29 Oct 2020 | 12:55
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ޝަހީބް ކޯޓުން ދޫކޮށްލައިފި

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން 2020 އޮކްޓޯބަރު 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޕީއެންސީގެ ކައުންސިލް މެމްބަރު ގއ.ވިލިގިނލީ ލައިޓްހައުސް ޝަހީބު އިބްރާހީމް  ކޯޓުން އިއްޔެ ދޫކޮށްލައިފިއެވެ.

ފުލުހުން މައުލޫމާތު ދެއްވަމުން ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ޝަހީބް އިބްރާހީމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުންވަނީ ދޫކޮށްލާފައިވާ ކަމަށެވެ.

ޝަހީބް ކޯޓު އަމުރުގެ ދަށުން ދޫކޮށްލާފައިވަނީ  ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު ދިނުމަށްފަހުގައެވެ. އެހެންކަމުން އެ މައްސަލަ އިތުރަށް ތަހްގީގުކުރުމަށް މިހާރު ލިބިފައި ހުރި ހެއްކާއެކު އާ އަމުރަކަށް މިއަދު ކޯޓަށް ހުށައަޅާނެކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފުލުހުން ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއިން އެތެރެކުރި ދޯނިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުންވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jul 2026
ފަޅުރަށަކުން ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، ވެލި ބަސްތާތައް ހުސްކުރުވައިފި
ފަޅުރަށަކުން ޤަވާއިދާ ޚިލާފަށް ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، އެ އެމީހުން ނަގާފައިވާ ވެލިތައް އަނބުރާ ހުސްކުރުވައިފިއެވެ.
27 Jul 2026
އީރާނުގެ އުޅަނދަށް ޔޫކްރެއިނުން ދިން ހަމަލާއަށް ރައްދުދޭނަން
ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އެ ގައުމުގެ އުޅަނދަކަށް އަމާޒުކޮށް ޔޫކްރެއިނުން ދިން މި ހަމަލާގައި އެއްޗެއް ގޮވައި، އުޅަނދުގައި ހުރި ފަޅުވެރިއަކު ވަނީ މަރުވެފައެވެ. އަދި މި ހާދިސާގައި އިތުރު ފަޅުވެރިއަކަށް އަނިޔާވެފައިވާ ކަމަށްވެސް އީރާނުން މައުލޫމާތު ދެއެވެ.
27 Jul 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 18 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސައުސަން ހުރި ކޮޓަރިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ފައްސި ވެފައިވާކަން ވަގުތީ ނަތީޖާއިން ދައްކައެވެ.
27 Jul 2026
މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން ހަވީރު 15:00 އަށެވެ.
27 Jul 2026
ބަންގްލަދޭޝުން ރާއްޖެއަށް 20,000 ގަސް ހަދިޔާކޮށްފި
ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް 20000 ގަސް ހަދިޔާކޮށް އިއްޔެ ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރަމްޒީ ގޮތުން ހަވާލުކޮށްދެއްވައިފިއެވެ.
27 Jul 2026
ސޫރިޔާއިން އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ދާން ބޭނުން
ފަލަސްތީނުގެ ބިންތައް ގަދަކަމުން ފޭރި، އެގައުމުގެ މުސްލިމުން ޝަހީދުކުރަމުންދާ ނިރުބަވެރި އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމެއް ގާއިމުކުރުމަށް ސޫރިޔާއިން މަސައްކަތް ކުރަމުންދާ ކަމަށް އެގައުމުގެ ރައީސް އަޙްމަދު އަލްޝަރަޢު ވިދާޅުވެއްޖެއެވެ.
27 Jul 2026
ޓެކްނޮލޮޖީގެ ސަބަބުން ތިމާގެ ހަށިގަނޑަށްވެސް ބަދަލުތައް އަންނަކަން އެނގޭތަ؟
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ޓެކްނޮލޮޖީގެ ސަބަބުން އަޅުގަނޑުމެންގެ ހަށިގަނޑުގެ ބައްޓަމަށާއި ފިޒިކަލް ހެލްތަށް އަންނަ ބަދަލުތަކަކީ މާ ނުރައްކާތެރި ބަދަލުތަކެކެވެ.
27 Jul 2026
އެމެރިކާއާއި އީރާނުގެ ހަމަލާތައް މެދުކަނޑާލުމާއެކު ތެލުގެ އަގު 5 އިންސައްތަ ދަށަށް
މި ބަދަލާއެކު، ބްރެންޓް ކުރޫޑްގެ އަގު ފީފާއަކުން 4.89 ޑޮލަރު ނުވަތަ 5.05 އިންސައްތަ ދަށަށް ގޮސް، މިހާރު ހުރީ 91.89 ޑޮލަރުގައެވެ. މިއީ ފާއިތުވި ތިން ހަފުތާގައި އަގު މަތިވަމުން ދިޔުމަށްފަހު، އެއް ހަފުތާ ތެރޭގައި ތެލުގެ އަގު މިހާ ބޮޑަށް ދަށަށްދިޔަ ފުރަތަމަ ފަހަރެވެ. ކުރިން ހޯރްމޫޒް ކަނޑުއޮޅީގެ މައްސަލަތަކާ ހުރެ ބްރެންޓް ކުރޫޑްގެ އަގު ހުރީ ފީފާއަކަށް 100 ޑޮލަރަށްވުރެ މަތީގައެވެ.