04 Oct 2020 | 05:25
މަސްތުގެ ހާލަތުގައި ހުއްޓާ ހައްޔަރުކުރި ބިދޭސީ މީހާ ކޯޓުން ދޫކޮށްލައިފި

ރޭގެ ވަގުތެއްގައި ފުލުހުން ހައްޔަރުކުރި މަސްތުގެ ހާލަތުގައި ހުރި ބިދޭސީ މީހާ ކޯޓުން ދޫކޮށްލައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާ ބަންދުން ދޫކޮށްލާފައި ކަމަށެވެ. ނަމަވެސް ބަންދުން ދޫކޮށްލީ ކީއްވެތޯ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެމީހާ ދޫކޮށްލި ނަމަވެސް އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީސް މީޑިއާގައި އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު މި ބިދޭސީ މީހާއަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާއަށް ނިސްބަތްވާ ޑޮކްޓަރެކެވެ.

މި ފިރިހެންމީހާ މަސްތުގެ ހާލަތުގައި ހުރެ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އިސްލާމްދީނަށް ފުރައްސާރަކުރާ ވީޑިއޯއެއްވަނީ އާންމުވެފައެވެ. އަދި އެމީހާ ވަނީ އޭނާގެ ބާރު ރާއްޖޭގައި އޮންނާނެކަމަށްވެސް ބުނެފައެވެ.

އޭނާ ގޭގެ ދޮރުމައްޗަށް ވެއްޓުމުގެ ސަބަބުން ބޮލުން ލޭ ފޭބިކަންވެސް ފާހަގަކޮށްލެވެއެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން އަމަލުކުރި ގޮތަށް ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jul 2026
ފަޅުރަށަކުން ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، ވެލި ބަސްތާތައް ހުސްކުރުވައިފި
ފަޅުރަށަކުން ޤަވާއިދާ ޚިލާފަށް ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، އެ އެމީހުން ނަގާފައިވާ ވެލިތައް އަނބުރާ ހުސްކުރުވައިފިއެވެ.
27 Jul 2026
އީރާނުގެ އުޅަނދަށް ޔޫކްރެއިނުން ދިން ހަމަލާއަށް ރައްދުދޭނަން
ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އެ ގައުމުގެ އުޅަނދަކަށް އަމާޒުކޮށް ޔޫކްރެއިނުން ދިން މި ހަމަލާގައި އެއްޗެއް ގޮވައި، އުޅަނދުގައި ހުރި ފަޅުވެރިއަކު ވަނީ މަރުވެފައެވެ. އަދި މި ހާދިސާގައި އިތުރު ފަޅުވެރިއަކަށް އަނިޔާވެފައިވާ ކަމަށްވެސް އީރާނުން މައުލޫމާތު ދެއެވެ.
27 Jul 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 18 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސައުސަން ހުރި ކޮޓަރިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ފައްސި ވެފައިވާކަން ވަގުތީ ނަތީޖާއިން ދައްކައެވެ.
27 Jul 2026
މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން ހަވީރު 15:00 އަށެވެ.
27 Jul 2026
ބަންގްލަދޭޝުން ރާއްޖެއަށް 20,000 ގަސް ހަދިޔާކޮށްފި
ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް 20000 ގަސް ހަދިޔާކޮށް އިއްޔެ ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރަމްޒީ ގޮތުން ހަވާލުކޮށްދެއްވައިފިއެވެ.
27 Jul 2026
ސޫރިޔާއިން އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ދާން ބޭނުން
ފަލަސްތީނުގެ ބިންތައް ގަދަކަމުން ފޭރި، އެގައުމުގެ މުސްލިމުން ޝަހީދުކުރަމުންދާ ނިރުބަވެރި އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމެއް ގާއިމުކުރުމަށް ސޫރިޔާއިން މަސައްކަތް ކުރަމުންދާ ކަމަށް އެގައުމުގެ ރައީސް އަޙްމަދު އަލްޝަރަޢު ވިދާޅުވެއްޖެއެވެ.
27 Jul 2026
ޓެކްނޮލޮޖީގެ ސަބަބުން ތިމާގެ ހަށިގަނޑަށްވެސް ބަދަލުތައް އަންނަކަން އެނގޭތަ؟
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ޓެކްނޮލޮޖީގެ ސަބަބުން އަޅުގަނޑުމެންގެ ހަށިގަނޑުގެ ބައްޓަމަށާއި ފިޒިކަލް ހެލްތަށް އަންނަ ބަދަލުތަކަކީ މާ ނުރައްކާތެރި ބަދަލުތަކެކެވެ.
27 Jul 2026
އެމެރިކާއާއި އީރާނުގެ ހަމަލާތައް މެދުކަނޑާލުމާއެކު ތެލުގެ އަގު 5 އިންސައްތަ ދަށަށް
މި ބަދަލާއެކު، ބްރެންޓް ކުރޫޑްގެ އަގު ފީފާއަކުން 4.89 ޑޮލަރު ނުވަތަ 5.05 އިންސައްތަ ދަށަށް ގޮސް، މިހާރު ހުރީ 91.89 ޑޮލަރުގައެވެ. މިއީ ފާއިތުވި ތިން ހަފުތާގައި އަގު މަތިވަމުން ދިޔުމަށްފަހު، އެއް ހަފުތާ ތެރޭގައި ތެލުގެ އަގު މިހާ ބޮޑަށް ދަށަށްދިޔަ ފުރަތަމަ ފަހަރެވެ. ކުރިން ހޯރްމޫޒް ކަނޑުއޮޅީގެ މައްސަލަތަކާ ހުރެ ބްރެންޓް ކުރޫޑްގެ އަގު ހުރީ ފީފާއަކަށް 100 ޑޮލަރަށްވުރެ މަތީގައެވެ.