މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ހެލްތް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބޭފުޅުން.. ފޮޓޯ؛ މަޖިލިސް
ހަބަރު
18 Aug 2025 | 15:12
އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭންޖެހޭ ބޭހެއް އެތެރެނުކުރެވި އެތައް ދުވަހެއް

މަސްތުވާތަކެތީގެ ޤާނޫނު އޮތްގޮތުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ ވަރަށް މުހިއްމު ބޭހެއް އެތެރެ ނުކުރެވޭކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކޮށްފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޤާނޫނީ ގޮތުން ލިބިދޭންޖެހޭ އިނާޔަތްތައް ލިބުމުގައި އިހުމާލުވެފައިވާތީ އެކަމާ ގުޅިގެން ހުށަހަޅާފައިވާ ޕެޓިޝަންއާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ވަނީ މިނިސްޓްރީ އޮފް ހެލްތް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކޮށްފައެވެ.

މި ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެމްއެފްޑީއޭގެ ސީނިއާ ފާމަސިސްޓް އައިޝަތު ޖަލީލާ ވަނީ އޭޑިއެޗްޑީ ހުންނަ ކުދިން ބޭނުންކުރާ ވަރަށް މުހިއްމު ބޭހެއް ރާއްޖެ އެތެރެނުކުރެވޭކަން ފާހަގަކުރައްވާފައެވެ. އެ ބޭހަކީ މިތައިލްފެނިޑޭޓް އެވެ. ޖަލީލާ ވިދާޅުވީ އެ ބޭސް އެތެރެނުކުރެވެނީ މަސްތުވާތަކެތީގެ ޤާނޫނުގެ ޖަދުވަލްގެ މާއްދާއެއްގައި ރާއްޖެ އެތެރެކުރުން މަނާ ބާވަތެއްގެ ގޮތުގައި އޮންނާތީއެވެ. ނަމަވެސް އެ މާއްދާއަށް އިސްލާހް ގެނައުމަށް ޤާނޫނުހަދާ މަޖީލަށް މިދިޔަ ޖުލައިމަހު ހުށަހަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ބޭސް ނުލިބޭ ކަމަށް ކަމުގެ ޝަކުވާ އެބަ އޮތް ވަރަށް ބޮޑަށް. ޕޭޝަންޓުންގެ ސައިޑުން ވެސް އަދި ޑޮކްޓަރުންގެ ފަރާތުން ވެސް އަޅުގަނޑުމެންނަށް ލިބެމުންދާ ޝަކުވާއެއް. މިތައިލްފެނިޑޭޓް އޭޑިއެސްޓްރީގެ ފަސް ލައިން ޓްރީޓްމަންޓް ގެ ގޮތުގައި ބޭނުންކުރަން ސައިންޓިފިކް ޕްރޫވަން ހަމަ ރަނގަޅު މެޑިސިނެއް

ޖަލީލާ ވިދާޅުވިއެވެ

ޖަލީލާ ވިދާޅުވީ އެ ބޭހަކީ ރާއްޖޭގެ އަސާސީ ބޭސްތަކުގެ ލިސްޓްގައިވެސް ހިމަނާފައިވާ ބޭހެއްކަމަށެވެ. މިތައިލްފެނިޑޭޓް ނުލިބޭކަމުގެ ޝަކުވާ ވަރަށް ގިނަ ޕޭޝަންޓުންގެ ފަރާތުން އަންނަކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެ ބޭހުގެ އިތުރުންވެސް ހާއްސައެހީއަށް ބޭނުންވާ ބައެއް އެހެނިހެން ބޭސްތައްވެސް ނުލިބޭކަން ފާހަގަކުރެވިފައިވާކަަށެވެ. 

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭންޖެހޭ ބައެއްކަހަލަ ބޭސްތައް ރާއްޖެއިން ނުލިބޭ މައްސަލައަކީ އެފަދަ ފަރާތްތަކުގެ ބެލެނިވެރިން ފާހަގަކުރަމުން އަންނަ ޝަކުވާ ބޮޑު މައްސަލައެކެވެ. އެފަދަ ބޭސްތައް ނުލިބުމުގެ ހާއްސަ އެހީއަށް ބޭނުންވާ ބައެއް ފަރާތްތަކަށް ދޭންޖެހެނީ، އެއާ އެއްފަދަ އެހެން ބޭސްތައްކެވެ. އެކަމުގެ ސަބަބުން އެފަދަ ކުދިން ބެލެހެއްޓުމުގައި އާއިލާތަކަށް އިތުރު ތަކްލީފްތަކެއް ކުރިމަތިވެއެވެ. އޭގެ ތެރޭގައި އެފަދަ ފަރާތްތަކުގެ އުޅުމަށް އަންނަ ބަދަލުތައް ފާހަގަކޮށްލެވެއެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ބައެއްކަހަލަ ބޭސްތައް ރާއްޖެއިން ނުލިބޭތީވެ، އެފަދަ ބައެއް ބޭސްތައް ގެންނަނީ ރާއްޖެއިން ބޭރުންނެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބައެއް ކަހަލަ ބޭސްތައް ރާއްޖެއިން ލިބުން ދަތިވިނަމަވެސް، އެސްޓީއޯއިން އެފަރާތްތަކަށް ބޭނުންވާ ބޭސްތައް ގެނެސްދޭކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ހުށަހެޅުން ޓްރަމްޕް ގަބޫލެއް ނުކުރި
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕްގެ މި ނިންމުން ފާހަގަކުރައްވަމުން، ޓްރަމްޕަކީ މީގެ ކުރިންވެސް އެކި ފަހަރު އެކި ގޮތަށް، ދެކޮޅުނުޖެހޭ ވާހަކަ ދައްކާ މީހެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް އެމެރިކާގެ ރަސްމީ ބަސް ލިބުމުން، އޭގެ މައްޗަށް ބިނާކޮށް އީރާނުން ގޮތެއް ނިންމާނެ ކަމަށެވެ.
27 Sep 2026
"މުސްތަޤުބަލު ބިނާކުރުމަށް މަތީ ސާނަވީ އިމްތިޙާނަކީ މުހިއްމު މަރުޙަލާއެއް"
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު މިއަދު ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މިއަހަރު އެ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެކުދިންގެ ޢާއިލާތަކަށާއި މަދުރަސާތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާފައެވެ.
27 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސް އޮފީހުން ބުނީ މިއީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އެހެންކަމުން ދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
27 Sep 2026
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ އެއްވުން ކުލަގަދަކޮށް ބާއްވައިފި
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ ދުވަސް ފާހަގަކުރުމާއި، މި އަހަރު ކާމިޔާބުކަމާއެކު ބޭއްވުނު "ބްލައިންޑް ފޯލްޑް ރަން" ގެ ކާމިޔާބީ ފާހަގަކޮށް، އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަ އަހަރީ އެއްވުމެއް ބާއްވައިފިއެވެ. މިއީ މިފަދަ އެއްވުމެއް އެ ކްލަބުން ބޭއްވި 5 ވަނަ އަހަރެވެ.
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.