ހަބަރު
25 Aug 2020 | 09:23
އަލްއަމީރު މުހައްމަދު ނޫރައްދީން ރަނގަޅަށް ބަލަހައްޓަންޖެހޭނެ: ރައީސް ނަޝީދު

ދަރުމަވަންތަ ހޮސްޕިޓަލްގެ 18ވަނަ ފަންގިފިލާގައި ވަކިން އެނދުމަތިކޮށް ފަރުވާދެމުންގެންދާ އަލްއަމީރު މުހައްމަދު ނޫރައްދީން އަދި އެމަނިކުފާނުގެ އަނބިކަނބަލުން ރަނގަޅަށް ބަލަހައްޓަންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަލްއަމީރު މުހައްމަދު ނޫރައްދީނާއި އެމަނިކުފާނުގެ އަނބިކަނބަލުންނަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީއެއްގެ މަގާމުގައި ހުންނެވި ސަބްރާ ނޫރައްދީންގެ ކާފަ އަދި ދޮން މާމައެވެ.

މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މި ދެފަރާތަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 18ވަނަ ފަންގިފިލާގަައި ފަރުވާދެމުންދަނީ ޑޭކެއަރގެ އުސޫލުންނެވެ. އެގޮތުން އެދެފަރާތަށް ފަރުވާ ދިނުމަށް 10 ވަރަކަށް ނަރުހުން ބައިތިއްބާފައި ތިބޭއިރު، އެ ފަރާތްތަކަށް ފަރުވާދެމުން ގެންދަނީ އައިޖީއެމްއެޗްގެ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރ، ޑރ.މޫސާ މުރާދެވެ. 

މިކަމާއި ގުޅިގެން އައިޖީއެމްއެޗްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި ދެފަރާތް އެނދުމަތިކޮށްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ. އެގޮތުން މި ޕޭޝަންޓުންނަކީ އާސަންދައިން ކަވަރ ނުކުރާ ޕްްރައިވެޓް ރޫމް ޗާޖް ފަދަ ހަރަދުތައް ވެސް ކަނޑައެޅިފައިވާ ގަވައިދާ އެއްގޮތަށް ބަރާބަރަށް ދައްކަމުން އަންނަ ފަރާތްތަކެއްކަމަށްވެސް ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ދައްކަވަނީ އަލްއަމީރު މުހައްމަދު ނޫރައްދީންގެ ވާހަކަފުޅު ކަމަށާއި އެބޭފުޅާ ދައްކަވަން ޖެހޭ ފައިސާތައް ދައްކަވާނެކަން ޔަގީން ކަމަށެވެ. އަދި އެބޭފުޅާ ރަނގަޅަށް ބަލަހައްޓަން ޖެހޭނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެމީހުން އެ ދައްކަވަނީ އަލް އަމީރު މުހައްމަދު ނޫރައްދީންގެ ވާހަކަ. އެ ބޭފުޅާ ހުރިހާ ބިލްތަކެއްވެސް ދައްކަވާނެކަން އަޅުގަނޑަށް ޔަގީން. ސަރުކާރުން އެބޭފުޅާ ވަރަށް ރަނގަޅަށް ބަލަހައްޓަން ޖެހޭނެ. މިކިޔަނީ އަލް އަމީރު މުހައްމަދު ނޫރައްދީންގެ ވާހަކަ"، އެމަނިކުފާނު ވިދާޅުވިއެވެ.

އަލްއަމީރު މުހައްމަދު ނޫރައްދީނަކީ އައްސުލްތާން ހަސަން ނޫރައްދީން (2)ގެ ދަރިކަލުންނެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 18ވަނަ ފަންގިފިލާގައި ވަކިން އެނދުމަތިކޮށް ފަރުވާދެމުންގެންދާ އަލްއަމީރު މުހައްމަދު ނޫރައްދީން އަދި އެމަނިކުފާނުގެ އަނބިކަނބަލުން ރަނގަޅަށް ބަލަހައްޓަންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަލްއަމީރު މުހައްމަދު ނޫރައްދީނާއި އެމަނިކުފާނުގެ އަނބިކަނބަލުންނަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީއެއްގެ މަގާމުގައި ހުންނެވި ސަބްރާ ނޫރައްދީންގެ ކާފަ އަދި ދޮން މާމައެވެ.

މި ދެފަރާތަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 18ވަނަ ފަންގިފިލާގަައި ފަރުވާދެމުންދަނީ ޑޭކެއަރގެ އުސޫލުންނެވެ. އެގޮތުން އެދެފަރާތަށް ފަރުވާ ދިނުމަށް 10 ވަރަކަށް ނަރުހުން ބައިތިއްބާފައި ތިބޭއިރު، އެ ފަރާތްތަކަށް ފަރުވާދެމުން ގެންދަނީ އައިޖީއެމްއެޗްގެ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރ، ޑރ.މޫސާ މުރާދެވެ. 

މިކަމާއި ގުޅިގެން އައިޖީއެމްއެޗްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި ދެފަރާތް އެނދުމަތިކޮށްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ. އެގޮތުން މި ޕޭޝަންޓުންނަކީ އާސަންދައިން ކަވަރ ނުކުރާ ޕްްރައިވެޓް ރޫމް ޗާޖް ފަދަ ހަރަދުތައް ވެސް ކަނޑައެޅިފައިވާ ގަވައިދާ އެއްގޮތަށް ބަރާބަރަށް ދައްކަމުން އަންނަ ފަރާތްތަކެއްކަމަށްވެސް ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ދައްކަވަނީ އަލްއަމީރު މުހައްމަދު ނޫރައްދީންގެ ވާހަކަފުޅު ކަމަށާއި އެބޭފުޅާ ދައްކަވަން ޖެހޭ ފައިސާތައް ދައްކަވާނެކަން ޔަގީން ކަމަށެވެ. އަދި އެބޭފުޅާ ރަނގަޅަށް ބަލަހައްޓަން ޖެހޭނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެމީހުން އެ ދައްކަވަނީ އަލް އަމީރު މުހައްމަދު ނޫރައްދީންގެ ވާހަކަ. އެ ބޭފުޅާ ހުރިހާ ބިލްތަކެއްވެސް ދައްކަވާނެކަން އަޅުގަނޑަށް ޔަގީން. ސަރުކާރުން އެބޭފުޅާ ވަރަށް ރަނގަޅަށް ބަލަހައްޓަން ޖެހޭނެ. މިކިޔަނީ އަލް އަމީރު މުހައްމަދު ނޫރައްދީންގެ ވާހަކަ"، އެމަނިކުފާނު ވިދާޅުވިއެވެ.

އަލްއަމީރު މުހައްމަދު ނޫރައްދީނަކީ އައްސުލްތާން ހަސަން ނޫރައްދީން (2)ގެ ދަރިކަލުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.