13 Nov 2020 | 22:09
މިވެރިކަމުގަ ޢިލްމުވެރިންނަށް ލިބެމުން ދަނީ މާޔޫސްކަން: ޝައިޚް ޝަފީޢު

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ދީނީ ޢިލްމުވެރިންނަށް ލިބެމުން ދަނީ މާޔޫސްކަންކަމަށާއި ދީނީ ޢިލްމުވެރިން ތިބީ ހާސްކަމެއްގެތެރޭގައިކަމަށް އައްޝައިޚް ޝަފީޢު ވިދާޅުވެއްޖެއެވެ.

ޝައިޚް ޝަފީޢު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީއެއްގެ ޝެއިޚުންގެ ރާގު މިއާ ތަފާތު ވެދާނެކަމަށާއި ނަމަވެސް ދަންނަވާ އާދޭސްތައް ޖެހެނީ ބީރު ކަންފަތްތަކުގައިކަމަށެވެ.

"ރައީސް ޞޯލިޙުގެ ވެރިކަމުގައި ދީނީ ޢިލްމުވެރިންނަށް ލިބެމުން ދަނީ މާޔޫސްކަމެވެ. ދީނީ ޢިލްމުވެރިން ތިބީ ހާސްކަމެއްގައެވެ. ދަންނަވާ އާދޭސްތައް ޖެހެނީ ބީރު ކަންފަތްތަކުގައެވެ. މި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީއެއްގެ ޝެއިޚުންގެ ރާގު މިއާ ތަފާތު ވެދާނެއެވެ." ޝައިޚް ޝަފީޢު ވިދާޅުވިއެވެ.

ޝައިޚް ޝަފީޢު މިހެން މިފަދައިން ވިދާޅުވެފައިވަނީ މިސަރުކާރުން ދީނީ ޢިލްމުވެރިންނަށް ފުރިހަމަ ބާރު ދީފައިވާކަމަށް ޑރ. ޢިޔާޒް ވިދާޅުވިތާ މާގިނައިރުތަކެއް ނުވަނީހެވެ.

ސަރުކާރު ކޯލިޝަން ޕާޓްނަރ އަދާލަތް ޕާޓީގެ އިސް އެކްޓިވިސްޓުން ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ޑރ އިޔާޒް އާއި ޒައިދް އަދި ޝެއިހް އިލްޔާސް ފަދަ އަދާލަތް ޕާޓީގެ އިސް މަޤާމްތަކުގައި ތިއްބެވި ފަރާތްތައް ފިޔަވައި ރާއްޖޭގެ ގިނަ އަދަދެއްގެ އިލްމުވެރިންނާއި، ޢާންމުން އަންނަނީ އިބްރާހިމް މުހައްމަދު ޞާލިހްގެ ގެ ސަރުކާރުގައި ދީނަށް ފުރައްސާރަކުރުން އިތުރުވުމާއި، އެކަން ކަމަށް ފިޔަވަޅު ނާޅާ މައްސަލާގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒް ކުރައްވަމުންނެވެ.

އެގތޮުން އެމްޑީއެންގެ ލާދީނީ ރިޕޯޓް ނެރުނު ފަރާތްތައް ޞާލިހްގެ ސަރުކާރުގެ އިސް މަޤާމްތަކުގައި ތިއްބެވި އިރު، މި ފަރާތްތަކާއި ދެކޮޅަށް ބަސް ބުނަމުން އަންނަ ފަރާތްތައް ސަރުކާރުން އަންނަނީ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގަމުންކަން ފާހަގަކޮށްލަންޖެހެއެވެ. އަދި ދީނީ ޖަމިއްޔާތައް ކަމުގައިވާ ސަލަފް ޖަމިއްޔާ ފަދަ ޖަމިއްޔާތައް އުވާލުމަށް ޞާލިހްގެ ޕާޓީން ފާޅުގައި އަންނަނީ ގޮވާލަމުންނެވެ. މީގެ އިތުރުން ޤުރުއާން މާއްދާ އިހްތިހާރީ ކުރުމުގެ މައްސަކަތަކީ ވެސް މި ސަރުކާރުގެ ސިޔާސަތެއްކަން ހާމަވުމާއެކު ގިނަ އަދަދެއްގެ ޤުރުއާން ޓީޗަރުންގެ ކަންބޮޑުވުމާއެކު އެ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.

ރާއްޖޭގައި އިސްލާމް ދީނަށް ބޮޑެތި ޖޮންޖެހުންތަކެއް މި ސަރުކާރުން ކުރިމަތި ކުރުވަމުން އަންނަކަމަށް އިލްމުވެރިން ބުނަމުން އަންނަ އިރު އަދާލަތް ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ވަނީ މި ސަރުކާރުން ފާހަގަކުރެވޭ މިންވަރަށް ދީނަށް ފުރައްސާރަކުރުން އިތުރުނުވާކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ޕީއެންސީ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް ދޭން ފާސްކޮށްފި
ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028ގެ ރިޔާސީ ޓިކެޓު ދޭން ޕީއެންސީ ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފިއެވެ.
17 Sep 2026
ޚަދްލަޖް ބްރޭންޑުގެ އައު ސެންޓުތަކެއް ރާއްޖެއަށް ތަޢާރަފުކޮށްފި
ދުބާއީގެ މަޝްހޫރު ލަގްޒަރީ ސެންޓު ބްރޭންޑް "ޚަދްލަޖް" ގެ އައު ސެންޓުތަކެއް، އެ ބްރޭންޑުގެ ރާއްޖޭގެ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޕޮއިސް ޑިސްޓްރިބިއުޓާރސް އިން ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.
17 Sep 2026
ޗައިނާގެ އެންމެ ބޮޑެތި ބްރޭންޑްތަކުގެ ނަމުގައި "އަލީ" ހިމެނެނީ ކީއްވެ؟
1999 ވަނަ އަހަރު ޖެކް މާ (މާ ޔޫން) އެނާގެ 17 ރައްޓެހިންނާ އެކު ޗައިނާގެ ހެންޒޯގައި ހުރި އެޕާޓްމެންޓެއްގައި އަލީބާބާ ޑޮޓް ކޮމް އުފެއްދެވީ ވިޔަފާރިތައް ގުޅުވައިދޭ ޕްލެޓްފޯމެއްގެ ގޮތުގައެވެ. މި ނަން ނެގީ ޢަރަބި ފޯކްލޯ ވާހަކަ "ހާސް އެއް ރެއެއްގެ ވާހަކަ" ގައި ހިމެނޭ ޢަލީ ބާބާ ކެރެކްޓަރުންނެވެ. އެ ވާހަކައިގައި ޢަލީ ބާބާ އަކީ ފަޤީރު ދަރު ކެނޑުންތެރިއެއް ކަމަށާއި ވަގުންގެ ހޮހޮޅައެއްގެ ސިއްރު ހޯދައި "ހުޅުވާ ސިމްސިމް" މި ޖާދޫ ޢިބާރާތުން އެ ހޮހޮޅައަށް ވަންނަ ވާހަކައެވެ.
17 Sep 2026
ކުރީ ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ފެސިލިޓީ އެއްކޮށް ދައްކައ
ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން އެމެރިކާ ޑޮލަރުގެ ފެސިލިޓީ ދިވެހި ސަރުކާރުން އެއްކޮށް ދައްކައި ޚަލާޞްކޮށްފިއެވެ.
17 Sep 2026
ކުރިއަށް މިއޮތީ "މަގޭ ބިޓުގެ ވެޑިން" ގެ ވަދާޢީ ތިން ޝޯ
ކުރިއަށް އޮތީ ހަފްތާ ބަންދުކަމުން ބާރުބޮޑުވާނެތީ ޓިކެޓް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކުން 9911229 ނަންބަރަށް ވައިބަރ ކުރުމުން ޓިކެޓް ނެގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ
17 Sep 2026
ފުވައްމުލަކަށް ޑައިވިންގ އަށް ގޮސް އުޅުނު ޓޫރިސްޓަކު މަރުވެއްޖެ
އެ ޓޫރިސްޓު ހެނދުނު 9:02 ގައި ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރާ ހަވާލާދީ އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ. އެ މީހާ ޑައިވިންއަށް ފޭބީ ހެނދުނު އަށެއް ޖެހި ހާއިރު ކަމަށް އެނގިފައިވެއެވެ.
17 Sep 2026
ޕީއެންސީގެ ރިޔާސީ ޓިކެޓް މުޢިއްޒަށް ދިނުމަށް ގަރާރެއް ހުށަހެޅައިފި
2028 ގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ޕީއެންސީގެ ޓިކެޓް ރަސްމީކޮށް އެރުވުމަށް އެދި އެ ޕާޓީގެ މަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައި، އެކަމާ މެދު ގޮތެއް ނިންމުން ކުރިއަށް އެބައޮތެވެ.
17 Sep 2026
ހޫތީންނާ އެމެރިކާގެ އޮފިޝަލުންގެ ސިއްރު ބައްދަލުވުމެއް
ޔަމަނުގެ ހޫތީން އޮމާންގައި އެމެރިކާގެ އޮފިޝަލުންނާ މިދިޔަ ހަފުތާ ބަންދުގައި ބައްދަލުކޮށް، އެމެރިކާއާއި އިސްރާއީލުގެ އުޅަނދުތަކަށް ހަމަލާނުދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަސް މަސްދަރަކުން ހާމަކޮށްފިއެވެ.