Advertisement

މާލޭގެ މުޖްތަމަޢުގެ ތެރޭގައި ބަލި އޮއްވާ ކަރަންޓީނުނުވެ ރަށަކަށް ނުދެވޭނެ

18 Oct 2020 | 16:07

މާލޭގެ މުޖްތަމަޢުގެ ތެރޭގައި ކޮވިޑް-19 އޮއްވާ ކަރަންޓީންނުވެ އަތޮޅުތެރޭ ރަށްތަކަށް ދަތުރު ނުކުރެވޭނެކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ( އެޗްއީއިސީ) އިން ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ ވިދާޅުވީ ކޮވިޑް-19 އަށް ޓެސްޓްކުރި 1500 ސާމްޕަލް އިން 24 މީހުން ނެގެޓިވް ވެފައިވި ނަމަވެސް މިއީ ބަލި އެއްކޮށް ނެތިގެން ދިޔައީ ނޫން ކަމަށެވެ.އަދި މިއަދު ޕޮޒިޓިވްވި މީހުންގެ ޢަދަދު މަދުވެގެން ދިޔަ ނަމަވެސް ބަލީގެ ނުރައްކާ ކުޑައެއް ނުވާ ކަމަށްވެސް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ޑރ ނަޒްލާ އިތުރަށް ވިދާޅުވީ، މާލެއިން ރަށްތަކަށް ކަރަންޓީނުނުވެ ދެވޭނީ މާލޭގެ މުޖްތަމަޢުގެ ތެރެއިން އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ނުވާ ހިސާބަށް ޙާލަތު ރަނގަޅުވުމުންނެވެ.

ކޮވިޑް-19 ބަލީގައި މިއަދު ރާއްޖެއިން 36 ވަނަ މީހަކު ވަނީ ނިޔާވެފައެވެ.

Advertisement

ކޮމެންޓް