12 Aug 2020 | 20:47
ޔުނިކްސް ސްޕޯޓިންގއިން ދިވެހިރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ ވާޗުއަލް މެރެތަން ބާއްވަނީ

ޔުނިކްސް ސްޕޯޓިންގ ގެ ފަރާތުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ބައިނަލްއަގްވާމީ ވާޗުއަލް މެރެތަނެއް ބާއްވަން ތައްޔާރުވާން ފަށައިފިއެވެ.

"ރަން ފޯރ މޯލްޑިވްސް" ނަމުގައި ކުރިއަށްގެންދާ މި ބައިނަލްއަގްވާމީ ވާޗުއަލް މެރެތަން ޚާއްސަ ކުރެވިފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މަސައްކަތްކުރަމުންދާ ހުރިހާ ފަރާތްތަކަށެވެ. ދިވެހިރާއްޖޭގެ 55ވަނަ މިނިވަން ދުވަހާއިވެސް ގުޅުވާލައިގެން ކުރިއަށްގެންދާ މި ވާޗުއަލް ދުވުމުގެ ހަރަކާތް، ލޮކްޑައުން ފަދަ ހުރަސްތަކާއި އެކުގައިވެސް އޮންނާނީ އެކުވެރި އަދި ބަދަހި މާހައުލެއްގައި ކަމަށް ޔުނިކްސް ސްޕޯޓިންގއިން މައުލޫމާތުދެއެވެ.

މި ހަރަކާތުގެ މަގްސަދަކީ ގައިދުރުކަން ތަންފީޒުކުރަމުންވެސް އާއިލާއާއި، ރަހުމަތްތެރިންނާއި ލޯބިވާ ފަރާތްތަކާއި އެކު މުހިންމު އިޖްތިމާއީ ގުޅުންތައް ދެމެހެއްޓުމެވެ.

މި ދުވުމުގައި ރެޖިސްޓަރވުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުޅުވާލެވޭނެއެވެ. މިއީ ބައިނަލްއަގްވާމީ ދުވުމެއްކަމުން ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި އަދި ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި ފަރާތަކުންވެސް ރަޖިސްޓަރވެ، ކަނޑައެޅިފައިވާ ހަތަރު ކެޓަގަރީގެ ތެރެއިން ކޮންމެވެސް އެއް ކެޓަގަރީއެއްގައި ދުވެވޭނެއެވެ. މި ދުވުން ނިންމަންޖެހޭނީ ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައެވެ.

ރަން ފޯރ މޯލްޑިވްސް މެރެތަންގެ ކެޓަގަރީތަކަކީ 5.5 ކިލޯމީޓަރު، 15 ކިލޯމީޓަރު، 21 ކިލޯމީޓަރު އަދި 870 ކިލޯމީޓަރެވެ. ޔުނިކްސް ސްޕޯޓިންގއިން މައުލޫމާތުދޭ ގޮތުގައި 870 ކިލޯމީޓަރުގެ އިވެންޓަކީ ޓީމް އިވެންޓެކެވެ. އެގޮތުން މި އިވެންޓް ފުރިހަމަކުރަން ޖެހޭނީ 5 މީހުންގެ މައްޗަށް އެކުލަވާލެވޭ ޓީމަކުންނެވެ.

މި ހަރަކާތުގައި ބައިވެރިވެވޭނީ އުމުރުން 5 އަހަރުން މަތީގެ ފަރާތްތަކަށެވެ. މި އިވެންޓްތައް ނިންމާ ފަރާތްތަކުގެ ގެއަށް މެޑަލެއް ރައްދު ކުރެވޭނެއެވެ. މި މެރެތަންގައި ރަޖިސްޓަރވެވޭނީ ވަކި އަދަދަކަށެވެ. މި މެރެތަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދިހަ ފަރާތަކަށް މެރެތަންގެ ޕާޓްނަރ ހޮޓެލްތަކުގައި ހުރުމުގެ ފުރުސަތު ލިބޭނެއެވެ. މި ލަކީޑްރޯ ނެގޭނީ އާންމުންގެ ކުރިމަތީގައެވެ.

ރަން ފޯރ މޯލްޑިވްސް ވާޗުއަލް މެރެތަންގައި ރަޖިސްޓަރވުމަށް ޔުނިކްސް ސްޕޯޓިންގގެ ވެބްސައިޓް www.unixsporting.com، އަދި މި މެރެތަންގެ ނަމުގައި ހެދިފައިވާ ފޭސްބުކް، ޓްވިޓަރ އަދި އިންސްޓަގްރާމް އެކައުންޓްގެ ބޭނުން ކުރެއްވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އީގަލް ހިލްސް މަޝްރޫއުއިން ރަސްމާލެ ވެގެންދާނީ ޒަމާނީ އިންޓަގްރޭޓެޑް ސިޓީއަކަށް
މިނިސްޓަރު ވިދާޅުވީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ތިން ރިސޯޓާއި ތަފާތު ފެންވަރުގެ ޕްރޮޕަޓީ ހިމެނޭ ޓައުންތައް ހެދުމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ވެސް ބިނާކުރާނެ ކަމަށެވެ
22 Sep 2026
ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި
އެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުގެ ފަރާތުން މައްސަލައިގައި ހާޒިރުވާ ވަކީލުން ބަލިވެ އުޅޭ ކަމަށް ބުނެ ދައުލަތުން އެދުމުންނެވެ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލު ކުރެއްވުމާއި ފައިސާ ލޯންޑާ ކުރެއްވުމުގެ ދައުވާއެވެ.
22 Sep 2026
އދ ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ކުރާ ދަތުރު ނަތަންޔާހޫއަށް ބޮޑު ވޭނަކަށް
މިޑިއާގެ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާއިންވެސް ވަނީ މިފަހަރު ނަތަންޔާހޫއަށް ހާއްސަ ގޮތްތަކެއް ބެހެއްޓެން ނެތްކަމަށް ބުނެފައެވެ. ނަތަންޔާހޫ ނިއުޔޯކަށް އަންނައިރު އެ ސިޓީގެ ރައްޔިތުން އޭނާއާ ދެކޮޅަށް މުޒާހަރާ ކުރަން ނިންމުމަކީވެސް އެމެރިކާއިން މިފަހަރު ނަތަންޔާހޫ އެއްފަރާތްކުރުމުގެ އެއް ސަބަބެވެ
22 Sep 2026
އިމިގްރޭޝަނުން ތައިލެންޑް އަންހެނަކު ހައްޔަރުކުރި ގޮތް ގޯސްވެގެން އޭނާ ދޫކޮށްލަން ޖެހިއްޖެ
ރާއްޖޭގައި ހުރުމުގެ ސައްހަ ވިސާ އޮތްއިރުވެސް، އެއްވެސް ކުށަކާ ނުލައި ހައްޔަރުކޮށް، އޭނާއަށް ނޭނގޭ އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ ބަޔާނެއްގައި އިމިގްރޭޝަނުން މަޖުބޫރުން ސޮއިކުރުވިކަމަށްވެސް އޭނާ ބުންޏެވެ. އަދި އެ ބަޔާނުގައި ސޮއިކުރުވީ ތަރުޖަމާނެއްގެ އެހީތެރިކަމެއް ނެތި، އޭނާގެ ސްޕޮންސަރަށް އެންގުމެއް ނެތި ކަމަށް އޭނާ ކޯޓަށްދިން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
22 Sep 2026
އަބްދުއްރަހީމް ހިމެނޭހެން ޕީއެންސީގެ 16 މެންބަރަކު ޕާކިސްތާނަށް
ޕާކިސްތާނަށް ވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ބައިވެރިވެވަޑައިގަންނަވަ އެވެ.
22 Sep 2026
ނުކުޅެދުންތެރިންގެ ޙައްޤުތަކުގެ ޕްރޮޓޮކޯލްގައި ބައިވެރިވާން ނިންމައިފި
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާ ގުޅޭ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ނިންމަވައިފިއެވެ.
22 Sep 2026
ސްރީލަންކާ ރައްޔިތުންގެ އައިޑީކާޑުތައް ހެދުމަށް ބޭނުންވާ ކާޑުތައް ސަޕްލައިކުރަން ޖަރުމަނުވިލާތުގެ ކުންފުންޏަކަށް
ސްރީލަންކާގެ ރައްޔިތުންނަށް ދޫކުރާ ގައުމީ އައިޑީ ކާޑު ތައްޔާރުކުރުމަށް ބޭނުންވާ 5 މިލިއަން ޕޮލީކާބޮނޭޓް ކާޑު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިއަށްގެންދިޔަ މަޝްރޫއު، ކާމިޔާބުކޮށްފައިވަނީ ޖަރުމަނުގެ "މުލްބައުއާ އައިޑީ ސާވިސަސް އިންނެވެ
22 Sep 2026
ސަޢޫދީގެ މަތިންދާބޯޓުތަކަށް ތެޔޮއަޅައިދޭން އިނގިރޭސިވިލާތުން އެހީވަނީ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކުން ސަޢޫދީ ޢަރަބިއްޔާ ދިފާޢުވުމަށް އެހީތެރިވުމުގެ ގޮތުން، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮއަޅައިދިނުމުގެ ލިމިޓެޑް އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.