މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ނިމުމުން ހުންނާނެ ގޮތް --
ހަބަރު
21 Jun 2026 | 18:40
މާލެ ވެޓް މާކެޓް މަޝްރޫއު: ބިން ހަވާލުކޮށްދޭން އެދި ހަތަރު ސިޓީ، ކައުންސިލުން ދައްކަނީ ބަހަނާ

މާލެ ވެޓް މާކެޓް މަޝްރޫޢު ފެށުމަށް ބިން ހަވާލުކޮށްދޭން އެދި މާލެސިޓީ ކައުންސިލްގައި ތަކުރާރުކޮށް އެދެމުން ވެސް އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު އެ މަޝްރޫއުއާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން އާންމުންނަށް އޮޅޭގޮތަށް މަޢުލޫމާތު ހާމަކުރާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނީ މާލޭގެ މާރުކޭޓްތަކުގެ އިންފްރާސްޓްރަކްޗަރ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އާންމުންނާއި ވިޔަފާރިވެރީންނަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޓްރަސްޓެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެއް ކަމަށާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ކޮންޓްރެކްޓަރާ މަސައްކަތުގެ ސައިޓް ހަވާލުކުރުމަށްޓަކައި އެ ސަރަޙައްދުގެ ބިން މިނިސްޓްރީއާ ހަވާލުކޮށް ދިނުމަށް އެދި މާރޗް 29، 2026 ގައި މަޝްރޫޢުގެ ތަފްސީލީ ކުރެހުންތަކާއެކު މާލޭ ސިޓީ ކައުންސިލަށް ހުށައަޅާފައިވާ ކަަމަށެވެ.

މާލެ ވެޓް މާކެޓް މަޝްރޫއު ކުންފުންޏަކާއި ހަވާލުކުރުން --

އެ ސިޓީއަށް އެއްވެސް ޖަވާބެއް ލިބިފައިނުވާތީ މިހާރުގެ ލޯކަލް މާރުކޭޓް ހުރި އިމާރާތް ހުސްކުުރުމަށް ފަހު އޭޕްރީލް 18، 2026 ގެ ކުރީން ބިން ހަވާލުކޮށްދިނުމަށް އެދި އޭޕްރީލް 12، 2026 ގައި ދެވަނަ ފަހަރަށް ސިޓީ ކައުންސިލްގައި ވަނީ އެދިފަ އެވެ.

މި ސިޓީއަށް ވެސް ކައުންސިލުން ޖަވާބެއް ނުދިން ކަމަށާ ނަމަވެސް އެއްބަސްވުމުގެ ދަށުން ބިން ހަވާލުކޮށްދިނުމަށް ކޮންޓްރެކްޓަރުގެ ފަރާތުން މިނިސްޓްރީގައި ތަކުރާރުކޮށް އެދެމުންދާތީ މެއި 7، 2026 ގެ ކުރީން ހަވާލުކޮށް ދިނުމަށް އެދި މެއި 3، 2026 ގައި އިތުރު ސިޓީއެއް ފޮނުވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެން ނަމަވެސް އެ މުއްދަތުގައިވެސް ބިން ހަވާލުކޮށްފައިނުވާތީ މެއި 31، 2026 ގެ ކުރީން ބިން ހަވާލުކުރުމުގެ ކަންކަން ނިންމައިދިނުމަށް އެދި މެއި 18، 2026 ގައި މިނިސްޓްރީން ވަނީ އިތުރު ސިޓީއެއް ފޮނުވާފަ އެވެ.

މިނިސްޓްރީން ބުނީ އޭގެ ފަހުން ކައުންސިލުން ވަނީ އެ ބިން ހަވާލުކުރެވެން ނެތް ކަމަށް ބަޔާންކޮށް މިނިސްޓްރީއަށް އަންގާފައި ކަމަށާ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މާޗް 9، 2023 ގައި އެ ކައުންސިލާއި ހައިރު އިންޖިނިއަރިންގ ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޑެޓާ ދެމެދު ވެވުނު އެއްބަަސްވުމެއްގެ ދަށުން، މަސްމާރުކޭޓް ސަރަޙައްދު ތަރައްޤީކުރުން އެ ކުންފުންޏާއި ހަވާލުކޮށްފައިވުން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ނިމުމުން ހުންނާނެ ގޮތް --

އަދި ބިން ހަވާލުކުރެވޭނީ އެއްބަަސްވުމުގައިވާ ގޮތުގެ މަތީން އެ އެއްބަސްބުން ބާތިލުކުރުމަށް ފަހު ކަމަށްވެސް ބުނެފައިވެ އެވެ.

ނަމަވެސް މިނިސްޓްރީން ބުނީ އެ މިނިސްޓްރީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެއްވެސް ބަދަލާއި ނުލައި އެއްބަސްވުން ބާތިލުކުރުމަށް ހައިރު އިންޖިނިއަރިންގ ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޑެޓުން ވަނީ ކައުންސިލަށް ސިޓީވެސް ފޮނުވާފައި ކަމަށާ ނަމަވެސް މިއަދާ ހަމައަށް ވެސް އެ އެއްބަސްވުން އުވާލުމުގެ މަސައްކަތް ކައުންސިލުން ކޮށްފައިނުވާ ކަަމަށެވެ.

ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލުން ޕްލޭން ކޮށްފައިވާ ޑިޒައިނާ އެއްގޮތަށް ކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އެ ކައުންސިލުން މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ގޮތުން އެއްވެސް ކަމެއް ނުކޮށް އޮތުމުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދާ ދިނުމަކީ ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

އެގޮތުން މާލެސިޓީ ކައުންސުލުން މަޝްރޫޢު ހަވާލުކޮށްފައިވާ ކުންފުނިން ވަގުތީ ގޮޅިތައް ހެދުން ފިޔަވާ އަމަލީ އެއްވެސް މަސައްކަތެއްކޮށްފައިނުވާތީ އެ މަޝްރޫޢުގެ އެއްބަސްވުން ބާތިލުކުރުމަކީ އެކަމުގައި އެއްވެސް ހުރަހެއް އޮތް ކަމެއް ކަމުގައި މިނިސްޓްރީން ނުދެކޭ ކަމަށާ އަދި އެ އެއްބަސްވުން ބާތިލުކުރި ނަމަވެސް އެ ބިން ސަރުކާރާއި ހަވާލުކުރުމަށް ހުރަހެއް އޮތް ކަަމަށް ނުދެކޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ނިމުމުން ހުންނާނެ ގޮތް --

މިނިސްޓްރީން ބުނި ގޮތުގައި މި ކަމުގައި މާލެ ސިޓީ ކައުންސިލުން މިއަދާ ހަމައަށްވެސް ބިން ހަވާލުނުކޮށް އޮތުމަކީ އާންމު ރައްޔިތުންގެ ލާބައާ މަންފާއަށްވުރެ ބޮޑަށް ސިޔާސީ މަސްލަހަތު އިސްކޮށްގެން އެ ކައުންސިލުން ކުރަމުންދާ ކަމެއް ކަމަށެވެ.

މި މަޝްރޫޢުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރު ވެސް ޢަމަލީ މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވީނަމަވެސް، މި މަސައްކަތް ނުފެށި އޮތް ހަމައެކަނި ސަބަބަކީ މަޝްރޫޢު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް މިނިސްޓްރީއާ ހަވާލުކޮށްފައިނުވުން ކަމުގައި މިނިސްޓްރީން ބުނެ އެވެ.

އަދި ބުނީ 600 ދުވަހުގެ ތެރޭގައި އެންމެގައި މަސައްކަތްތައް ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫޢުއަކީ މާލޭގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަޝްރޫޢުއެއް ކަމަށާ އެހެން ކަމުން މި މަސައްކަތް ލަސްވާ ކޮންމެ ދުވަަހަކީ މަޝްރޫޢުގެ އަގު ބޮޑުވެ، ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކުން މަޙްރޫމްވާނެ ކަމެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.