04 Jan 2021 | 17:07
ރާއްޖޭގެ ސިޔާސީ މައިދާނުގައި އިސްލާހްކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި: އަނާރާ

ރާއްޖޭގެ ސިޔާސީ މައިދާނުގައި އިސްލާޙްކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

އަނާރާ މިހެން ވިދާޅުވީ، އަދާލަތު ޕާޓީ އިން މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން މީޑިއާގައި ގިނަ ފާޑުކިޔުން އަމާޒުވެފައިވާ މިދަނޑިވަޅުގައެވެ.

ވަކިބަޔަކަށް ނިސްބަތްނުކޮށް ޓްވިޓްކުރައްވަމުން އަނާރާ ވިދާޅުވީ، ސިޔާސީ މައިދާނުގައި އިސްލާޙްކުރަންޖެހޭ މުޙިންމު ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި، އެކަންކަން ދިރާސާ ކުރާނެ ކަމަށެވެ.

"ލިބުނު ތަޖުރިބާގެ ޢަލީގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ޢިސްލާހްކުރަންޖެހޭ މުޙިންމު ކަންތައްތަކެއް ފާހަގަކުރެވުނެވެ.އެކަންކަން ދިރާސާ ކުރާނަމެވެ.އުންމީދަކީ އިސްލާޙީ ހެޔޮބަދަލުތަކެއް އައުމެވެ." އަނާރާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މި ޓްވީޓަށް ރައްދުދެއްވަމުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޢަރީފް ވިދާޅުވީ،އަދުލު އިންސާފާއި ހަމަހަމަކަ،މާއި، ލަދުޙަޔާތުގެ ޒައްރެއްގެ މިންވަރުވެސް ވެރީންގެ ކިބައިން ފެނިނުލައްވާ ކަމަށާއި މިޤައުމުގައި ހުރި މައްސަލަތައް ޙައްލުކުރުމަށް އެންމެ ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ ވެރިން އިސްލާހް ކުރުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Jul 2026
އެމެޒޯންއިން ކަސްޓަމަރުންނަށް އޮޅުވާލިކަމަށް ބުނެ ދައުވާކޮށްފި
އޭސީސީސީން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، ނޮވެމްބަރު 2023 އާއި އޯގަސްޓް 2025 އާ ދެމެދު އެއް މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނާއެކު އެމެޒޯންއިން ވެފައިވާ އެއްބަސްވުންތަކުގައި ކަސްޓަމަރުންނަށް ގެއްލުންވާ ފަދަ އުސޫލުތަކެއް ހިމަނާފައިވެއެވެ. މިކަމުގެ ސަބަބުން ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނާ އެމެޒޯންއިން ޚިލާފުވެފައިވާ ކަމަށް އެ ކޮމިޝަނުން ތުހުމަތުކުރެއެވެ.
02 Jul 2026
ނޭވާ ހިފަހައްޓާލަން ޖެހުނު 75 މިނެޓަށްފަހު، އިނގިރޭސިން ގަދަ 16 އަށް
ވަރލްޑްކަޕް ގަދަ 16 ގައި އިނގިރޭސިން ނިކުންނާނީ މުބާރާތް ބާއްވާ އެއް ޤައުމުކަމަށްވާ މެކްސިކޯއާ ދެކޮޅަށެވެ. މިމެޗް ކުޅޭނީވެސް މެކްސިކޯ ސިޓީގައެވެ
02 Jul 2026
ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ އެއްކޮށް އަނދައިފި؛ ފަސް މީހަކަށް ފަރުވާދެނީ
ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ ދިރިނުއުޅެވޭ ވަރަށް އަނދައިފިއެވެ. މި ހާދިސާއާ ގުޅިގެން 5 މީހަކަށް ފަރުވާދެމުންދާއިރު އެކެއްގެ އަތާއި ފައިގެ 12 އިންސައްތަ ވަނީ ފިހިފައެވެ.
01 Jul 2026
އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަންކޮށްފި
އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު ޝަކީލް އައްޔަނުކުރައްވާފައިވާ ކަމަށެވެ.
01 Jul 2026
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި އެވެ.
01 Jul 2026
ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ފޯމިއުލާ 1 ބަލާލަންދިއުމުގެ ފުރުސަތު
މި ޕްރޮމޯޝަން ކުރިއަށްދާނީ މިހިނގާ ޖުލައިމަހުގެ ނިޔަލަށް
01 Jul 2026
އެންސްޕާގެ އައްޑޫ އޮފީހުގައި ކޯލް ސެންޓަރެއް ގާއިމުކޮށް ހިދުމަތް ފަށައިފި
އެންސްޕާ އައްޑޫ އޮފީހުގައި ކޯލް ސެންޓަރުގެ ހިދުމަތް ފެށުމާއެކު އައްޑޫގައި އެންސްޕާ އިން ހިދުމަތް ދެމުންދާ ގަޑިތައް ވަނީ އިތުރުކޮށްފަ އެވެ.
01 Jul 2026
މޭރީގެ މަރުގެ މައްސަލަ: ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށް
ހަލީމަތުގެ މައްޗަށް އުފުލި ދައުވާތައް ވެސް ސާބިތުވާ ކަމަށް ކަނޑައެޅި އެވެ. އޭނާއޭނާގެ މައްޗަށް އައީ 15 އަހަރުގެ ޖަލު ހުކުމެކެވެ.