12 Oct 2020 | 11:45
އަލްޖީރިއާގެ އިގްތިސޯދު އާރާސްތު ކުރަން އެހީވާން ތައްޔާރު: ޗައިނާ

އަލްޖީރިއާގެ އިގްތިސޯދު އާރާސްތު ކުރަން އެހީތެރިކަން ފޯރުކޮށްދީ ދެ ގައުމުގެ ގުޅުން އެހެން ހަރުފަތަކަށް ގެންދާން ތައްޔާރަށް އޮތް ކަމަށް ޗައިނާ އިން ހާމަކޮށްފިއެވެ.

ޗައިނާގެ ކޮމިއުނިސްޓު ޕާޓީގެ ސެންޓްރަލް ޕޮލިޓިކަލް ބިއުރޯގެ މެންބަރު ޔާންގް މިހެން ވިދާޅުވީ އިއްޔެ އަލްޖީރިއާގެ ރައީސް އާއިއެކު ބޭއްވި ބައްދަލުވުމުގައިއެވެ. ދެގައުމުގެ އިގްތިސޯދީ ގުޅުން ވަރުގަދަކޮށް، ވިޔަފާރި އިތުރުކޮށް، ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އިތުރަށް މަސައްކަތް ކުރުމަށް މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައިއެވެ.

ޗައިނާ އާއި އަލްޖީރިއާގެ އިގްތިސޯދީ އަދި ސިޔާސީ ގުޅުން ފާއިތުވި އަހަރުތަކުގައިވަނީ ވަރަށް ބޮޑަށް ވަރުގަދަ ވެފައިއެވެ. ފާއިތުވި މަސްތަކުގައި ވެސް ޗައިނާ އިން ވަނީ ކޮވިޑް-19 އާއި ގުޅިގެން އަލްޖިރިއާއަށް ވަރަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދީފައިއެވެ.

އަލްޖީރިއާ އަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑު އިނޯޝިއޭޓިވްގެ މެންބަރެކެވެ. ރާއްޖެ އާއި ދާދި އެެއް ދުވަސްވަރެއްގަައި ޗައިނާގެ ބެލްޓް އެންޑް ރޯޑު އިނީޝިއޭޓިވް އާއި ގުޅުނު އަލްޖީރިއާއަށްވަނީ ޗައިނާގެ ވަރަށް ބޮޑެތި އިންވެސްޓްމަންޓްތައް ލިބިފައިއެވެ.

އިއްޔެގެ ބައްދަލުވުމުން ކޮވިޑް-19 އިން އަލްޖިރިއާގެ އިގްތިސޯދަށް ކުރި ނޭދެވޭ އަސަރުން އަރައިގަންނަން ޗައިނާ އިން އިތުރަށް އެހީވާން ތައްޔާރަށް އޮތްކަން ވަނީ އެނގިފައިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ޗައިނާއިން އިތުރު ބޮޑެތި އިންވެސްޓްމަންޓްތައް އަލްޖިރީއަށް ކުރާނެ ކަމުގެ ޔަގީންކަން ޔާންގް ދެއްވިއެވެ.

ޗައިނާގެ ވެރިކަން ކުރާ ޕާޓީގެ ޕޮރިން އެފެއާރސް އޮފީހުގެ ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޔާންގް މި ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވަނީ ޗައިނާ އާއި އެންމެ ގާތް ގުޅުމެއް އޮންނަ ގައުމުތަކަކަށް ބައެއް ފަރާތްތަކުން ފާހަނގަކޮށްފައި ވެއެވެ. މިގޮތުން އަލްޖީރިއާއަށް ވަޑައިގަތުމުގެ ކުރިން ސްރީލަންކާއަށް ވަޑައިގެންފައި ވާއިރު ޔާންގެ މިދަތުރުފުޅުގައި ވަޑައިގަންނަވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ