ޝެއިޚް ލިޔުއްވި ޤުރުއާނުގެ ތަފްސީރު ފޮތުގެ ކަވަރު
ހަބަރު
21 Jun 2026 | 14:24
ޝެއިޚް އިސްމާޢީލް އަވަހާރަވިއިރު ޤުރުއާނުގެ ތަފްސީރު އޮތީ ތަރުޖަމާކޮށް ނިންމަވާފައި: ޝަހީމް

ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު އަވަހާރަވީ އިރު، ކީރިތި ޤުރްއާނުގެ ތަފްސީރު އެއްކޮށް ދިވެހި ބަހަށް ތަރުޖަމާކޮށް ނިންމަވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިއަދު ވިދާޅުވީ، މިހާރު ކުރިއަށް ދަނީ އެ ތަފްސީރު ފޮތް ޗާޕު ކުރުމުގެ މަސައްކަތް ކަމަށެވެ. 

ޝެއިޚް އިސްމާޢީލް އަވަހާރަވީ މިއަދުއެވެ. ޖަނާޒާ އޮތީ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. 

މީގެ ކުރިންވެސް ޝަހީމް ވިދާޅުވި ގޮތުގައި، ޝައިޚް އިސްމާޢީލަކީ ޢިލްމު ފެތުރުމާއި ޢިލްމީ ޖީލެއް ބިނާކުރެއްވުމުގެ ނަމޫނާ ޝަޚްޞިއްޔަތެކެވެ. ޝެއިޚް ކުރެއްވި އެންމެ މުހިންމު އެއް މަސައްކަތްޕުޅެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، މާތްވެގެންވާ ކީރިތި ޤުރުއާނުގެ ތަފްސީރު އެއްކޮށް ދިވެހި ބަހުން ލިޔުއްވުމެވެ.

އެ ތަފްސީރުފޮތް ޗާޕުކޮށްގެން ނެރުމުގެ މަސައްކަތް ކުރަނީ އިސްލާމިކް މިނިސްޓްރީންނެވެ. 

ޝައިޚް އިސްމާޢީލް މުޙައްމަދަކީ ސަޢުދީ ޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީން ކިޔަވައި ނިންމެވި އެންމެ ފުރަތަމަ ދިވެހި ދަރިވަރެވެ. އެއީ ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިޔާ ޝައިޚް އިބްނު ބާޒްގެ އަރިހުން އުނގެނިވަޑައިގަތް ދަރިވަރެއްވެސް މެއެވެ.

ރާއްޖެ ދުށް ވަރުގަދަ ޢިލްމުވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ޝައިޚް އިސްމާޢީލަކީ، ތަފާތު އެކި މައުޟޫޢުތަކަށް ޢިލްމީ ދަރުސްތައް ދެއްވުމުގެ އިތުރުން، ދީނީ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Jun 2026
ދިރާސާއެއް: ގްރޭޑް 9، 10 ގެ ދަރިވަރުން ނިދަނީ މެންދަމު
"މި ދައްކަނީ ބޮޑެތި މީހުންގެ ވާހަކައެއް ނޫން. މި ކުދީން ނިދާ ގަޑިއަކީ 1:30 އާއި 2:30 ނުވަތަ 3:30 އާއި 4:00އާ ދެމެދު,"
21 Jun 2026
ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
މި ޚިދުމަތް އެ ރަށުގައި ޝަރަފްވެރިކޮށްދެއްވީ އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ، ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ އަޙްމަދު ވަޙީދު އެވެ.
21 Jun 2026
ޝެއިޚް އިސްމާޢީލް އަވަހާރަވިއިރު ޤުރުއާނުގެ ތަފްސީރު އޮތީ ތަރުޖަމާކޮށް ނިންމަވާފައި
ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު އަވަހާރަވީ އިރު، ކީރިތި ޤުރްއާނުގެ ތަފްސީރު އެއްކޮށް ދިވެހި ބަހަށް ތަރުޖަމާކޮށް ނިންމަވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
21 Jun 2026
އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026 ގައި ބައިވެރިވުމަށް ހުޅުވާލައިފި
އެޗްޑީސީން ސިލްސިލާކޮށް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ގާބިލު ޒުވާނުން އުފެއްދުމާއި، ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުމެވެ.
21 Jun 2026
'ބްރޭކިންގް ބޭޑް' ގެ އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ އިސްލާމްވެއްޖެ
އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކުރީ ސައުދީ އަރަބިއްޔާގައި އޭނާ ފިލްމެެއްގެ ޝޫޓިން ނަގަން ގޮސް އުޅުމުގެ ތެރޭގައި، އެތަނުގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުންނާއެކު ގާތްކޮށް ވަގުތު ހޭދަކުރުމަށްފަހުގައެވެ.
21 Jun 2026
”ބޮޑު ބަދަލު" އޮފީސް އުފައްދައިފި، ވެރިއަކީ ހަސަން ލަތީފް
"ބޮޑު ބަދަލު" އަކީ ކުރީގެ ރައީސް އަދި މިހާރު އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އިސްވެ ތިއްބަވައިގެން އެކުލަވާލާފައިވާ މެނިފެސްޓޯއެކެވެ.
21 Jun 2026
އަނިޔާވި ކެނެޑާގެ ކޯނޭގެ އަސަރުގަދަ މެސެޖެއް
ކެނެޑާ 6-0 އިން މޮޅުވި މި މެޗުގެ 51 ވަނަ މިނެޓުގައި، ގަތަރުގެ އާސިމް މަދީބޯ ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެން ކޯނޭއަށް ވަނީ ބޮޑު އަނިޔާއެއް ލިބިފައެވެ. ދަނޑުމަތީގައި ގިނަ ވަގުތު ފަރުވާ ދިނުމަށްފަހު އޭނާ ބޭލީ ސްޓްރެޗަރުގައެވެ. ސްޓްރެޗަރުގައި އޮވެ ދަނޑުން ފައިބައިގެން ދިޔައިރު، އޭނާ އޮތީ އޮކްސިޖަން ގުޅާފައެވެ. ނަމަވެސް، ކޯނޭ ވަނީ ސަޕޯޓަރުންނަށް އަތުގެ އިޝާރާތުން "ތަމްބްސް-އަޕް" ދީ، އަތް ހޫރުވާލާފައެވެ.
21 Jun 2026
ޖަރުމަނުގެ އުންޑާވްގެ ކާމިޔާބީގެ ވާހަކަ
އުމުރުން 29 އަހަރުގެ އުންޑާވް ވަނީ މި މުބާރާތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ މެޗަށް ނުކުމެ، ތިން ލަނޑު ޖަހައި ދެ އެސިސްޓް ހަދާފައެވެ. މިއީ 1966 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕެއްގައި ބަދަލު ކުޅުންތެރިއަކު މިހާ ގިނަ ލަނޑުގައި ހިއްސާވި ދެވަނަ ފަހަރެވެ. މީގެ ކުރިން މި ރެކޯޑް ހަދާފައިވަނީ 1990 ވަނަ އަހަރު ކެމަރޫންގެ ރޮޖާ