13 Dec 2020 | 15:38
ދަރިން ގާތު ނުބުނަންވީ 10 ޖުމްލަ.

ގިނަފަހަރަށް ޤަބޫލުކުރެވިފައިވާ ގޮތުންނަމަ މައިންބަފައިންނަކީ އަބަދުވެސް ހެޔޮގޮތް އެނގޭ މީހުންނެވެ. އަދި އެމީހުން ދުވަހަކުވެސް ގޯސްގޮތަކަށް ކަންތަކެއް ނުކުރާނެއެވެ. ނަމަވެސް، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އަހަރެމެން މައިންބަފައިންނަށްވެސް ބައެއްފަހަރު ގޯސް ހެދޭކަމެވެ. ރުޅިއާދެވުމުން ބައެއްފަހަރަށް ބުނަން ނުވާއެއްޗެހި ބުނެލެވޭ ކަމެވެ. ވިސްނާލުން މުހިންމުވާ ޕޮއިންޓަކީ، މިއިން އެއްވެސް ޢިބާރާތަކީ އެ އެއްޗެއް ބުނުމަށްފަހު އަނބުރާ ގެނެވޭނެ ބަހެއް ނޫންކަމެވެ. ވީމާ، މިލިޔުމުގައި އެފަދަ ބައެއް ޢިބާރާތްތައް ހިމަނާލާނަމެވެ.

1. ބޮޑާނަހާކާ! ދެރަނުވެބަލަ / ރުޅިނާދެބަލަ! : އަހަރެމެން އެއްވެސް މީހަކީ އަމިއްލައަށް ކުރެވޭ އިޙްސާސްތައް ކޮންޓްރޯލް ކުރެވޭ ބައެއް ނޫނެވެ. އެހެންކަމުން ދަރިންނަށް އެ އިޙްސާސްތައް ނުކުރުމަށް ބުނުމުގެ ބަދަލުގައި އެ އިޙްސާސްތަކާއި އެކު އުޅެން ދަސްކޮށްދޭށެވެ.

2. ދަރިފުޅު މާ މޮޅުވާނެ ޒަލަފްއަށްވުރެ : ދަރިންނަށް ހިތްވަރުދިނުމަކީ އަހަރެމެން މައިންބަފައިންގެ ޒިންމާއެކެވެ. އެހެނަސް، އެހެން ކުދިންނާއި އަޅާކިޔުމަށް އެކުދިންނަށް ހިތްވަރުނުދޭށެވެ. ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ ޒާތުގައި ތަފާތު ކުއްޖެއްކަން ހަނދާނުގައި ބަހައްޓާށެވެ.

3. ދަރިފުޅާ. ނިކަން ޒަލަފްހެން އުޅެބަލަ! : މިއީ އަހަރެމެންގެ ތެރެއިން ވަރަށްގިނަ މައިންބަފައިން އެމީހުންގެ ދަރިންނަށް ބުނެއުޅޭ ޢިބާރާތެކެވެ. ކުރިން ބުނިހެން ކޮންމެކުއްޖަކީވެސް ތަފާތުކުއްޖެކެވެ. އެކުދިންނަށް ދަސްކޮށްދޭންޖެހޭނީ އެހެން މީހުންނާ ވާދަކުރުމަކަށް ނޫނެވެ. އޭގެ ބަދަލުގައި އެކުއްޖެއްގެ އަމިއްލަ ނަފްސު ކުރިއަރުވައި، އެކުއްޖެއްގެ ފެންވަރުން ކަންތައްތައް ކުރުމަށް ބާރުއަޅާށެވެ.

4. ދަރިފުޅު ބޭނުން ކޮންމެ ގޮތެއް މަންމަ/ބައްޕަ އަށް އޯކޭ: ދަރިންނަށް ކަންކަމުގައި ވަކި ޢުޞޫލުތަކަކާއި އިން ތަކެއް ކަނޑައަޅާފައި ބޭއްވުމަކީ ވަރަށް މުހިންމުކަމެކެވެ. އެއީ ކުދިން ތަރުބިއްޔަތުކުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭ އެއްކަންތައްވެސް މެއެވެ. އެކުދިންނަށް ކޮންމެކަމެއްގައިވެސް ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް ކިޔާދޭށެވެ. އަދި އެކުދިން އެގޮތުގައި ހިފަހައްޓާތޯ ބަލައި، އެކަމަށް އާދަކުރުވާށެވެ.

5. މަންމަ/ބައްޕަ އޭރުވެސް ބުނީމެއްނު! : ކުދިން ކުރާ ނުރަނގަޅު ކަންތައްތަކުން އެކުދިންނަށް ފިލާވަޅެއް ދަސްވެގެންދާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. އެހެނަސް އެވާހަކަތައް ތަކުރާރު ނުކުރާށެވެ.

6. ހޫނ. މިހާރު ކިހިނެއްވީ؟ : މިފަދަ ފޫހިރާގުތަކުން ދަރިންނާއި މުޚާޠަބުނުކުރާށެވެ. އެކުދިންނަކީ ޚާއްޞަބައެކެވެ. އެކުދިންގެ ސުވާލުތަކަށް / ބޭނުންތަކަށް ދޭންވާވަރަށް ސަމާލުކަން ދޭށެވެ. ބިޒީ ވަގުތެއްނަމަ ފަހުން އެކަމަށް ވަގުތުވުމުން އެކުދިންނަށް އެކަންތައް ކޮށްދޭނެކަމަށް ބުނާށެވެ. އެހެނީ އެކުދިންނަށް ތިބާއީ އެންމެ ގާތް ފަރާތެވެ. ކުދިންނަށް ދޭންވާ ސަމާލުކަން ނުދީފިނަމަ އެކުދިން ތިބާއަށްވުރެން އެހެން މީހުންނަށް އިސްކަންދޭން ފަށާނެއެވެ.

7. ކުޑަކުއްޖެއްހެން ނޫޅެބަލަ! : ދަރިންގެ މިޒާޖަށާއި އުޅުމަށް އަންނަ ބަދަލުތައް ފާހަގަކުރާށެވެ. އެކުދިން ފަހަރެއްގައި ކަމަކާ ބިރުގެންފައި ހުރެދާނެއެވެ. ކަމަކާ ހިތް ނުތަނަވަސްވެފައި ހުރެދާނެއެވެ. އެފަދަ ވަގުތުގައި ބޭނުންވާނީ އެ އިޙުސާސްތައް ދެނެގަނެ، އެކަމުގައި އެހީތެރިވެދޭނެ މީހެކެވެ. މިފަދަ ޢިބާރާތްތައް ބޭނުންކުރާނަމަ ދަރިން މައިންބަފައިންނަށް ކަންކަން ސިއްރުކުރަން ފަށާނެއެވެ.

8. ދެން ނުރޮއި ހުއްޓާލަބަލަ. އެއީ އެވަރުކަމެއްވެސް ނޫނެއްނު! : ފަހަރުގައި ދަރިފުޅުގެ އެންމެ މަޤުބޫލު ކުޅޭ ކާރު ހަލާކުވުމަކީ ތިބާއަށް އެހާ ބޮޑުކަމަކަށް ނުވެދާނެއެވެ. އެހެނަސް އެކުއްޖާއަށް އެއިން ކުރާ އަސަރު ތަފާތުވާނެއެވެ. މިއީ ވަރަށް ގިނަފަހަރު އަހަރެމެންނަށް ވަރަށް ކުޑަކުޑަކަމެއްގެ ގޮތުގައި ދެކެވޭ ކަމެކެވެ. ކުދިންގެ މިފަދަ ވާހަކަތައް އަޑުއަހާށެވެ. އެއީ ކިތަންމެ ކުޑަކުޑަކަމެއް ކަމުގައި ވިޔަސްހެވެވެ. އޭރުން އެކުދިން ތިބާއަށް އިތުބާރުކުރާނެއެވެ.

9. ގިނައިން އައިސްކްރީމް ކަންޏާ ފަލަވާނެ! : މިއީ ޙަޤީޤަތުގައި ތެދަކަށް ވެދާނެއެވެ. އެހެނަސް، ދަރިންނަށް އެކުދިންގެ ހަށިގަނޑުގެ ބައްޓަމާއިމެދު ކޮމެންޓުކުރުމުގެ ބަދަލުގައި އެހެން ގޮތަކަށް އެވާހަކަ ދައްކާށެވެ.

10. މިއަދު ދަރިފުޅު ހާދަމޮޅޭ! ދެންފަހަރަކުން ވާނެ ދެ ގޯލް ޖަހަން! : ދަރިންގެ ކާމިޔާބީ ފާހަގަ ކުރާށެވެ. އޭގެ ބަދަލުގައި އިތުރު ކަންކަމަށް އެކުދިންނަށް ޕްރެޝަރ ނުކުރާށެވެ.

މަސްދަރު: އިންޓަލިޖަންޓް ޑޮޓް ކޮމް / ފޮޓޯ ކްރެޑިޓް: ގޫގްލް ފޮޓޯސް


ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.