23 Dec 2020 | 14:42
ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ގަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއް ނެތް: ރައީސް މައުމޫން

ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ގަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއް ނެތްކަމަށް ކުރީގެ ރައީސް އަލްެއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޒިނޭކޮށްގެން ދަރިއަކު ލިބޭ ހާލަތުގައި ދަރިފުޅުގެ ބައްޕަ ސާބިތުކުރުމުގައި ޑީއެންއޭ ޓެސްޓް ހެދުމަކީ ހުއްދަ ނޫން ހަރާމްކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައެޅި ނިންމުމުގެ މައްޗަށް ރިއާޔަތްކޮށް، ހައިކޯޓުން ކުރި ހުކުމެއްގެ މައްސަލައިގެ މައްޗަށް ކުރެއްވި ޓްވީޓެއްގައެވެ.

ހައިކޯޓުގެ މި ހުކުމަށް ބައެއް ފަރާތްތަކުން ދަނީ ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިކުރުވަމުންނެވެ. އެގޮތުން މިއީ ޝަރުއީގޮތުން މައްސަލައެއް ނެތް ހުކުމެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، މިއީ އަންހެނުންނަށް ނިކަމެތިކަން ލިބިދޭ ފަދަ ހުކުމެއްކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މި ހުކުމާއި އެކު ފަތުވާ މަޖިލީހާއި ހައިކޯޓަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

މި މައްސަލައާ ގުޅޭގޮތުން ކުރީގެ ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކަމެއް ދެނެގަނެވޭނެގޮތް ޝަރްއުގައި އަންގަވާފައިއޮތުމަކީ އެ ނޫން ގޮތަކަށް އެކަން ދެނެގަތުން މަނާކުރާކަމެއް ނޫންކަމަށެވެ. އެގޮތުން އިރު ހިނގާގޮތް ބަލައިގެން ނަމާދު ވަގުތުތައް ދެނެގަންނާނެގޮތް ސުންނަތުން އެނގެން އޮތް ނަމަވެސް މިހާރު ނަމާދު ވަގުތު ބަލަނީ ފަލަކީ ހިސާބުންކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުގައިވާނަމަ ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ޤަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއްނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފިންގަރޕްރިންޓް ފަދަ ސައިންޓިފިކް ދަލީލުތައްވެސް ޤަރީނާގެގޮތުގައި ޝަރީއަތުން ބަލައިގަންނަކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ