ކަމާބެހޭ އިދާރާތަކާއެކު ނެކްސިއާއިން ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: ނެކްސިއާ
ހަބަރު
18 Aug 2025 | 18:16
ޤައުމީ ތަރައްޤީގެ ރިޕޯޓް ފަރުމާކުރާނޭ ގޮތުގެ ތަސައްވުރު ސްޓޭކް ހޯލްޑަރުންނާ ހިއްސާކޮށްފި

ދިވެހިރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާމުގުގެ މަސައްކަތް ފެށުމުގެ ގޮތުން އިންސެޕްޝަން ރިޕޯޓް ކަމާބެހޭ  ސްޓޭކްހޯލްޑަރުންނާ ނެކްސިއާ އިން ހިއްސާކޮށްފިއެވެ.

އުމަރު ޒާހިރު ބިލްޑިންގައި އިއްޔެ ކުރިއަށްދިޔަ ބައްދަލުވުމުގައި ނެޝަނަލް ޑެވެލޮޕްމަންޓް ޕްލޭން ޕްރޮޖެކްޓްގެ ޓީމްގެ ލީޑަރު ހާމިދު ސޯދިގު ވަނީ ނެޝަނަލް ޑެވެލޮޕްމަންޓް ޕްލޭން އެކުލަވާލުމަށް މަސައްކަތް ރާވާފައިވާ ގޮތާއި ސްޓޭކްހޯލްޑާރ އެންގޭޖްމަންޓް ސްޓްރެޓެޖީ ހުށަހަޅާ ދެއްވައި އިންސެޕްޝަން ރިޕޯޓު ބައިވެރިންނާ ހިއްސާކޮށްފައެވެ. އަދި މި މަޝްރޫއުގައި މަސައްކަތް ކުރައްވާ ކޯ ގުރޫޕް ތައަރާފުކޮށްދެއްވާ މި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މެތޮޑޮލޮޖީ އަދި ސްޓޭކްހޯލްޑަރުންގެ ބައިވެރިވުން ހޯދުމުގެ މަސައްކަތް ރާވާފައިވާ ގޮތް ބައިވެރިންނާ ހިއްސާ ކުރެއްވިއެވެ.

ނެކްސިއާއިން ބުނީ، ގައުމީ ތަރައްގީގެ ޕްލޭންގެ އެކުލަވާލުމުގެ މަސައްކަތުގެ ދެވަނަ މަރުހަލާގެ ގޮތުގައި ކުރިއަށް ދާނީ މި ޕްލޭން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުން ކަމަށެވެ.

ކަމާބެހޭ އިދާރާތަކާއެކު ނެކްސިއާއިން ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: ނެކްސިއާ

މިއީ ރައްޔިތުންނާ ގާތުން އެމީހުންގެ ހިޔާލާއި މަޝްވަރާގެ މަތިން އެކުލަވާލާ ޕޮލޭނަކަށް ވާތީ މި ޕްލޭން އެކުލަވާލުމަށް ފަންނީ ބޭފުޅުންގެ ލަފަ އާއި، އާއްމުންގެ ހިޔާލާއި، ފޯކަސް ގުރޫޕް ޑިސްކަޝަންތައް އަދި ސްޓޭކްހޯލްޑާ ބައްދަލުވުންތައް ބާއްވާ މައުލޫމާތު އެއްކުރެވޭނެއެވެ. މި މައުލޫމާތުގެ އަލީގައި ޑޭޓާ ޕްރޮސެސް އަދި އެނަލިސިސް ހަދާ ފުރަތަމަ ޑްރާފްޓެއް އެކުލަަަވާލައި އޭގެ ފަހުން ތަޖުރިބާކާރުންގެ ލަފާ ހޯދައި މި ޕްލޭންގެ މަސައްކަތް ނިންމާލާ ކަމާބެހޭ އިދާރާ އަށް ހުށަހަޅާނޭކަމަށް ނެކްސިއާއިން ބުންޏެވެ.

ކަމާބެހޭ އިދާރާތަކާއެކު ނެކްސިއާއިން ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: ނެކްސިއާ

ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވި މިނިސްޓްރީތައް:

- މިނިސްޓްރ އޮފް ހެލްތް

- މިނިސްޓްރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން

- މިނިސްޓްރ އޮފ ސޯޝަލް އެންޑް ފެމިލ ޑެވެލޮޕްމަންޓް

- މިނިސްޓްރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އެންޑް ޓްރޭޑް

- މިނިސްޓްރ އޮފްސިޓީސ,ް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް

- މިނިސްޓްރ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރ އޮފް ފައިނޭންސް އެންޑް ޕެލޭނިންގ

ކަމާބެހޭ އިދާރާތަކާއެކު ނެކްސިއާއިން ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: ނެކްސިއާ

ޕްރޮޖެކްޓްގެ ގަވަނަންސް ސެޕްޝަލިސްޓްގެ ގޮތުގައި މަސައްކަތް ކުރަނީ ނަޝީތު ތޯހާ އެވެ. ނެކްސިއާއިން ބުނީ، ރާއްޖޭގެ އިގްތިސޯދ،ީ އިޖްތިމާއީ ،ގަވަނަންސް އަދި ތިމާވެއްޓަށް ރިއާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ގައުމުގެ ތަރައްގީ ދިގު މުއްދަތަކަށް ބައްޓަން ކުރުމަކީ ނެކްސިއާ އިން އެކުލަވާލާ ދިވެހިރާއްޖޭގެ 20 އަހަރުގެެ ޤައުމީ ތަރައްގީގެެ ޕްލޭންގެެ މައިގަނޑު ބޭނުންކަމަށެވެ.

ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ މި ޕްލޭނަކީ ރާއްޖޭގެ ތަރައްޤީގެ ކުރިމަގަށް ކުރެވޭނެ ފައިދާހުރި އަދި ބިނާކުރަނިވި މަސައްކަތަކަށް ވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ހުށަހެޅުން ޓްރަމްޕް ގަބޫލެއް ނުކުރި
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕްގެ މި ނިންމުން ފާހަގަކުރައްވަމުން، ޓްރަމްޕަކީ މީގެ ކުރިންވެސް އެކި ފަހަރު އެކި ގޮތަށް، ދެކޮޅުނުޖެހޭ ވާހަކަ ދައްކާ މީހެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް އެމެރިކާގެ ރަސްމީ ބަސް ލިބުމުން، އޭގެ މައްޗަށް ބިނާކޮށް އީރާނުން ގޮތެއް ނިންމާނެ ކަމަށެވެ.
27 Sep 2026
"މުސްތަޤުބަލު ބިނާކުރުމަށް މަތީ ސާނަވީ އިމްތިޙާނަކީ މުހިއްމު މަރުޙަލާއެއް"
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު މިއަދު ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މިއަހަރު އެ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެކުދިންގެ ޢާއިލާތަކަށާއި މަދުރަސާތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާފައެވެ.
27 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސް އޮފީހުން ބުނީ މިއީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އެހެންކަމުން ދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
27 Sep 2026
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ އެއްވުން ކުލަގަދަކޮށް ބާއްވައިފި
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ ދުވަސް ފާހަގަކުރުމާއި، މި އަހަރު ކާމިޔާބުކަމާއެކު ބޭއްވުނު "ބްލައިންޑް ފޯލްޑް ރަން" ގެ ކާމިޔާބީ ފާހަގަކޮށް، އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަ އަހަރީ އެއްވުމެއް ބާއްވައިފިއެވެ. މިއީ މިފަދަ އެއްވުމެއް އެ ކްލަބުން ބޭއްވި 5 ވަނަ އަހަރެވެ.
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.