24 Nov 2020 | 01:14
އިމްރާނަކީ އިލްމު އުނގެނިގެން ހުންނެވި މުނާފިގެއް: ޝިޔާމް

ހޯމް މިނިސްޓަރ އިމްރާން އަކީ ޢިލްމު ލިބިވަޑައިގެން ހުންނެވި މުނާފިގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ މިނިސްޓަރު އިމްރާން ގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ ބައެއް އިއްޒަތްތެރި މެމްބަރުން ވާހަކަ ދެއްކެވި އިރުގައި ހޯމް މިނިސްޓަރ އިމްރާނަކީ އިލްމުވެރިއެއް ކަމަށް ވިދާޅުވެ މަޖިލީހުގައި ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ. އަދި އެބޭފުޅާވެސް ގަބޫލުކުރައްވަނީ އެގޮތަށް ކަމަށާއި، ނަމަވެސް އެއީ އިލްމު އުނގެނިގެން ހުންނެވި މުނާފިގެއް ކަމަށެވެ.

"އަޅުގަނޑުވެސް ގަބޫލުކުރަނީ އެގޮތަށް. އިލްމު އުނގެނިގެން ހުންނެވި މުނާފިގެއްގެ ގޮތުގައި މިއަދު އަޅުގަނޑަށް އިމްރާން ސިފަވަނީ." ޝިޔާމް ވިދާޅުވި އެވެ.

އިމްރާން ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވަނީ، ހުޅުމާލޭ ފަޅުތެރޭގައި އަަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ އަދި/ނުވަތަ ރޭޕްކުރަން އުޅުނު މައްސަލައާއި ގުޅިގެން ރޭޑިއޯ ޕްރޮގްރާމެއްގައި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ދެއްކެވި ވާހަކަތަކުގެ މައްޗަށް ރިއާޔަތްކޮށެވެ.

މީގެ އިތުރުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި މައްސަލައާއި ގުޅޭގޮތުން މޭޑޭގައި ދެއްކި ލިޔުންތަކުގެ ވާހަކަ ފަހުން ދެއްެކެވި ގޮތުގެ ވާހަކަވެސް ވަނީ މަޖިލީހަށް ވެއްދި އިތުބާރުނެތްކަމުގެ މައްސަލައިގައި ހިމަނާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.