26 Sep 2020 | 08:48
ރާއްޖޭގެ އިގްތިސާދު އަލުން އާރާސްތުކުރުމުގައި ޗައިނާއިން އެހިވާނަން: ސަފީރު

ކޮވިޑް-19ގެ ސަބަބުން ހީނަރުވެފައިވާ ދިވެހިރާއްޖޭގެ އިގްތިސާދު އަލުން އާރާސްތުކުރުމުގައި ޗައިނާއިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެގައުމުގެ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޝާންގ ލިޝޮންގ ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ ޗައިނާގެ 71ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ވާޗުއަލް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޗައިނާގެ ސަފީރު ޝާންގ ވިދާޅުވީ ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ގުޅުންތައް މިއަހަރު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ގުޅިގެން ކޮވިޑް-19 ބަލިމަޑުކަމާއި ދެކޮޅަށް މަސައްކަތްކުރުމާ ބެހޭގޮތުން ކަމަށެވެ. އެގޮތުން މީގެ ކުރިން ދެކެފައި ނުވާފަދަ ކަންތައްތަކާއި ކުރިމަތިލައި ދެގައުމުގެ ސަރުކާރާއި ރައްޔިތުން އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ. އަދި ދެގައުމުގެ އެކުވެރިކަން އިތުރަށް ބަދަހިވެ، ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާވި ކަމަށްވެސް ޝާންގ ވިދާޅުވިއެވެ.

ސަފީރު ޝާންގ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭން ޗައިނާއަށް އެއް ބިލިޔަން މަސްދަޅު ހަދިޔާކުރި ކަމަށާއި، ޗައިނާގެ ސަރުކާރާއި ކުންފުނިތަކުން ދިވެހިރާއްޖެއަށް ޕީޕީއީ ހަދިޔާކުރި ކަމަށެވެ. 

އެބޭފުޅާ އިތުރަށް ވިދާޅުވީ ތޫފާނަކަށްފަހު ވިއްސާރަ ދުނިއެއް އަބަދުވެސް ފެންނަ ކަމަށާއި، ކޮވިޑް-19 އަށް ފަހުގެ ދުވަސްތަކުގައި ޗައިނާ އިތުރަށް ތަރައްގީވާތަން ފެންނާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މި ހާލަތުގައި ދެގައުމުގެ ރަހުމަތްތެރިކަން އިތުރަށް ކުރިއަރައިދާނެކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ޗައިނާގެ ސަފީރު ވިދާޅުވިއެވެ.

ސަފީރު ވަނީ އިގްތިސާދު އަލުން އާރާސްކުރުމަށާއި ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ