28 Jul 2020 | 21:50
ކޮރަޕްޝަންގެ މައްސަލަަތަކެއް ސާބިތުވެ ނަޖީބް ރައްޒާގު 12 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ކޮރަޕްޝަންގެ މައްސަލަަތަކެއް ސާބިތުވެ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު 12 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

މެލޭޝިޔާގެ ހައިކޯޓުން ނަޖީބުގެ މައްޗަށް މިފަދައިން ހުކުމް ކޮށްފައިވަނީ މަޝްހޫރު 1އެމްޑީބީ މައްސަލައިގައި ހިމެނޭ އެސްއާރްސީ އިންޓަރނޭޝަނަލްއިން، އެބޭފުޅާގެ އަމިއްލަ ބޭންކް އެކައުންޓަށް 42 މިލިޔަން ރިންގިޓް ފޮނުވި މައްސަލައިގައެވެ. ނަޖީބްގެ މައްޗަށް މި މައްސަލައާއި ގުޅިގެން ވަނީ ޖުމްލަ ހަތް ދައުވާއެއް އުފުލާފައެވެ.

އެއީ ބާރުގެ ނަހަމަ ބޭނުން ކުރުމުގެ ދައުވާއަކާއި، މަނީ ލޯންޑްރިންގ އަދި ކްރިމިނަލް ބްރީޗް އޮފް ޓްރަސްޓްގެ ކުށުގެ ހަ ދައުވާއެކެވެ. މި ހަތް ދައުވާވެސް އޭނާގެ މައްޗަށް ސާބިތުވާކަމަށް ހައިކޯޓުން ވަނީ ނިންމައި، 210 މިލިޔަން ރިންގިޓްގެ ޖޫރިމަނާއެއް ކުރުމަށް ހުކުމްކޮށްފައެވެ. އަދި ބާރުގެ ނަހަމަ ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި 12 އަހަރު، ކްރިމިނަލް ބްރީޗް އޮފް ޓްރަސްޓްގެ ތިން ކުށުގެ އަދަބެއްގެ ގޮތުން ކޮންމެ ކުށަކަށް 10 އަހަރު އަދި މަނީ ލޯންޑްރިންގގެ ތިން ކުށުގެ އަދަބެއްގެ ގޮތުން ކޮންމެ ކުށަކަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ.

މި ހުރިހާ ޖަލުހުކުމެއް އެއްފަހަރާ ތަންފީޒުކުރުމަށް ހައިކޯޓުން އަންގާފައިވުމުން، ނަޖީބު ތަންފީޒުކުރައްވަން ޖެހޭނީ 12 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް މި ހުކުމް އިސްތިއުނާފަށް ހުށައަޅާފައިވުމުން، ހުކުމް ތަންފީޒުކުރަން މަޑުޖައްސާލަން ވަނީ އަމުރެއް ނެރެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ހަ ވަރަކަށް ދުވަސް ކުރީން، ހައިކޯޓުން ނަޖީބު ރައްޒާގުގެ މައްޗަށް ވަނީ 2011-2017 ވަނަ އަހަރާއި ހަމައަށް ނުދައްކާ ހުރި ޓެކްސްއާއި ޖޫރިމަނާގެ ގޮތުގައި 1.69 ބިލިޔަން ރިންގިޓް ދެއްކުމަށް ހުކުމްކޮށްފައެވެ. 

މިއަދުގެ ހުކުމަށްފަހު ކޯޓުގެ ބޭރުގައި ހުންނަވާ މީޑިޔާތަކާއި ވާހަކަދައްކަވަމުން ނަޖީބު ވިދާޅުވީ ކޯޓުގެ ހުކުމާއި މެދު ހިތްހަމަ ޖެހިވަޑައިނުގަންނަވާ ކަމަށާއި، އެ ހުކުމް އިސްތިއުނާފު ކުރައްވާނެކަމަށެވެ. އަދި އެބޭފުޅާގެ ކުށެއް ނެތްކަން ސާބިތުކުރައްވަން ކުރައްވާ މަސައްކަތް ހުއްޓަވާ ނުލައްވާނެކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.