05 Aug 2020 | 15:05
ޝީރީންގެ މަރުގެ މައްސަލައިގައި ނަޖާހު 12 އަހަރަށް ޖަލަށް!

މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރެއިން 2009 ވަނަ އަހަރުގެ ތެރޭގައި މަރިޔަމް ޝީރީން މަރުވެފައި އޮއްވާ ފެނުނު މައްސަލައިގައި އޭނާގެ އޭރުގެ ލޯބިވެރިޔާ ލ. ކަޅައިދޫ އޯޝަންވިލާ، މުހައްމަދު ނަޖާހު 12 އަހަރަށް ޖަލަށްލުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

ހައިކޯޓުން މިފަދައިން ހުކުމް ކޮށްފައިވަނީ ނަޖާހުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުނުވުމުން، އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ.

އޭރު ނަޖާހުގެ މައްޗަށް މި ދައުވާ ސާބިތުނުވާކަމަށް ކްެރިމިނަލް ކޯޓުން ނިންމާފައިވަނީ ކުށް ސާބިތުވާނެ ވަރަށް ޝަރީއަތަށް ހެކި ހުށައަޅާފައި ނުވާކަމަށް ބުނެއެވެ. އެގޮތުން ޝީރީން މަރުވީ ގުދުރަތީ މަރަކުން ނޫންކަމަށް ޑޮކްޓަރުން ބުނެފައިވާއިރު، އެއީ ކިހިނެެއް ހިނގައިދިޔަ މަރެއްތޯ ބެލުމަށް ދައުލަތުން ކުރި ކަމެއް އެނގެން ނެތްކަމަށް ހައިކޯޓުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ދައުލަތުން އެ މައްސަލައިގައި ހުށައެޅި ވީޑިޔޯ އަދި އެ ވީޑިޔޯއިން ފެންނަ ފޮއްޓާއި އެ ފޮށިން ފެންނަ ޑީއެންއޭ ޕްރޮފައިލާއި ނަޖާހުގެ ޑީއެންެއޭ ޕްރޮފައިލާއި ދިމާވުން ނުފުދޭކަމަށްވެސް ވަނީ ބުނެފައެވެ.

ނަމަވެސް މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމަކީ ބާތިލް ހުކުމެއްކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ ކަނޑައަޅާފައެވެ. އަދި ހުށައެޅިފައިވާ ޤަތުއީ ގަރީނާތަކުން ގަތުލު ޝިބުހު އަމުދުގެ ކުށް ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ ތައުޒީރީ އަދަބެއްގެ ގޮތުން ނަޖާހު 12 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރުން ޝީރީންގެ ވާރިސުންގެ ފަރާތުން މަރުގެ ދިޔަ މާފު ނުކުރާހާ ހިނދަކު، ޝީރީންގެ މަރުގެ ދިޔައަކީ ނަޖާހު ނުވަތަ ނަޖާހުގެ އާއިލާއިން އަމިއްލައަށް ދޭންޖެހޭ ދިޔައެއްކަމަށް ވަނީ ކަނޑައަޅާފައެވެ. އެދިޔަ ލިބިގަތުމަށް ދަށުކޯޓުގައި ދައުވާކުރުމުގެ ހައްގު ޝީރީންގެ ވާރިސުންނަށް ލިބިގެންވާކަމަށްވެސް ހައިކޯޓުން ވަނީ ނިންމާފައެވެ.

އަދި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހަނދުމަހުގެ ދެމަސް ދުވަހުގެ ރޯދަ ހިފުމަކީ ނަޖާހު ކުޅަ ބޮޑު ފާފައިން ތައުބާވުމަށް އޮތްމަގެއްކަމަށް ވުމުން އެކަން ކުރުމަށްވެސް ހައިކޯޓުން ވަނީ ނަސޭހަތްތެރިވެފައެވެ.

ފުލުހުންގެ ތަހުގީގުން އޭރު ބުނިގޮތުގައި ނަޖާހު ވަނީ އޭނާ ދިރިއުޅެމުންދިޔަ މ.ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި ޝީރީން މަރާލުމަށްފަހު، އޭނާގެ ހަށިގަނޑު ކުރުގެޅުވުމަށްފަހު ފޮއްޓެއްގެ ތެރެއަށްލާ ޓެކްސީއަކަށް އެރުވުމަށްފަހު އޭރު ހަދަމުންދިޔަ މއ.އަންގާގިރިގޭގެ ތެރޭގައި ހުރި ކުނިތަކެއްގެ ތެރެއަށް ޝީރީންގެ ހަށިގަނޑު އެއްލާލާފައެވެ. އެއަށްފަހު އެ ފޮއްޓާއި އެކު އޭނާ ވަނީ ނިކުމެގެން ގޮސްފައެވެ. ހައިކޯޓުގެ ގަޟިއްޔާގައި ބުނެފައިވާ ގޮތުގައި މއ.އަންގާގިރިން ޝީރީންގެ ހަށިގަނޑު ފެނުމުން ފުލުހުން އެ ސަރަހައްދު ބަންދުކޮށްފައި އޮއްވާ ނަޖާހު ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. އަދި އެތަނުގައި ތިބި ބައެއްގެ ކައިރީގައި މީހަކު މަރުވެފައި އޮއްވާ ފެނުނީތޯ ސުވާލުކޮށް، ޖަވާބެއް ނުދިނުމުން މަރުވެފައި އޮތް މީހާ އޮތީ ދޮންދޮންކޮށްތޯވެސް ވަނީ އަހާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް