25 Oct 2020 | 06:44
ހެވީމެޓަލް މިއުޒިކަށް ރާއްޖޭގައި ހުއްދަ ދެވިގެންނުވާނެ: ސަލަފްގެ ރައީސް

ހެވީމެޓަލް މިއުޒިކަށް ރާއްޖޭގައި ހުއްދަދެވިގެން ނުވާނެކަމަށް ޖަމްއިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަލަފްގެ ރައީސް މިފަދައިން ވިދާޅުވެ ޓުވީޓުކުރައްވާފައިމިވަނީ ރާއްޖޭގައި މެޓަލް ބޭންޑުތަކަށް ހިތްވަރުދީ އެފަރާތްތައް ކުރިއެރުވުމަށް މަސައްކަތްކުރާ އިނިޝިއޭޓިވް އެއް ކަމަށްވާ މެޓަލް ވޯސް މޯލްޑިވްސް (އެމްޑަބްލިއުއެމް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހެވީ މެޓަލް މުބާރާތެއް ފަށައިގެން ކުރިއަށް ގެންދަމުންދާ ދަނޑިވަޅެއްގައިއެވެ.

މި މުބާރާތާއި ބެހޭގޮތުން ލިޔެފައިވާ ހަބަރު ހިއްސާކުރައްވަމުން ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ވިދާޅުވިގޮތުގައި ހެވީމެޓަލް މިއުޒިކް ބިނާވެފައިވަނީ ޝައިޠާނާއަށް އަޅުކަންކޮށް،ފާޅުގައި ﷲއަށް އުރެދުމުގެ މައްޗައްކަމަށެވެ.

"ހެވީމެޓަލް މިވައްތަރުގެ މިޔުޒިކް ބިނާވެފައިވަނީ ޝައިޠާނާއަށް އަޅުކަންކޮށް،ފާޅުގައި ﷲއަށް އުރެދި، މަސްތުވާތަކެއްޗާ،ފާޙިޝްކަންކަމަށް ޞަރީޙަ ޢިބާރާތުން ދަޢުވަތު ދިނުގެ ނުބައި ފަސާދައިގެ މައްޗަށެވެ.މިކަންކަމަށް ރާއްޖޭގައި ހުއްދަދެވިގެންނުވާނެ!" އިސްލާމިކް މިނިސްޓްރީގެ ޓުވިޓަރ ޓެގްކުރައްވައި އަބްދުﷲ ވިދާޅުވިއެވެ.

މިހާރު ކުރިއަށް ދާ މުބާރާތަކީ ދިވެހި މެޓަލް ބޭންޑުތައް އުފެއްދުމަށް ހިތްވަރުދީ އަމިއްލަ އަދި އޮރިޖިނަލް ލަވަތައް އުފެއްދުމަށް ބާރުއެޅުމަށް ކުރިއަށް ގެންދާ މުބާރާތެއްކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ހާމަކުރައްވާފައިވާއިރު މި މުބާރާތުގެ އެއްވަނަ އިނާމަށް ވަނީ 38،000 ރުފިޔާ ފައިސާގެ އިނާމުގެ ހުށަހަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jun 2026
ހިދުމަތުގައި 25 އަހަރުވެ ވަކިވާ ފުލުހުންނަށް ބޭސްފަރުވާ ހަމަޖައްސަައިދެނީ
ވިދާޅުވީ، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
28 Jun 2026
އޭސީސީގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު އިސްލާޙު ކޮށްފި
މި އިޞްލާޙުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަ ނުނިންމޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު އިތުރުކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މުއްދަތު މުރާޖަޢާކޮށްގެންނެވެ.
28 Jun 2026
އުރީދޫ ނޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ޒަމީލް ހޯދައިފި
ދެކުނު ކޮރެއާ ތަމްސީލުކުރި މުޙައްމަދު ޒަމީލް ޒިހުނީ އުރީދޫ ނޭޝަން ކަޕް 2026 އީ-ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި 8،000 ރުފިޔާއާއި ހައިސެންސް ޓީވީ އިނާމަށް ހޯދައިފި އެވެ.
28 Jun 2026
އެމްއޭސީއެލް އިން ތިން މުއައްސަސާއަކާ ފަހުމުނާމާގައި ސޮއިކޮށްފި
އެމްއޭސީއެލް އިން އެންޑީއެމްއޭ އާއި އެމްއެމްއެސް އަދި އެމްއާރްސީ އާ އެކު ވެލާނާ އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން ވަރުގަދަކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި
28 Jun 2026
ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ ބިދޭސީން ހައްޔަރުކޮށްފި
ފުލުހުން ބުނީ، މި ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
28 Jun 2026
ހިންމަފުށީގައި ޑްރަގް ފަރުވާއަށް ބޮޑު ސެންޓަރެއް ހަދަނީ، 18 މަހުން ނިންމާނެ
ވަޒީރު ވިދާޅުވީ އަމާޒަކީ 18 މަސް ދުވަހުގެ ތެރޭގައި ހިންމަފުށީ ސެންޓަރުގެ މަސައްކަތް ނިންމާލުން ކަމަށެވެ.
28 Jun 2026
ގްރޫޕްގެ އެންމެ ފަހު މެޗުންވެސް އާޖެންޓީނާއަށް މޮޅެއް، މެސީ ރަންބޫޓާ ދިމާލަށް
އާޖެންޓީނާ ހިމެނޭ ގްރޫޕްގެ ނޮކްއައުޓްބުރަށް ދަތުރުކުރި އަނެއް ދެ ޓީމަކީ އޮސްޓްރިއާ އަދި އަލްޖީރިއާއެވެ.
28 Jun 2026
ވޯލްޑް ކަޕްގައި ޖެހިޖެހިގެން 7 މެޗުގައި ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް މެސީއަށް
މި ގޯލާ އެކު މެސީ ވެފައިވަނީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ގޯލް ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ. އެއީ ޖެހިޖެހިގެން ހަތް މެޗެވެ. މީގެ ކުރިން މި ރެކޯޑު ހިފެހެއްޓީ ފްރާންސްގެ ޖަސްޓް ފޮންޓެއިން އާއި ބްރެޒިލްގެ ޖައިރްޒީނިއޯ އެވެ. އެއީ ޖެހިޖެހިގެން 6 މެޗުގައި ގޯލުޖަހައިގެންނެވެ.