އަޕާޗޭ ހެލިކޮޕްޓަރު ގަތުމުގެ އެއްބަސްވުމުގައި އިންޑިއާ އާއި އެމެރިކާ ސޮއިކުރުމުގެ ތެރެއިން... ފޮޓޯ: އިންޑިއާ މިލިޓަރީ
ދުނިޔެ
03 Jul 2025 | 09:26
ޕާކިސްތާން-އިންޑިއާ ބޯޑަރު ކައިރިއަށް އެޕާޗޭ ހެލިކޮޕްޓަރުތައް ގެންނަނީ

އިންޑިއާއިން އޯޑަރުކޮށްފައިވާ އެޕާޗޭ ހެލިކޮޕްޓަރުތައް ހަވާލުކުރަން ޖެހޭ މުއްދަތު ފަހަނައަޅައި ދިޔަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވަނިކޮށް، އެ ހެލިކޮޕްޓަރުތައް މި މަހު އަންނާކަމަށް އިންޑިއާއިން ބުނެފިއެވެ.

މިމަހު 3 ހެލިކޮޕްޓަރު ލިބުމުން، އެހެލިކޮޕްޓަރުތައް ގެންދިޔުމަށް ނިންމާފައިވަނީ އިންޑިއާ-ޕާކިސްތާން ސަރަހައްދީ ރޮނގު ބެލެހެއްޓުމަށް އެސަރަހައްދަށެވެ. 2024 ވަނަ އަހަރު އިންޑިއަން އާމީ އޭވިއޭޝަން ކޯ އުފެއްދީއްސުރެ، ޖޯދުޕޫރުގައި ސިފައިން ގާއިމުވެގެން ތިބިނަމަވެސް އެމީހުންނަށް ހެލިކޮޕްޓާރުތަކެއް ނުލިބެއެވެ.

2020 ވަނަ އަހަރު އިންޑިއާއާއި އެމެރިކާއިން ސޮއިކުރި 600 މިލިއަން ޑޮލަރުގެ އެއްބަސްވުމުގެ ދަށުން އެޕާޗޭ 64-އީ މަރުކާގެ 6 އެޓޭކް ހެލިކޮޕްޓަރު، މިދިޔަ އަހަރުގެ މެދުތެރޭ އިންޑިއާއާ ހަވާލުކުރަން ޖެހެއެވެ. ހެލިކޮޕްޓަރުތައް ފޮނުވުމުގައި ލަސްތަކެއް ކުރިމަތިވީ އެމެރިކާއަށް ހެލިކޮޕްޓަރުތައް އުފެއްދުމުގައި ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުންނެވެ. 6 ހެލިކޮޕްޓަރުގެ ތެރެއިން ފުރަތަމަ 3 ހެލިކޮޕްޓަރު މިމަހު އިންޑިއާއާ ހަވާލުކުރުމަށްފަހު، މިއަހަރުގެ ފަހުކޮޅު އަނެއް 3 ހެލިކޮޕްޓަރު އިންޑިއާއާ ހަވާލުކުރެވޭނެކަމަށް ބެލެވެއެވެ.

2015 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ލިބުނު 22 އެޕާޗޭ ހެލިކޮޕްޓަރު އިންޑިއާ އެއްގަމު ސިފައިން މިހާރުވެސް ބޭނުންކުރެއެވެ.

އިންޑިއާއިން ގެންދަނީ އެގައުމުގެ އަސްކަރީ ގާބިލްކަން އިތުރުކުރުމަށް، އެންމެ ފަހުގެ ޒަމާނީ ހަތިޔާރު ދުނިޔޭގެ އެތަން މިތަނުން ހޯދަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް