14 Sep 2020 | 00:29
އިއްޔެގެ އެއްވުމުން ހައްޔަރުކުރި އެކަކު ފިޔަވާ އެހެން އެންމެން ޖޫރިމަނާކުރުމަށްފަހު ދޫކޮށްލައިފި

"އަޅުވެތިކަމާ ދެކޮޅަށް" ނަމުގައި މާލޭގެ މަގުމަތީގައި އިއްޔެ ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތުން ހައްޔަރުކުރި އެކަކު ފިޔަވާ އެހެން ހުރިހާ ފަރާތްތަކެއް ދޫކޮށްލައިފިއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި އެ ހަރަކާތުން ހައްޔަރުކުރި ހުރިހާ ފަރާތްތަކެއް ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފްވެފައިވާތީ ޖޫރިމަނާކޮށްފައެވެ. އެ އެއްވުމުން 41 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެހެންކަމުން މިފަރާތްތަކުގެ އަތުން ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 41،000 އެއްހާ ރުފިޔާ ލިބޭނެކަމަށް ބެލެވެއެވެ.

މި ހަރަކާތުން ހައްޔަރުކުރި އެކަކު ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ވަނީ މިހާރު ދޫކޮށްލާފައެވެ. ފުލުހުން ބުނިގޮތުގައި އެކަކު ދޫކޮށްފައިނުވަނީ އޭނާ ފުލުހުންނަށް އިންޒާރުދީފައި ވާތީއެވެ. މި އެއްވުމުން ރަޖިސްޓްރީ ދިމާނުވާތީ ވެހިކަލެއް ވަނީ ޓޯވެސް ކޮށްފައެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްފައިވަނީ ސައިކަލް ބުރެއްގެ ގޮތުގައެވެ. ނަމަވެސް ރަސްފަންނު ސަރަހައްދުން އެސްއޯ ފުލުހުން ވަނީ ބެރިކޭޑް ޖަހައި، ސައިކަލްތަކުގައި ތިބި ގިނަ އަދަދެއްގެ ޒުވާނުން ހައްޔަރުކޮށްފައެވެ. އެއަށްފަހު ހަރަކާތުގެ ބައެއް ބައިވެރިން ވަނީ ފައިމަގުގައި ޝުއޫރުފާޅުކޮށްފައެވެ.

ސަރުކާރާއި ވާދަވެރި ސިޔާސީ ކޯލިޝަން ޕީޕީއެމް/ ޕީއެންސީ ގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވިގޮތުގައި މިއީ އެ ކޯލިޝަންގެ ހަރަކާތެއްނޫނެވެ. ނަމަވެސް އެ ޕާޓީގެ ލީޑަރޝިޕްގެ ފަރާތްތަކާއި އެކްޓިވިސްޓުން މި ހަރަކާތް ހިނގި ސަރަހައްދުން ފެނިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

ދިވެހިރާއްޖޭގެ ޓީވީ ޗެނަލެއްކަމަށްވާ "ސަންގު"އަށް މައުލޫމާތުދެއްވަމުން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ކޯލިޝަންގެ ލީޑާޝިޕްގެ އެއްވެސް ބޭފުޅެއް ހިމެނިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެ ކޯލިޝަން ކައުންސިލު ބައެއް މެމްބަރުންނާއި އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާކަމަށް ހީނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.