24 Nov 2018 | 10:29
އަދި ނުނިމޭ، ޕީޖީ ބިޝާމް ބޭރުކުރެވޭނެ: އަބްދުﷲ

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަދި ނުނިމޭ ކަމަށާއި، ބިސާމް މައްސަލަ އިސްލާހުކޮއް ހުށަހަޅާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެއްޖެ އެވެ.

އަބްދުﷲ އިތުރަށް ވިދާޅުވީ މިމައްސަލަ ކުރިން ހުށައެޅި އިރު ފާހަގަ ކޮށްފައިވާ 5 މައްސަލައިގެ އިތުރުން އެހެން ކަންކަން ފާހަގަ ކުރެވޭތީ އެކަންކަން އިސްލާހްކޮއް މަޖިލީހަށް ވައްދާނެ ކަމުގައެވެ.

ނިމިދިޔަ ސަރުކާރުގައި ޕީޖީއަށް ހުށައެޅި ބައެއް މައްސަލަތަކުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށް ބުނެ ޕީޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ ހަފްތާ ތެރޭގައި އަބްދުﷲ ހުށައެޅުވުމަށްފަހު ހަމަ އެދުވަހުވނީ މައްސަލަ އަބުރާ ގެންދަވާފައެވެ.

ނަމަވެސް މިކަމާ ގުޅިގެން ނުވަތަ މިކަމަށް ރައްދުދެއްވާ ޕިޖީގެ މަގާމު ފުރުއްވަމުންގެންދަވާ އައިޝަތު ބިޝާމް އެއްވެސް އެއްޗެއް މިހާތަނަށް ވިދާޅެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Jun 2026
ޝެއިޚް އިސްމާއީލް އަވަހާރަވުން: ރައީސްގެ ތަޢުޒިޔާ، ޝެއިޚްގެ ވަކިވުމުން ބޮޑު ހިތާމައެއް
ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށްޓަކައި ވަރަށްފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅު ކުރައްވައިފައިވާ އަދި ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައިދެއްވައިފައިވާ ބޭފުޅެއް ކަމުގައި ވިދާޅުވި އެވެ.
21 Jun 2026
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިސްމާއީލް މުޙައްމަދު އަވަހާރަވެއްޖެ
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިސްމާއީލް މުޙައްމަދު އަވަހާރަވެއްޖެ އެވެ.
20 Jun 2026
ފްލައިނާސްގެ ދަތުރުތައް ވީއައިއޭއަށް އަލުން ފަށައިފި
މިއަދު ފެށުނު ދަތުރުތަކުގެ ދަށުން ސައުދީގެ ރިޔާދުގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖެއާ ދެމެދު ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ
20 Jun 2026
ފެނަކައިން ވަކިވާން އެދުނު މުއައްޒަފުންގެ އަދަދު 97 ގައި
އަމިއްލައަށް ވަކިވާން ބޭނުންވާ މުއައްޒަފުންނަށް ފެނަކައިން ފުރުސަތު ދީފައިވަނީ އިނާޔަތަކާއެކުގައެވެ
20 Jun 2026
މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް
މިހިނގާ ޖޫންމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ، 1,011,473 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ
20 Jun 2026
އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އެމްޑީޕީގެ ކޮމިޓީތަކުގައި މަސައްކަތްކުރުމަށް ބޭނުންވާ މެމްބަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވަނީ، ޖޫންމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ
20 Jun 2026
ހުޅުމާލެ ފޭސް ދޭއްގެ ފިހާރައަކަށް ވަދެ ވަޅިއަކުން ބިރުދެއްކި މައްސަލައެއް
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ
20 Jun 2026
ކަނޑުތަކާ ބެހޭ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ މޫދު ހަރަކާތްތައް ފަށައިފި
ހުޅުމާލޭ ދިރާގު ބީޗު ސަރަޙައްދުގައި 'އޯޝަން ފެސްޓިވަލް' ގެ ނަމުގައި ފެށި މި ހަރަކާތްމިއަދު ހަވީރު 17:30 ގެ ނިޔަލަށް ކުރިއަށްދާނެއެވެ