29 Jul 2020 | 19:31
ގަސްދުގައި ކޮވިޑް-19 ބަލި ފަތުރަން އުޅޭކަމަށް ބެލެވޭ މީހެއްގެ މައްސަލަ ބަލަނީ

ގަސްދުގައި ކޮވިޑް-19 ބަލި ފަތުރަން އުޅޭކަމަށް ބެލެވޭ މީހެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.

މިކަން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ވަނީ މީޑިޔާތަކަށް ޔަގީންކޮށްދީފައެވެ.

މީސް މީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއަކުން ފެންނަ ގޮތުގައި މީހަކު ވަނީ ގެއެއްގެ ދޮރު ކައިރީގައި ހުރެ މާސްކް ބޭލުމަށްފަހު، މޫނާއި ނޭފަތުގައި އަތްކޭއްތުމަށްފަހު އެ ދޮރުގެ ތަޅާއި ދޮރުފަތުގައި އަތް ހާއްކާފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ މި ވީޑިޔޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މިކަމާއި ގުޅިގެން ބަލަންޖެހޭ އިތުރު ކަންތައްތައް ބަލަމުންދާ ކަމަށެވެ. އެ ވީޑިއޯއާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ގުޅައި އެކަން ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Jul 2026
އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި ބަރިޖުތަކަށް ހަމަލާދޭނަން: ޓްރަމްޕް
އެމެރިކާއާއެކު މަޝްވަރާގެ މޭޒަށް އީރާނުން ނައިސްފިނަމަ، އަންނަ ހަފުތާއިން ފެށިގެން އެ ގައުމުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި ފާލަންތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.
15 Jul 2026
ފްރާންސް ބަލިކޮށް ސްޕެއިން ވަރލްޑްކަޕް ފައިނަލަށް
މި ދެޓީމަކީ މިފަހަރުގެ މުބާރާތުގެ މިހާހިސާބަށް އާއިރު އެންމެ ވަރުގަދަކޮށް ފެނުނު ދެޓީމެވެ. ނަމަވެސް ރޭގެ މެޗްގައި ފަރަންސޭސިންގެ ފަރާތުން އުއްމީދުކުރިވަރުގެ ކުޅުމެއް ނުފެނުނެވެ.
15 Jul 2026
ހޯރަފުށީ ކުޑަކުދިންގެ މަރުކަޒުގެ ކުދިންތަކެއް މާރާމާރީ ހިންގި މައްސަލައެއް ބަލަނީ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެގޮތުން އެ މަރުކަޒުގައި ތިބި ތިން ކުއްޖަކު މަރުކަޒުން ބޭރަށް ނުކުމެ، ރަށުގެ އާންމު ފަރާތަކަށް ހަމަލާދީފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
14 Jul 2026
ސައުދީއަށް އަމާޒުކޮށް ދިން މިސައިލް ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ދިވެހި ހާރިޖިއްޔާ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސައުދީއަށް ދޭންފެށި މިސައިލް ހަމަލާތަކަކީ އެޤައުމުގެ އިސްތިގުލާލާއި ސަރަހައްދީ ނިންމެވުންތަކަށް އަރައިގަތުމުގެ ގޮތުން ހިންގާފައިވާ އަމަލުތަކެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަމަށެވެ.
14 Jul 2026
އަމްރިތާ ހޮސްޕިޓަލާއެކު އެއްބަސްވުން އާ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
އާސަންދައިން ބުނީ، އަލުން ބަލިމީހުން ފޮނުވޭނެ ސީދާ ތާރީހެއް އަދި ކަނޑަނޭޅުނު ނަމަވެސް އެގްރީމެންޓް އާކުރުމުގެ މުއާމަލާތްތައް ކުރިއަށްދާކަމަށެވެ.
14 Jul 2026
އެލްޖީއޭގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމުކުރި އިއުލާނެއްގައި ބުނީ، އެލްޖީއޭ ބޮޑުގެ ތިން މެމްބަރެއްގެ ދައުރު ހަމަވާތީވެ، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.
14 Jul 2026
ދިރާގު ސްޓޯލުން ހާއްސަ އިނާމުތައް
މޯލްޑިވްސް ފުޑް ކާނިވަލް 2026ގެ ދިރާގު ސްޓޯލުން ހިލޭ ގޭމިންގ ހަރަކާތާއި ޑޭޓާ އަދި ކޭޝްބެކް ފަދަ އިނާމުތައް ލިބޭ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވެއެވެ.
14 Jul 2026
ޖަލުތަކުގެ ކަންކަން ވަރުގަދަކުރަން 22 ދުވަހުގެ އޮޕަރޭޝަނެއް، ބުނީ ކާމިޔާބު ކަމަށް
މިދިޔަ ޖޫން މަހުގެ 22 އިން ފެށިގެން މި ޖުލައި މަހުގެ 13 އާ ހަމައަށް ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަން ހިންގާފައިވަނީ މާލެ، ހުޅުމާލެ، ކ. މާފުށި އަދި ކ. ހިންމަފުށީގަ އެވެ.