11 Oct 2020 | 22:26
ކޮތަރުކޮށީގެ ރައްދު އަސްލަމަށް: ކެބިނެޓަކީ މިސްޓޭކު ހަދައި ފިލާވަޅު ދަސްކުރަން ދާތަނެއް ނޫން!

ކެބިނެޓަކީ މިސްޓޭކު ހަދައި ފިލާވަޅު ދަސްކުރަން ދާ ތަނެއް ނޫންކަމަށް ބުނެ ކޮތަރުކޮށިން މިނިސްޓަރ އަސްލަމަށް ރައްދު ދީފިއެވެ.

ހިޔާ ފްލެޓްއަށް ކުރިމަތިލާފައިވާ ގިނަ ފަރާތްތަކެއް ހަރަކާތްތެރިވަމުން ހިންގަމުން އަންނަ ކޮތަރުކޮށި ފޭސްބުކު އަދި ޓުވިޓާގައި މިހެން ބުނެފައިވަނީ މިނިސްޓަރ އަސްލަމް ކުރެއްވި ޓުވީޓަކަށް ރައްދު ދީކުރި ޓުވީޓަކުންނެވެ. މިނިސްޓަރުގެ ޓުވީޓުގައި ވިދާޅުވީ މިސްޓޭކު ހެދުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ފިލާވަޅު ދަސްކުރެވޭނީ އެގޮތަށް ކަަމަށެވެ.

ކޮތަރު ކޮށީގެ ޖަވާބުގައި ވަނީ ކެބިނެޓަކީ މިސްޓޭކު ހަދައި ފިލާވަޅު ދަސްކުރަން ދާ ތަނެއް ނޫން ކަމަށެވެ. އަދި ކެބިނެޓަކީ މިސްޓޭކު ހަދައި ފިލާވަޅު ދަސްކޮށްގެން ތިބި މީހުން ތިބެންޖެހޭ ތަނެއް ކަމަށެވެ.

  

މީގެ އިތުރުން 7 ހާސް އާއިލާގެ ހައްގަށް އެރުނީ "މިސްޓޭކަކުން" ތޯ ކޮށިން މިނިސްޓަރ އަސްލަމާއި ސުވާލުކޮށް އެއިން ދަސްވީ ކޮން ފިލާވަޅެއްތޯ އެހިއެވެ.

ކުރީ ސަރުކާރުން އެޅި 7 ހާސް ފްލެޓަށް ފޯމުލީ މީހުންގެ ތެެރެއިން 3،700 މީހުންނާއި އެކު ހިންގާ ކޮތަރުކޮށީގެ މެންބަރުންދަނީ އަސްލަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ފްލެޓުގެ މަސައްކަތް ހުއްޓި، ކުރީގެ ލިސްޓު ބާތިލްކޮށް އަލުން ނެރެން ފެށި ވަގުތީ ލިސްޓުތަކާއި ގުޅިގެން ވަރަށް ގިނަ ޝަކުވާތައް ރައްޔިތުންވަނީ އުފުލާފައިއެވެ. 

މިނިސްޓަރ އަސްލަމް ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓަރަކްޗަރ ނިމިފައި ހުރި ހިޔާ ފްލެޓްގެ އެއް ކޮޓަރީގެ ފްލެޓް ވުޖޫދުގައި ނެތްކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ހިޔާ ފްލެޓްގެ 2500 ފްލެޓައް މި ސަރުކާރުން އުނި ކުރުމަށްފަހު މުޅި ފްރޮޖެކްޓް ވަނީ ބަދަލުކޮށްފައެވެ. އަދި އެއާއެކު މިނިސްޓަރ ވަނީ އެ 2500 ފްލެޓްވެސް ވުޖޫދުގައި ނެތްކަމަށް ވިދާުވެފައެވެ.

މި ސަރުކާރުން ފްލެޓް ކޮމިޓީ އުފައްދައި ފްލެޓް ލިސްޓް އަލުން އެކުލަވާލަން ފަށަފައިވާ އިރު މިހާތަނަށް ނެރެފައިވާ ވަގުތީ ލިސްޓުގައި ސަރުކާރަށް ނިސްބަތް ވާ މަޖިލިސް މެންބަރުންގެ އާއިލާއަށް ގިނަ އަދަދެއްގެ ފްލެޓް ލިބިފައިވާކަން ފާހަގަކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖް ސަރަހައްދަށް އުރުނު ބޯޓުތަކުގެ މައްސަލަ 241 ކޮމިޓީއަށް
ހުށަހެޅުއްވި މައްސަލައިގައި ވަނީ، މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް، ކަންހިނގައިދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ
12 Sep 2026
ޝީ ޖިންޕިންގް ހަތް އަހަރަށް ފަހު އިންޑިއާއަށް
ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިއަދު ނިއު ދެއްލީއަށް ވަޑައިގެން 18 ވަނަ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގެންފިއެވެ.
12 Sep 2026
ބްރިޖްގައި ބޯޓު ޖެހުނު ހާދިސާގައި ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީ ވާންޖެހޭނެ
އެމްޑީޕީން ބުނީ ހާދިސާ ހިނގަން މެދުވެރިވީ ސަލާމަތީ އެއްވެސް ކަމެއް ފުރިހަމަނުވާކަން ކަމާބެހޭ އިދާރާތަކަށް އެނގިތިބެ، އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން ކަމަށެވެ
12 Sep 2026
މިއަދު ހަވީރާ ހިސާބަށް ރާއްޖޭގެ ބޮޑު ސަރަހައްދަށް ވިއްސާރަކުރާނެ
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ
12 Sep 2026
އައްޑޫސިޓީ ފޭދޫގެ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް
އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށްވެސް މެދުނުކެނޑި ބޯކޮށް ވާރޭވެހެމުންދާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ
12 Sep 2026
ނޫސްވެރިޔާ އާލިމްގެ ފުރަތަމަ ފޮތް "އޭ ހިތާއެވެ. ކެތްތެރިވާށެވެ" ޕްރީ އޯޑަރަށް
ދިރިއުޅުމުގައި ކުރިމަތިވާ ދަތި ޙާލަތްތަކާ ބެހޭ ގޮތުން ލިޔެފައިވާ މި ފޮތުގައި ވާނުވާ ނޭނގޭ ދަނޑިވަޅުތަކާއި މަގުގެއްލޭ ވަގުތުތަކާއި ހިތާމައިގެ ދުވަސްތަކުގައި ކެތްތެރިވާނެ ގޮތްތައް ގެނެސްދީފައިވެއެވެ.
12 Sep 2026
8 ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރަންސް ފަށައިފި
މި ކޮންފަރެންސްގެ ސަބަބުން ކިޔަވައިދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގެ އައު މައުލޫމާތާއި، ކިޔަވައިދިނުމުގެ ޒަމާނީ އުކުޅުތައް ދަސްވެ، ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ