަނިކޮށް، މަޖިލީހުގައި އިތުރު އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެގޮތުން އިންތިޚާބީ ރައީސް ގާނޫނީ ހުވާކުރުމަށް ބާއްވާ ޖަލްސާގެ އެޖެންޑާއަށް ވެސް އެންމެ ފުރަތަމަ ތާވަލު ކުރަން ޖެހޭނީ ނަޝީދުގެ އިތުބަރު ނެތްކަމުގެ މައްސަލަކަމަށް އެމްޑީޕީގެ ޤާނޫނީ ވަކީލު ވަނީ ވިދާޅުވެފަ އެވެ. 

ނަޝީދު މައްސަލައިގައި އެމްޑީޕީގެ ވަކީލު ވާހަކަދައްކަވަނީ

ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ވެސް ބުނެފައިވަނީ ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ނަމަ، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުން އެކަން ކުރުމަށް ޤާނޫނީ ހުރަހެއް ނެތް ކަމަށެވެ. 

އެހެން ނަމަވެސް ނަޝީދުގެ މައްސަލަ ނުނިމުނަސް އިންތިޚާބީ ރައީސް ހުވާކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ބަންޑާރަނައިބުގެ އޮފީހުގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ. 

ނަޝީދު މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވާހަކަދައްކަވަނީ

އެ މައްސަލައަށް ތަދައްޚުލުވެފައިވާ ޕީޕީއެމް-ޕީއެންސީން ބުނީ އެއްވެސް ހާލަތެއްގައި ދައުލަތުގެ ތިންބާރުން އެއްބާރުގެ މަސައްކަތްތައް ހުއްޓިފައި އޮތުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ސިޔާސީ ކޯޅުންތަކަށް ޖާގަ ދެވުނު ނަމަވެސް ދުސްތޫރީ އޮނިގަނޑު ހުއްޓިފައި އޮތުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށާއި، އެ ހާލަތުގައި ސުޕްރިމް ކޯޓުން ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ޕީޕިއެމް-ޕީއެންސީ ތަމްސީލު ކުރައްވާ އާޒިމާ ޝުކޫރު ވިދާޅުވި އެވެ. އަދި މަޖިލީހުގެ މައްސައަށް ސުޕްރިމް ކޯޓުން ޙައްލެއް ހޯދުމަށް ހުށައެޅުއްވި އެވެ. 

ނަޝީދުގެ މައްސަލަ ބައްލަވާ ސުޕްރިމް ކޯޓުގެ ބެންޗު

އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާއިރު، އެ މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލިސް އޮންނާނެ ތާރީހެއް އަދި އިއުލާނުކޮށްފަ އެއް ނުވެއެވެ.

އެހެން ނަމަވެސް އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިސް ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަނީ ވީ އެންމެ އަވަހަކަށް އެ މައްސަލައިގައި ގޮތެއް ނިންމުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.