28 Jul 2020 | 12:54
މަޝްވަރާކުރުމަށް ރައީސް ގޮވާލެއްވި އިރު އެމަނިކުފާނާ ބައްދަލުކުރަން އެދުނުތާ 3 މަސްވެއްޖެ: އަބްދުރަހީމް

ރައީސް ޞާލިހު ރައްޔިތުންގެ ކުރިފުޅުމަތީގައި ޞާލިހު ވާންވެގެން އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވިނަމަވެސް އެއީ އެއްވެސް އިހުލާސްތެރިކަމާއެކު ދެއްކެވި ވާހަކަފުޅެއް ނޫންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުރަހީމް ވިދާޅުވިގޮތުގައި ރައީސް ޞާލިހް އާއި މަޖިލިސް ރައީސް ނަޝީދުއާއި ބައްދަލުކުރުމަށް އެދިވަޑައިގެންފައިވާތާ އެތައް މަހެއްވެގެން ގޮސްފައިވާއިރުވެސް އެއްވެސް ޖަވާބެއް ދީފައިނުވާކަމަށެވެ.

"ރާއްޖޭގެ އިދިކޮޅުގައި މިތިބީ ޕީޕީއެމް، ޕީއެންސީ. އަޅުގަނޑުމެން ރައީސް ޞާލިހާއި ބައްދަލުކުރަން ސިޓީއެއް ފޮނުވައިގެން އުޅޭތާ 3 މަސްދުވަސް ވެއްޖެ، ޖަވާބެއް ނުދެއްވާ. ހޯމް މިނިސްޓަރާއި ބައްދަލުކުރަން އުޅޭތާ ތިންމަސް ދުވަސް ވެއްޖެ، ޖަވާބެއް ނުދެއްވާ. ޕޮލިސް ކަމިޝަނަރާއި ބައްދަލުކުރަން އެދިގެން އުޅޭތާ ތިންމަސް ދުވަސް ވެއްޖެ. ޖަވާބެއް ނުދެއްވާ. ކަރެކްޝަން ސާވިސްއާއި ބައްދަލުކުރަން އުޅޭތާ ތިންމަސް ވެއްޖެ، ޖަވާބެއް ނުދެއްވާ. މަޖިލިސް ރައީސްއާއި ބައްދަލުކުރަން އުޅޭތާ 6 މަސްވެއްޖެ، ޖަވާބެއް ނުދެއްވާ." ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

ސިޔާސީ ވާދަވެރިންގެ ޚިޔާލާއި މަޝްވަރާއަށް މި ސަރުކާރުން އަބަދުވެސް މަރުޙަބާ ކިޔާނެކަން ހަނދުމަފުޅުކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާ ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ހިމެނޭ ކަންކަމުގައި ސަރުކާރާއި އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް ހުރިހާ ސިޔާސީ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަނެގުމުގެ ރަސްމީޔާތުގައި ވާހަކަފުޅު ދައްކަވަމުން ގޮވާލައްވާފައެވެ.

ރައީސް ޞަލިހް މިފަދައިން ގޮވާލާފައިވީނަމަވެސް، ރައީސް ޞަލިހް އާއި ބައްދަލުކުރުމަށް އެދިވަޑައިގެން ސިޓީއެއް ފޮނުވިތާ 3 މަހަށްވުރެ ގިނަ ދުވަސްވެފައިވާކަމަށް އަބްދުރަހީމް ވަނީވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ބުރާސްފަތި ދުވަހު އިންޒާރު ދީފައިވަނީ ޔޫކްރެއިނަށް ތާއީދުކުރާ ނޭޓޯ ޤައުމުތަކުގެ ސަރަޙައްދަށް ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި މޮސްކޯއިން ޑްރޯން ނުވަތަ މިސައިލް ފޮނުވައިފާނެ ކަމަށެވެ.
19 Sep 2026
އަމީނީ މަގު ސެގްމެންޓް އެކެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
ފާއިތުވި ހަފުތާގެ ތެރޭގައި ތާރު އެޅުން ރޭވިފައި އޮތް ނަމަވެސް، ތާރުއެޅުމުގެ މަސައްކަތް ލަސްވީ މޫސުން ގޯސްވެ ވާރޭ ވެހުމާ ގުޅިގެން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެހެންކަމުން މޫސުން ރަނގަޅުވުމާއެކު އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ކުރިއަށްގެންގޮސްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ
19 Sep 2026
ބާބުލް މަންދަބު ކަނޑުއޮޅިއަށް އިޓަލީން މަނަވަރެއް ފޮނުވަނީ
ބާބުލް މަންދަބު ކަނޑުއޮޅީގައި ނުރައްކާ ބޮޑުވާތީ އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރަން ކަނޑުގެ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިޓަލީން ވަނީ ބުނެފައި
19 Sep 2026
ޕީއެންސީ ޓޫރިޒަމް ކޮމިޓީގެ ރައީސާކަމުގެ މަގާމަށް އަލައިކާ
އަލައިކާ އަކީ މިހާރުވެސް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ
19 Sep 2026
ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުން 341 ޒުވާނުން ތަމްރީނު ފުރިހަމަކޮށްފި
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތު ބާއްވާފައިވަނީ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ. ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާ އެކު ޝަރަފުގެ ހިނގާލުންވެސް އެ ރަސްމިއްޔާތުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
19 Sep 2026
ލ.ގަމުގައި ބޭއްވި ރޭސިން މުބާރާތެއްގ ެތެރެއިން ނުަރއްކާތެރި އެކްސިޑެންޓެއް
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލް ކޮންޓްރޯލުން ނެއްޓި ގޮސް މޫދަށް ވެއްޓިގެންނެވެ.
19 Sep 2026
ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން: ޣައްސާން
‏ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
19 Sep 2026
ބްރެންޓްފޯޑް އަތުން ބަލިވެ، ޗެލްސީއަށް އިތުރު ނުތަނަވަސްކަމެއް
މި ނަތީޖާގެ ސަބަބުން ޗެލްސީގެ ކޯޗް ޒަބީ އެލޮންސޯއަށް އިތުރު ފިއްތުންތައް ވަނީ ކުރިމަތިވެފައެވެ. މި ނަތީޖާއާއެކު ޗެލްސީ ވެފައިވަނީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކޮޅަށް ވަން ޓީމަށެވެ. އެ ޓީމުން ކުޅުނު ފަސް މެޗުގައި 12 ލަނޑު ވަދެފައިވާއިރު، އެއްވެސް މެޗެއްގައި ކޮޅަށް ލަނޑެއް ނުވަދެ ހިފަހައްޓާލެވިފައެއް ނުވެއެވެ.