ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 100 މީހުންގެ ޖާގައިގެ ބަސް ސްޓޮޕެއް ހަދަން ނިންމައިފި

20 Oct 2020 | 13:47

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 100 މީހުންގެ ޖާގައިގެ ބަސް ސްޓޮޕެއް ހެދުމަށް ނިންމައިފިއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަހުމަދު ވިދާޅުވީ ހުޅުމާލޭގެ އަލަށް މީހުން އާބާދުވާން ހުޅުވާލާފައިވާ ދެވަނަ ފިޔަވަހީގައި 100 މީހުންގެ ޖާގައިގެ ބަސް ސްޓޮޕެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެ ޓީވީގެ 'ފަލަ ސުޜުޚީ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސުޙަޢިލް ވިދާޅުވީ ދެވަނަ ފިޔަވަހީގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށް ބަހުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޓީސީސި އާއި ޙަވާލް ކޮށްފައިވާ ކަމަށާއި، ފޭސް 2 ގައި މީހުން ދިރިއުޅެން ފަށާއިރު ދެވަނަ ފިޔަވަހީގައި އަޅާ ސްކޫލްގެ މަސައްކަތް ނުނިމިދާނެތީ، ދަރިވަރުން މާލެއަށް ސްކޫލަށް އައުމުގައި ދިވާވެދާނެ ދަތިތަކަށް ޙައްލެއް ގެނައުމުގެ ގޮތުންނެވެ.

މި ބަސް ސޮޓްޕްތަކަކީ ޖާގައިގެ ގޮތުން ބެލިއަސް އެއްފަހަރާ 100 މީހުންނަށް މަޑުކޮށްލެވޭނެ ގޮތަށް ޤާއިމްކުރެވޭ ބަސް ސްޓޮޕްތަކެކެވެ.

މީގެ އިތުރުން މާލެ، ހުޅުމާލެ އަދި އެއާޕޯޓް އާއި ދެމެދު ބަހުގެ ޚިދުމަތްދަނީ ފޯރުކޮށްދެއެވެ.

Advertisement

ކޮމެންޓް

Advertisement