07 Nov 2020 | 17:38
ސަޢުދާން، އިލްޔާސަށް: ޢިލްމުވެރިންގެ ބޮލުގަ ދޮގު ތުހުމަތު ނާޅުވާ!

ބަޔަކު ރުއްސުމަށްޓަކައި ރައްޔިތުންނާއި ޢިލްމުވެރިންގެ ބޮލުގައި ދޮގު ތުހުމަތު ނޭޅުއްވުމަށް އައްޝައިޚް  ސަޢުދާން، އައްޝައިޚް އިލްޔާސް ގޮވާލައްވައިފިއެވެ.

ރާއްޖެ ޓީވީގައި ރޭ ކުރިއަށް ދިޔަ ޕްރޮގްރާމެއްގައި، ފްރާންސްގެ އާއްމުރައްޔިތުން ރާއްޖެ އައުމުން އެމީހުން މަރަން ފަތުވާދިނީމާ އެ ދިފާޢުކުރެވުނީ ކޮން އިސްލާމްދީނެއްތޯ ސުވާލު ކުރައްވައި ޝައިޚް އިލްޔާސްވަނީ ވާހަކަ ދައްކަވާފައެވެ.

ޝައިޚް އިލްޔާސްއަށް ރައްދު ދެއްވަމުން ޝައިޚް ސައުދާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އެއްވެސް ޢިލްމުވެރިއެއް އެގޮތަށް ފަތުވާ ދިންކަމުގެ ހެކި އިލްޔާސް ދައްކަން ޖެހޭނެ ކަމުގައެވެ.

"މިގޮތަށް ރާއްޖޭގެ އެއްވެސް މީހަކު، ޢިލްމުވެރިއެއްވިޔަސް އަދި ޢާއްމުރައްޔިތެއްވިޔަސް، ފްރާންސުން އަންނަ މީހުން މަރަން ފަތުވާދީފައިވާކަމުގެ ހެކި ޝައިޚް އިލްޔާސް ދައްކަން ޖެހޭނެ" ޝައިޚް ސައުދާން ވިދާޅުވިއެވެ.

ޝައިޚް ސައުދާންގެ ޓްވީޓުގައި އިލްޔާސްއަށް ރައްދުދެއްވަމުން އިތުރަށް ވިދާޅުވެފައިވަނީ ބަޔަކު ރުއްސުމަށްޓަކައި ރައްޔިތުންނާއި ޢިލްމުވެރިންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައިގެން ނުވާނެކަމަށެވެ.

އިލްޔާސްއަކީ މި ސަރުކާރުގެ ސިޔާސީ މަޤާމެއް އަދާކުރައްވަމުން އަންނަ ފަރާތެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ވަރަށްބޮޑަށް ސަނާކިޔަމުންދާ ޝައިޚް އިލްޔާސް ރާއްޖެޓީވީއިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވިދާޅުވީ ފްރާންސްގެ މުދާ ބޯއިކޮޓް ކުރަން ގޮވާލުމަކީ ހައްލެއް ނޫންކަމަށެވެ. އިލްޔާސް ރޭގެ ފްރޮގްރާމުގައި މިފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވީނަމަވެސް، މިދިޔަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ލޮބުވެތި ނަބިއްޔާގެ ކާޓޫނު ކުރަހައި މަލާމާތްކޮށް ފުރައްސާރަކުރާ މީހުންނާއި ގުޅުން ކަނޑާލުމަކީ ނަބިއްޔާގެ ދިފާޢުގައި މުސްލިމުން ކުރަންޖެހޭ ކަމެއްކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jun 2026
ށ.ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ މި މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތަކުގެ އިތުރުން، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކަކާއެކު 60 މީހުންގެ ޖާގައިގެ މަރުކަޒެކެވެ.
25 Jun 2026
"ލޭ އެޕް"އިން އިސްނަގައިގެން ނެރޭ ލަވަ މާދަން ރިލީސް ކުރަނީ
މި ލަވަ ނެރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު، ޓީވީއެއްގެ ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ.
25 Jun 2026
މާލެ އޭރިއާގެ 84 ފުލުހަކަށް ޝަރަފުގެ ނިޝާން
މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 84 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެ އެވެ.
25 Jun 2026
ޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި
މިއީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި ހަދިޔާ ކުރި ސިސްޓަމެކެވެ.
25 Jun 2026
އެމްއެންޔޫގެ ޢަރަބި ބަހުގެ ކްރޭޝް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
އެމްއެންޔޫއިން ބުނީ މި ކޯހަކީ ޢަރަބި ބަހުގެ އަސާސްތައް ދަސްކޮށްދިނުމަށާއި، އެ ޔުނިވަރސިޓީން ކުރިއަށްގެންދާ ޢަރަބި ބަހުގެ އެކި ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ކޯހެއް ކަމަށެވެ.
25 Jun 2026
ޓޫރިޒަމް އޯފް ސީޒަނުގައި ބޭންކްތަކަށް އެމްއެމްއޭއިން ވިއްކާ ޑޮލަރު އިތުރުކުރަން ނިންމައިފި
ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ
25 Jun 2026
ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒެޕް
މިޕަރޓްނަރޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒެޕްމެދުވެރިކޮށް %5 އިން %15 އާ ހަމައަށް ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.
25 Jun 2026
އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ގެއްލުންދެނީ
މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ތާރީޚީ ބިނާއަށް ބަޔަކު ގަސްދުގައި ގެއްލުންދެމުންދާކަން މިހާރު ވަނީ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައެވެ.