ޑރ. ޝާފިއާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ދ. އެޓޯލް އެޑިޔުކޭޝަން ސެންޓަރ
ހަބަރު
21 Jun 2026 | 16:17
ދިރާސާއެއް: ގްރޭޑް 9، 10 ގެ ދަރިވަރުން ނިދަނީ މެންދަމު

އިސްލާމީ ޔުނިވާސިޓީން ކުރި ދިރާސާއަކުން ގްރޭޑް 9، 10 ގެ ދަރިވަރުން ނިދަނީ މެންދަމު ކަމަށް ދައްކައިފި އެެވެ.

މި ދިރާސާގެ މައްޗަށް ބިނާކޮށް އިސްލާމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފްސަރު އަދި އެ ޔުނިވާސިޓީގެ ސެންޓާ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީން ޑރ. އާމިނަތު ޝާފިޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަ ދައްކަވާފަ އެވެ.

ދ. އެޓޯލް އެޑިޔުކޭޝަން ސެންޓަރުގައި ބޭއްވި އެ މަދަރުސާގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ޑރ. ޝާފިޔާ ވިދާޅުވި ގޮތުގައި ބައެއް ދަރިވަރުގެ ސުކޫލު ހާޒިރީ ދަށްވަމުންދާ މައްސަލާގައި އިސްލާމިކް ޔުނިވާސިޓީން ވަނީ ދިރާސާއެއް ހަދާފަ އެވެ.

އެ ދިރާސާ މާލޭގެ ބައެއް ސްކޫލުތަކާއި މާލެ އަތޮޅުގެ ބައެއް ސްކޫލްތަކާއި އއ. އަތޮޅާއި ހދ. އަތޮޅުގެ ބައެއް ސްކޫލުތަކުގައި ވަނީ ހިންގާފަ އެވެ. އެ ދިރާސާއިން ފެނުނީ ހިތާމަވެރި މަންޒަރެއް ކަމުގައި ވިދާޅުވި އެވެ.

ދިރާސާއަށް މައިގަނޑު ގޮތެއްގައި މައުލޫމާތު އެއްކުރީ ގްރޭޑް 9، 10 ގެ ދަރިވަރުންގެ ފަރާތުން ކަމަށާ އެ ނަތީޖާ އިން އެ ދަރިވަރުން އާންމުކޮށް ނިދަނީ މެންދަމު ކަމަށް އެނގިފައިވާ ކަމަށް ޝާފިޔާ ވިދާޅުވި އެވެ.

"މި ދައްކަނީ ބޮޑެތި މީހުންގެ ވާހަކައެއް ނޫން. މި ކުދީން ނިދާ ގަޑިއަކީ 1:30 އާއި 2:30 ނުވަތަ 3:30 އާއި 4:00އާ ދެމެދު,"

ޑރ ޝާފިއާ ވިދާޅުވީ މިއީ ހިތާމަވެރި ކަމެއް ކަމަށެވެ. އަދި ނަބިއްޔާގެ އިރުޝާދުތައް ހަނދާންކޮށް ދެއްވާ ހުސްވަގުތާއި ސިއްހަތަށް ސަމާލުކަން ދޭ ބަޔަކަށް ދަރިވަރުންނަށް އިލްތިމާސް ކުރެއްވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.