01 Aug 2020 | 20:13
ބޮޑުފިނޮޅުން ބިދޭސީން ގެންދިޔަ ތަނެއް އަދިވެސް ނޭނގޭ!

ރިސޯޓެއް ހެދުމުގެ މަސައްކަތް ކުރަމުންދިޔަ ރަށެއްކަމަށްވާ ބ.ބޮޑުފިނޮޅުން ބޭލި ބިދޭސީންތައް ގެންދިޔައީ ކޮން ތަނަކަށް ކަމެއް ސާފުވާގޮތް ނުވެއްޖެއެވެ.

މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެގެ ވަގުތެއްގައި އެ ރަށުގައި ތިބި ބިދޭސީން ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ރަށުން ބާލާފައެވެ. މި ބިދޭސީން ރަށުން ބޭލިއިރު، އެ ރަށުގައި ކަރަންޓާއި ބޯފެން ވަނީ ހުސްވެފައެވެ. އަދި ދަރު ހުސްވުމުގެ ސަބަބުން އެ ބިދޭސީންނަށް ވަނީ އީދު ދުވަހު ކައްކާނެ ގޮތެއްވެސް ނުވެފައެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ ބިދޭސީން އެ ރަށުން ބޭލިފަހުން ރަށުގެ ފެން ޕްލާންޓާއި ޖަނަރޭޓަރަށް ދިމާވި މައްސަލަ ވަނީ "ހައްލުވެފައެވެ". 

މުއުތަބަރު މަސްދަރަކުން ވޮއިސްއަށް ކިޔައިދިން ގޮތުގައި އެ ރަށުގައި ތިބި ބިދޭސީން ބާލާފައިވަނީ ސީލް ކުންފުނިން އެދިގެންނެވެ. އެގޮތުން އެރަށުގެ ފެން ޕްލާންޓާއި ޖަނަރޭޓަރަށް ޖެހުނު މައްސަލަ ހައްލުކޮށްދީފައިވަނީ އެރަށުން ބިދޭސީން ބާލާ މަތިން ޝަރުތުކޮށް ކަމަށް މަސްދަރުން ކިޔައިދިނެވެ.

މި ރަށުގެ ވެރިފަރާތްކަމަށްވާ ސީލް ކުންފުނީގެ ވަކީލުންނާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މައްސަލަ ހައްލުކުރުން ލަސްވީ ކަމާއިބެހޭ ފަރާތްތަކުން ލިބެންވީ ހުއްދަތައް ލިބުން ލަސްވެގެންނެވެ.

މި މައްސަލައާއި ގުޅިގެން ވޮއިސްއިން ފުލުހުންނާއި ސުވާލުކުރުމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެ ރަށުން ބޭލި ބިދޭސީން މިހާރު ތިބީ ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ބެލުމުގެ ދަށުގައި ކަމަށެވެ. ނަމަވެސް އެ ބިދޭސީން ބޭތިއްބިފައި ތިބި ތަނަކާއި ހާލަތެއްވެސް ފުލުހުން ހާމަކޮށްފައެެއް ނުވެއެވެ.

މީގެ ކުރިން އެރަށުގައި ހިނގަދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އަދި ބިދޭސީންނަށް މުސާރަ ނުލިބުމާއި ގުޅިގެން އެ ފަރާތްތަކަށް ހިލޭ ސާބަހަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ދިޔައީ ހަރަކާތްތެރިވަމުންނެވެ. 

ބޮޑުފިނޮޅުން ބިދޭސީން ބޭލި މައްސަލައިގައި ވޮއިސްއާއި ވާހަކަ ދައްކަވަމުން ޕީއައިއެލްސީގެ ކޯ ފައުންޑަރ އަދި ގާނޫނީ ވަކީލު އަލްއުސްތާޛާ މަރިޔަމް ޝުނާނާ ވިދާޅުވީ އެ ރަށުގައި ތިބި ބިދޭސީން ގެންދިޔަ ތަނެއް މިހާތަނަށް ސާފުވާގޮތް ވެފައި ނުވާކަމަށެވެ. ޝުނާނާ ވިދާޅުވީ އެ ބިދޭސީން ގެންދަން ދޯންޏަށް އަރުވާކަމުގެ މައުލޫމާތު ލިބުމުން، އެފަދަ ކަމެއް ކުރާނަމަ އެމީހުން ގެންދާތަނެއްެގެ މައުލޫމާތު އެންގުމަށް އެދި ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނަށް ސިޓީއެއް ފޮނުވިކަމަށެވެ. ނަމަވެސް އެ ސިޓީއަށް މިހާތަނަށް ޖަވާބެއް ލިބިފައި ނުވާކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

އަދި އެރަށުގައި ތިބި ބިދޭސީންގެ އިންސާނީ ކަރާމާތާއި ހައްގުތަކަށް އުނިކަމެއް ނާންނާނެފަދަ ގޮތަކަށް އަމަލުކުރަން ކަމާާއިބެހޭ ހުރިހާ އިދާރާއަކަށް ގޮވާލާ މީގެ ކުރިން ނޫސް ބަޔާނެއްވެސް ނެރެފައިވާނެކަމަށް ޝުނާނާ ފާހަގަކުރެއްވިއެވެ.

ފޮޓޯ: ނަވާނަވައި

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.