Advertisement

ސްކޫލް ދަރިވަރަކު އަންހެން ކުއްޖަކު ރޭޕްކުރިކަމަށް ބުނާ މައްސަލައެއް ބަލަނީ

02 Dec 2020 | 11:55

މާލޭގެ ސްކޫލެއްގެ ފިރިހެން ދަރިވަރަކު، އަންހެން ކުއްޖަކު ރޭޕްކުރިކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ.

މީސް މީޑިޔާގައި އިއްޔެ ފެންމަތިވި މި މައްސަލައިގައި އާންމުވެފައިވާ ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި އެ ފިރިހެންކުއްޖާ ވަނީ އަންހެން ކުއްޖަކު ރޭޕްކުރިކަމަށް އަމިއްލައަށް އިއުތިރާފްވެފައެވެ. އެނގިފައިގޮތުގައި މި ފިރިހެންކުއްޖާގެ އުމުރަކީ އެންމެ 14 އަހަރެވެ.

މިކަން މިހާރު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައެވެ. އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މިފަދަ މައްސަލަތައް ސީރިއަސްގޮތެއްގައި ނަގާކަމަށާއި، މިކަން މިނިސްޓްރީގެ ސަމާލުކަމަށް އައިފަހުން ކަމާގުޅޭ އޮފިޝަލުން އެކަން ބަލަމުންދާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

Advertisement

ކޮމެންޓް