15 Oct 2020 | 22:48
ދީނީ ޢިލްމުވެރިންނަށް ޝަރުޢީ ދާއިރާގެ ދޮރުތައް ބަންދުކުރަން ފަށައިފި: ސަލަފް

މަދީނާ އިން ލޯ ކިޔަވައިގެން އަންނަ ދީނީ ޢިލްމުވެރިންނަށް ވަކީލުކަން ނުކުރެވޭ ގޮތް ބާ ކައުންސިލުން ހަދަމުންދާ ދިއުމަކީ އިސްލާމް ދީނުގެ ޙުކުމްތައް ޝަރުޢީ ކޯޓުތަކުން ބޭރުކުރުމަށް ކުރަމުން ދާ މަސައްކަތްތަކެއް ކަމަށް ޖަމިއްޔަތުއްސަލަފް އިން ބުނެފިއެވެ.

ސަލަފް އިން މިހެން ބުނެފައިވަނީ މިފަހުން ވަކީލު ކަމުގެ ހުއްދަ ހޯދަން މަދީނާއިން ލޯ އިން ތައުލީމު ހާސިލުކޮށްފައިވާ ދީނީ ޢިލްމުވެރިންތަކެއް ހުއްދައަށް ހުށައެޅުމުން އެކަމަށް ބާ ކައުންސިލް އިން ހުރަސްއަޅާފައިވާ ކަމުގެ ޚަބަރުތަކެއް ފެތުރިފައިވަނިކޮށް އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައިއެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ މަޝްހޫރު ހުރިހާ ދީނީ ޢިލްމުވެރިންނެއް ދަނީ ސޯޝަލް މީޑިއާގައި ނުރުހުންފާޅު ކުރައްވަމުންނެވެ.

ސަލަފްގެ ބަޔާނުގައި ބުނެފައިވާގޮތުން މިކަމަކީ ދަޥުލަތުގެ މުއައްސަސާތަކުން އެކަށައަޅާ ޤާނޫނާއި ޤަވާޢިދުގައިވާ އިސްލާމީވަންތަކަމާއި، އިސްލާމީ ޝަރީޢަތާ އެކީއެކަށް ގުޅުންކަނޑާލުމަށް ހިންގޭ މަކަރުވެރި ރޭވުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި މިއީ އިސްލާމީ ބިންތަކަށް ދީނުގެ ޢަދާވާތްތެރި ދަޥުލަތްތަކުން އަތްގަދަކޮށް، އެމީހުންގެ ވެރިކަން އެބިންތަކުގައި ޤާއިމުކުރި ދުވަހުން ފެށިގެންވެސް ކުރަމުން އަންނަ މަސައްކަތެކެވެ. އަދި އޭގެ ސަބަބުން ތައުލީމީ ދާއިރާއިން ވެސް ދީނުގެ ޝަރުޢީ ޢިލްމު ފޮހެވި، މުސްލިމް އާއިލާތައް ރޫޅި، ދަރިންނާއި މައިން ވަކިވެގެންދާނެ ކަމެކެވެ. އަދި ބަދުއަޚުލާޤީ އަމަލުތައް އާއްމުވެގެން ގޮސް ގައުމުގެ ދާޚިލީ ހަމަޖެހުން ގެއްލި ރާއްޖެ ބައިބައިވެ ފޮތިފޮތިވެގެން ހިނގައިދާނެ ކަމުގައި ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އިސްލާމީ ގައުމުތަކުގައި ދީނުގެ ޝަރީޢަތް ނައްތާލަން އުޅެނީ ދީނުގެ ދުޝްމަނުން އަޑީގައި ތިބެ އެމީހުން ތަރުބިއްޔަތުކޮށްފައިވާ އޭޖެންޓުންނާއި، ގޮނޑިކޮއްކޮ ސަރުކާރުތަކާއި، މުސްލިމުންގެ ތެރޭގައި ތިބެ ދީނާއި ޤައުމަށް ޣައްދާރުވާ، މިނިވަންކަމުގެ އަގުވަޒަން ކުރަން ނުދަންނަ، މަދު ބަޔަކު މެދުވެރިކޮށް ކަމަށް ސަލަފް އިން ބުނެފައިވެއެވެ. އަދި މިފިކުރީ ހަނގުރާމައިގެ ވިލާގަނޑު ރާއްޖެއަށް ވެސް ފޯރާފައިވާ ކަމަށާއި މިއީ ބިރުވެރި ހާލަތެއް ކަމަށް ވެސް ބުނެފައިވެއެވެ.

ސަލަފް އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި މި ހިންގެނީ ފާއިތުވި ޤަރުނުގައި އިސްލާމީ ޢަރަބި ޤައުމެއްކަމަށްވާ މިޞްރުގައި ވެސް ޝަރުޢީ ކޯޓުތައް އުވާލައި ޝަރުޢީ ދާއިރާއިން މުސްލިމް ޢިލްމުވެރިން އެކަހެރި ކުރުމަށް އޭރު އެ ޤައުމުގައި އޮތް އިނގިރޭސިވިލާތުގެ ގޮނޑިކޮއްކޮ ސަރުކާރުން ހިންގި ފަދަ ކަންތައްތަކެކެވެ.

މިޞްރުގައި ހިންގުނު ލާދީނީ މަސައްކަތުގެ ސަބަބުން ދުނިޔެއަށް މަޝްހޫރު ޖާމިޢުލްއަޒްހަރުން ކިޔަވައިގެން ނިކުމެވަޑައިގަންވާ ޢިލްމުވެރިންނަށް މަޤާމުތަކަށް ނާދެވޭ ގޮތް ހަދައި، ވިލާތާއި އެނޫން ކަރަކަރައިގެ އުނގުން އެދުރުވެގެން އަންނަ ފަރާތްތަކަށް ދަޢުލަތުގެ މަތީ މަޤާމުތަކާއި ޝަރުޢީ ދާއިރާއަށް ވަނުމުގެ ފުރުޞަތު ފަހިކޮށްވެގެން ދިޔައެވެ. އަދި ދާލީނީ މީހުންގެ އަތް މައްޗަށް މުޅި ގައުމު ފުރޮޅިގެން ދިޔައެވެ.

ޖަމިއްޔަތުސަލަފް އިން މިބަޔާނުގައި ދިވެހި ރައްޔިތުންނަށް ހަނދާންކޮށްދީފައިވަނީ، އިސްލާމްދީނުގެ މަތިވެރި ނޫރުގެ އަލިކަމުން ދިވެހިންނަށް ދީނަކާއި ތާރީޚަކާއި ޘަޤާފަތަކާއި ބަހެއް ލިބިދިން ދުވަހުން ފެށިގެން ދާދި މިދާކަށް ދުވަހާއި ޖެހެންދެން ދިވެހިރާއްޖޭގެ ފަނޑިޔާރުކަމާއި ކޯޓުތަކުގައި މުޅިންހެން ތިއްބެވީ ހަމައެކަނި އިސްލާމީ ޝަރީޢާ އުނގެނިވަޑައިގެން ތިބި ޢިލްމުވެރިންކަމުގައެވެ. އަދި އެއީ 800 އަހަރުވަންދެން މިގައުމު އިސްލާމް ކަންމަތީގައި އޮތް މައިގަނޑު ސަބަބު ކަމުގައެވެ.

ހަމައެފަދައިން ދިވެހިންގެ ބޮޑުތަކުރުފާނު ވާދޫ ދަންނަކަލޭގެފާނަށް ވެސް ހުށައެޅުއްވި ހުށައެޅުމަކީ ފަނޑިޔާރުކަން ޤަބޫލުކުރެއްވުމަށް ކަމަށާއި، 1932 ވަނަ އަހަރު އުފެދުނު އެންމެ ފުރަތަމަ ޤާނޫނު އަސާސީއިން އެކުލަވާލި ފަނޑިޔާރުގޭގައި ވެސް އިންނެވީ ރާއްޖޭގައި އުފެދުނު އެންމެ ބޮޑު ދީނީ އެއް ޢިލްމުވެރިޔާ ކަމުގައިވާ ދިވެހިންގެ ޞަލާޙުއްދީން ކަމަށާއި މިކަންކަން މިހާ ސާފުކޮށް ފެންނަން ހުއްޓައި އެއާ މުޅިން ޚިލާފަށް ގަވައިދުތަކާއި ގާނޫނުތައް ބަދަލުކުރުމަކީ ދިވެހި ތާރީޚަށް ވެސް ދެވޭ ހަމަލާއެއްކަމުގައި ސަލަފް އިން ބުނެފައިވެއެވެ.

ސަލަފްގެ ބަޔާން ނިންމާލަމުން ރައީސުލް ޖުމްހޫރިއްޔާއަށާއި ޖުޑިޝަރީގެ އެންމެހައި ވެރިންނަށް ގޮވާލާފައިވަނީ، ހަމައެކަނި އިސްލާމީ ޝަރީޢާ ކިޔަވައިގެން ތިއްބަވާ ފަރާތަކަށް ޤާނޫނީ ވަކީލުކަމާއި ކޯޓުތަކުގެ ޤާޒީކަން ނުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހުރިހާ ޤަވާޢިދަކާއި ޤާނޫނެއް މިހާރުން މިހާރަށް މުރާޖަޢާކޮށް އިސްލާޙުކުރުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Jun 2026
މާލެ ވެޓް މާކެޓް މަޝްރޫއު: ބިން ހަވާލުކޮށްދޭން އެދި ހަތަރު ސިޓީ، ކައުންސިލުން ދައްކަނީ ބަހަނާ
އެ މިނިސްޓްރީން މިއަދު އެ މަޝްރޫއުއާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން އާންމުންނަށް އޮޅޭގޮތަށް މަޢުލޫމާތު ހާމަކުރާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.
21 Jun 2026
ޤައުމީ ޔުނިވަރސިޓީން ޞިއްޙީ ދާއިރާގެ ތިން ޑިގްރީ ޕްރޮގްރާމެއް ތައާރަފުކޮށްފި
ޔުނިވަރސިޓީން އަލަށް ތައާރަފުކުރި ތިން ޕްރޮގްރާމްގެ ތެރޭގައި ހިމެނެނީ، ތިން އަހަރު ދުވަހުގެ ބެޗެލާ އޮފް ސައިންސް އިން ޕެރަމެޑިކް ސައިންސަސް އާއި ހަތަރު އަހަރު ދުވަހުގެ ބެޗެލާ އޮފް ސައިންސް އިން ސްޕީޗް-ލެންގުއެޖް ޕެތޮލޮޖީ (އޮނާސް) އާއި ހަތަރު އަހަރު ދުވަހުގެ ބެޗެލާ އޮފް އޮކިޔުޕޭޝަނަލް ތެރަޕީ (އޮނާސް) އެވެ
21 Jun 2026
ދިރާސާއެއް: ގްރޭޑް 9، 10 ގެ ދަރިވަރުން ނިދަނީ މެންދަމު
"މި ދައްކަނީ ބޮޑެތި މީހުންގެ ވާހަކައެއް ނޫން. މި ކުދީން ނިދާ ގަޑިއަކީ 1:30 އާއި 2:30 ނުވަތަ 3:30 އާއި 4:00އާ ދެމެދު,"
21 Jun 2026
ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
މި ޚިދުމަތް އެ ރަށުގައި ޝަރަފްވެރިކޮށްދެއްވީ އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ، ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ އަޙްމަދު ވަޙީދު އެވެ.
21 Jun 2026
ޝެއިޚް އިސްމާޢީލް އަވަހާރަވިއިރު ޤުރުއާނުގެ ތަފްސީރު އޮތީ ތަރުޖަމާކޮށް ނިންމަވާފައި
ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު އަވަހާރަވީ އިރު، ކީރިތި ޤުރްއާނުގެ ތަފްސީރު އެއްކޮށް ދިވެހި ބަހަށް ތަރުޖަމާކޮށް ނިންމަވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
21 Jun 2026
އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026 ގައި ބައިވެރިވުމަށް ހުޅުވާލައިފި
އެޗްޑީސީން ސިލްސިލާކޮށް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ގާބިލު ޒުވާނުން އުފެއްދުމާއި، ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުމެވެ.
21 Jun 2026
'ބްރޭކިންގް ބޭޑް' ގެ އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ އިސްލާމްވެއްޖެ
އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކުރީ ސައުދީ އަރަބިއްޔާގައި އޭނާ ފިލްމެެއްގެ ޝޫޓިން ނަގަން ގޮސް އުޅުމުގެ ތެރޭގައި، އެތަނުގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުންނާއެކު ގާތްކޮށް ވަގުތު ހޭދަކުރުމަށްފަހުގައެވެ.
21 Jun 2026
”ބޮޑު ބަދަލު" އޮފީސް އުފައްދައިފި، ވެރިއަކީ ހަސަން ލަތީފް
"ބޮޑު ބަދަލު" އަކީ ކުރީގެ ރައީސް އަދި މިހާރު އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އިސްވެ ތިއްބަވައިގެން އެކުލަވާލާފައިވާ މެނިފެސްޓޯއެކެވެ.