މިމަހުގެ 10ވަނަ ދުވަހުން ފެށިގެން ހުރިހާ ފަތުރުވެރިންވެސް ޕީސީއާރް ޓެސްޓެއް ހަދަންޖެހޭނެ!

02 Sep 2020 | 15:49

މިމަހުގެ 10ވަނަ ދުވަހުން ފެށިގެން ހުރިހާ ފަތުރުވެރިންނަށް ދިވެހިރާއްޖެއަށް އާދެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކުގައި ކަމަށް ހަމަޖައްސައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ހުރިހާ ފަރާތްތަކެއްގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިން ނެގެޓިވް ޕީސީއާރު ސެޓްފިކެޓެއް ހުށައަޅަން ވާނެ ކަމަށެވެ. އަދި ޝޯޓް ޓާމް ވިޒިޓްސްގައި އަންނަ ފަރާތްތަކުންވެސް މިފަދައިން އަމަލުކުރަން ޖެހޭނެގޮތަށް ވަނީ ނިންމާފައެވެ.

މި ޕީސީއާރް ޓެސްޓް ހަދަންޖެހޭނީ އެންމެ ގިނަވެގެން ދިވެހިރާއްޖެެއަށް އައުމަށް ފުރުމުގެ 72 ގަޑިއިރު ކުރިންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިރާއްޖޭގެ ބޯޑަރުތައް ޖުލައި މަހުގެ މެދުތެރޭގައި އެންމެ ފުރަތަމަ ހުޅުވާލިއިރު، ފަތުރުވެރިން ޕީސީއާރް ޓެސްޓެއް ހެއްދުމަކީ މަޖުބޫރުކަމެއް ނޫނެވެ. މިކަމުގެ ސަބަބުން ގިނަބަޔެއްގެ ފާޑުކިޔުން ސަރުކާރާއި އެޗްޕީއޭއަށް އަމާޒުވެގެންދިޔައެވެ. 

ނަމަވެސް މިހާރުވެސް ބައެއް އެއާލައިންތަކުން ދަތުރުކުރެވެނީ ނެގެޓިވް ޕީސީއާރް ޓެސްޓް ނަތީޖާއެއް އޮވެގެންނެެވެ.

Advertisement

ކޮމެންޓް