އެމްއެންޔޫ
ހަބަރު
21 Jun 2026 | 17:55
ޤައުމީ ޔުނިވަރސިޓީން ޞިއްޙީ ދާއިރާގެ ތިން ޑިގްރީ ޕްރޮގްރާމެއް ތައާރަފުކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ޞިއްޙީ ދާއިރާގެ ތިން އާ އަންޑަގްރެޖުއޭޓް ޕްރޮގްރާމެއް ތައާރަފުކޮށްފިއެވެ.

ޔުނިވަރސިޓީން އަލަށް ތައާރަފުކުރި ތިން ޕްރޮގްރާމްގެ ތެރޭގައި ހިމެނެނީ، ތިން އަހަރު ދުވަހުގެ ބެޗެލާ އޮފް ސައިންސް އިން ޕެރަމެޑިކް ސައިންސަސް އާއި ހަތަރު އަހަރު ދުވަހުގެ ބެޗެލާ އޮފް ސައިންސް އިން ސްޕީޗް-ލެންގުއެޖް ޕެތޮލޮޖީ (އޮނާސް) އާއި ހަތަރު އަހަރު ދުވަހުގެ ބެޗެލާ އޮފް އޮކިޔުޕޭޝަނަލް ތެރަޕީ (އޮނާސް) އެވެ.

މީގެ ތެރެއިން ސްޕީޗް-ލެންގުއެޖް ތެރަޕީ އާއި އޮކިޔުޕޭޝަނަލް ތެރަޕީ އަދި ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ދޭ އިމަޖެންސީ ފަރުވާގެ ދާއިރާތަކަކީ ތަމްރީނު ލިބިފައިވާ ފަންނީ މީހުންގެ ދަތިކަން ރާއްޖެއަށް ކުރިމަތިވެފައިވާ ދާއިރާތައްކަމަށް އެމްއެންޔޫއިން ބުނެއެވެ.

އެގޮތުން މިއީ  ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަންވެސް ފާހަގަކުރިއެވެ.

މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މިއީ ހަމައެކަނި އާ އެކެޑެމިކް ޕްރޮގްރާމުތަކެއް ތައާރަފުކުރުމެއް ނޫން މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ މުސްތަޤުބަލު ބައްޓަންކުރުން" ކަމަށެވެ. އެގޮތުން މިއީ ޤައުމީ ފެންވަރުގައި އެންމެ ބޮޑަށް ބޭނުންވެފައިވާ ދާއިރާތަކުން ޚާއްޞަ ތައުލީމުގެ މަގުތައް ފަހިކޮށްދީ ރައްޔިތުންނަށް އިންވެސްޓްކޮށް ޞިއްޙީ ނިޒާމު ވަރުގަދަކޮށް ޤައުމުގެ ތަރައްޤީއަށް މާނަވީ ގޮތެއްގައި ޙިއްޞާކުރާނެ ހުނަރުވެރި ޖީލެއް ބިނާކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން..

މި ތިން ޕްރޮގްރާމަކީ ވެސް މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމުތަކެއް ކަމުން ކާމިޔާބުކަމާ އެކު ކިޔެވުން ފުރިހަމަކުރާ ދަރިވަރުންނަށް ރާއްޖޭގައި ޕްރެކްޓިސް ކުރުމުގެ ލައިސެންސް ލިބޭނެ ކަމަށް އެ ޔުނިވަރސިޓީން ބުންޏެވެ. ޔުނިވަރސިޓީން ބުނެފައިވަނީ މެރިޓައިމް ސްޓަޑީޒް ސޯޝަލް ސައިންސަސް އިންޖިނިއަރިން ލޯ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން ހިމެނޭ ގޮތަށް މާސްޓާޒް އާއި ޕީއެޗްޑީ ޕްރޮގްރާމުތައް ތައްޔާރު ކުރަމުންދާ ކަމަށެވެ.

މި ޕްރޮގްރާމުތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ޕެރަމެޑިކް ސައިންސަސް އަށް ކުރިމަތިލާ ކެންޑިޑޭޓުން ނަފްސާނީ އަދި ޖިސްމާނީ ފިޓްނަސް އެސެސްމެންޓެއް ހެދުން ލާޒިމުވާނެއެވެ. އެމްއެންޔޫ ޕޯޓަލް މެދުވެރިކޮށް 30 ޖުލައި 2026 ގެ 14:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި އިތުރު މައުލޫމާތު 1445 އިން ލިބޭނެ ކަމަށް އެ ޔުނިވަރސިޓީން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ