08 Sep 2020 | 18:07
އަދުރޭގެ ދެކަނބަލުން އަގުބޮޑު ފްލެޓްތަކެއް ބައްލަވައިގަތް މައްސަލަ އޭސީސީން އަލުން ތަހުގީގުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ރަައީސް އަބްދުއްރަހީމް އަބްދުﷲގެ ދެކަނބަލުން މާލެއިން އަގުބޮޑު ދެ ފްލެޓެއް ބައްލަވައިގަތް މައްސަލަ އޭސީސީން އަނެއްކާވެސް ބަލަން ފަށައިފިއެވެ.

2017 ވަނަ އަހަރުގެ ތެރޭގައި އަދުރޭ އަދި އެބޭފުޅާގެ އަނބިކަނބަލުން ދިޔާނާ ހުސައިން، ރެހެންދި6 ލަގްޒަރީ ފްލެޓްތަކުން ދެ ފްލެޓް ގަނެފައިވަނީ ޖުމްލަ 9 މިލިޔަން ރުފިޔާއަށެވެ. އެފްޑަބްލިޔު ކޮންސްޓްެރަކްޝަން ކުންފުނިން އިމާރާތްކުރި މި ފްލެޓްތަކުގެ އަގު ދައްކާ މިލްކުވެރިކަން ބަދަލުކުރި ލިޔުންތަކެއް މީސް މީޑިޔާގައިވެސް އޭރު ދައުރުވިއެވެ.

ރެހެންދި6 ފްލެޓްގެ ފުރަތަމަ ފަންގިފިލާއިން ގަނެފައިވާ މި ދެ ފްލެޓް ހުންނަނީ ޖެހިޖެހިގެންކަމަށް ބެލެވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ފްލެޓްތައް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ އަމަލުތަކެއް ހިމެނޭކަމަށް ބުނެ، 2018ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ މައްސަލަ އޭސީސީއަށް ހުށައެޅުނެވެ. އަދި ހަމަ އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ އެކަމުގައި ކޮރަޕްޝަން ނުހިމެނޭ ކަމަށްބުނެ މައްސަލަ ފައިލްކޮށްފައެވެ.

އެހެން ނަމަވެސް، އާ މެންބަރުންތަކެއްގެ މައްޗަށް އެކުލަވާލެވިގެން މިހާރު އޮތް އޭސީސީން މި މައްސަލަ އަލުން ބަލަމުންދާކަމަށް އޭސީސީއާއި ހަވާލާދީ "ރާއްޖެއެމްވީ"ގައި ވަނީ ރިޕޯޓްކޮށްފައެވެ. މިކަމާއި ގުޅިގެން އަދުރޭ އޭރު ވަނީ، މި ފްލެޓްތައް ގަތުމުގެ މާލީ ގާބިލިއްޔަތުކަން ހުރިކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.