މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިސްމާއީލް މުޙައްމަދު
ހަބަރު
21 Jun 2026 | 03:10
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިސްމާއީލް މުޙައްމަދު އަވަހާރަވެއްޖެ

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިސްމާއީލް މުޙައްމަދު އަވަހާރަވެއްޖެ އެވެ.

މ. ތޮއިބާ، ޝެެއިޚް އިސްމާއީލް އަވަހާރަވީ މިރޭގެ ވަގުތެއްގަ އެވެ. ޝެއިޚްގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މާދަމާ މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.

ޝެއިޚް އިސްމާއީލަކީ ރާއްޖެ ދުށް ވަރުގަދަ ޢިލްމުވެރިއެކެވެ. އެއީ އެތައް ޢިލްމުވެރިންނެއް އުފެއްދެވި ހިތްވަރު ގަދަ ލީޑަރެކެވެ. އަނިޔާގެ ކުރިމަތީގައި ހައްގުގޮތް ދޫކޮށް ނުލައްވާ ކެތްތެރިކަން އިސްކުރެއްވި ބޭފުޅެކެވެ.

ޝެއިޚް އިސްމާއީލް ރައީސާއި ސަލާމް ކުރައްވަނީ 

ޝެއިޚް އިސްމާއީލަކީ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ކިޔަވައި ނިންމި އެންމެ ފުރަތަމަ ދިވެހި ދަރިވަރެވެ. ޝައިޚު އިބްނު ބާޒްގެ ދަރިވަރެކެވެ. ވަރަށް ބޮޑު ޢިލްމުވެރި އެކެވެ. ވަރަށް ގިނަ ޢިލްމީ ފޮތްތައް ލިޔުއްވާފައިވެ އެވެ.

އެކިއެކި މައުލޫތަކަށް ވަރަށް ޢިލްމީ ދަރުސްތައް ދެއްވާފައިވެ އެވެ. 

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި ޝެއިހް އިސްމާއީލަކީ އިލްމު ފެތުރުމާއި އިލްމީ މީހުން ބިނާކުރެއްވުމުގެ ނަމޫނާ ޝަޚްޞިއްޔަތެކެވެ. އެންމެ މުހިންމު އެއް މަސައްކަތަކަށް ފާހަގަ ކުރެއްވީ ޤުރުއާންގެ ތަފްސީރު އެއްކޮށް ދިވެހި ބަހުން ލިޔުއްވުމެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަސައްކަތްޕުޅު މިހާރު ވަނީ އެއްކޮށް ފުރިހަމަ ކުރައްވާފަ އެވެ. 

ޝައިޚުގެ އެންމެ ފާހަގަކޮށްލެވޭ އެއް ޚިދުމަތަކީ އިލްމުވެރީން ބިނާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅެވެ. އިބްން ބާޒުގެ ފަރާތުން މަންދޫބެއްގެ ގޮތުގައި 27 އަހަރު ޕާކިސްތާނުގައި ތައުލީމް ދެއްވަން ހުންނެވި އެވެ.

އެ ފުރުސަތުގެ ބޭނުން ހިއްޕަވާ ދިވެހި ދަރިވަރުން އެ ގައުމަށް ގެންދަވާ ޢިލްމު އުނގެނުމުގެ ފުރުސަތު ދެއްވި އެވެ. ރާއްޖޭގެ ދަޢުވަތުގެ މައިދާނުން މިއަދު ފެންނަން ތިބި ވަރަށް ގިނަ ބޭފުޅުންނަކީ ޝެއިޚްގެ އެހީތެރިކަން ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. އެފަދަ އެތައް ބޭފުޅުންނެއްގެ ބެލެނިވެރިއެއް ކަމުގައި ވެވަޑައިގެން ޢިލްމީ ދަތުރުގައި ކުރިއަށް ވަޑައިގަތުމުގެ ފުުރުސަތު ދެއްވި އެވެ.

ދ. މީދޫއަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިހް އިސްމާއީލް, ތަޢުލީމީ ހަޔާތަށް ފަހު ރާއްޖެ ވަޑައިގެން ޠައިބާ ސުކޫލު ބިނާކުރެއްވި އެވެ. ދިވެހީންނަށް ދީނީ ތަޢުލީމު ފޯރުކޮށް ދިނުމުގައި އެ ސުކޫލު އަދާކޮށްފައި ވަނީ ފާހަގަކޮށްލެވޭ ފަދަ ދައުރެކެވެ. 

ޝެއިޙް އިސްމާައީލް، ޝެއިޚް ލަތީފްގެ އަރިހުގައި 

ޝެއިހް އިސްމާއީލް ވަނީ ރައީސް ނާސިރުގެ ވެރިކަމުގައި ފަނޑިޔާރުކަން ވެސް ކުރައްވާފަ އެވެ.

އަދުލްއިންސާފު ގާއިމު ކުރެއްވުމަށް އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްތަކީ ތާރީޚު ހެކިދޭ މަސައްކަތްޕުޅު ތަކެކެވެ. މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ އަދުލަށް ޙުކުމް ކުރެއްވުމަށް ގޮންޖެހުންތައް ކުރިމަތިވާން ފެށުމުންނެވެ.

ޝެއިޚްގެ އަމިއްލަފުޅު ޚަރަދުގައި މިސްކިތެއް ބިނާކުރެއްވުމުގެ މަސައްކަތް ވެސް ދަނީ ހިނގަމުންނެވެ. އެ މަސައްކަތް ކުރިއަށްދާއިރު މާފަންނު ޠައިބާ މިސްކިތް ހުރި ބިމަކީ ޝެއިހްގެ އަމިއްލަފުޅު ބިމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
23 Sep 2026
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.
23 Sep 2026
ކުރިއަށް އޮތް ތަނުގައި ރާއްޖެއާ ސައުދީގެ ގުޅުން އިތުރަށް ބަދަހިވާނެ
ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއްޔާއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
23 Sep 2026
ތިނަދޫގައި މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އިސްކޮށް އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.