15 Jan 2021 | 07:28
ކަނބާއައިސާ ރަނި ހިނގުމުގެ ކާމިޔާބަށް ފަސްއެޅި ފޮޓޯ ގަނޑު! ހަޤީގަތަކީ ކޮބާ؟

މާލެ ސިޓީ ކައުންސިލާއި ރޯޑް ކޯޕަރޭޝަން ގުޅިގެން ހިންގާ މާލެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން ކަނބާއައިސާ ރަނި ހިނގުން ޒަމާނީ ފެންވަރަށް ބަދަލުކުރިފަހުން ވެހުނު ބޯވާރޭގައި އެ މަގުގައި ފެންބޮޑު ނުވުން ވެގެންދިޔައީ ސަރުކާރު ދިފާއުކުރަމުން އައި ފަރާތްތަކަށް ސަރުކާރުގެ ތަރައްޤީ "ވިއްކުމަށް" ލިބުނު ރަނުގެ ފުރުސަތަކަށެވެ.

ކަނބާއައިސާ ރަނި ހިނގުން މަގަކީ ޒަމާނަށްސުރެން ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވެފައިވާ މަގެކެވެ. މިމަގު އަލުން ހަދައި ނިންމުމަށްފަހު އިއްޔެ ވެގެންދިޔައީ މިމަގު އަޖުމަބަލާލަން ރައްޔިތުންނަށް ލިބުނު ފުރުސަތަކަށެވެ.

އާއެކެވެ. ކުރިން ބޮޑުވާ ވަރާއި ގާތަށްވެސް ފެންބޮޑުވެފައިނެތެވެ. ވާރެއަށްފަހު ދެން ފެނިގެން ދިޔައީ ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ކުރީ ސަރުކާރުން "މުއިއްޒު" ވިފަދައިން މަގުގައި ފެންބޮޑު ނުވާނެކަމަށްބުނެ ސިޓީ ކައުންސިލާއި އެމްއާރޑީގެ އިސްވެރިންނަށް ސަނާކިޔަންފެށިތަނެވެ. އެހާރާއި މިހާރުގެ ފޮޓޯތަކާއެކުއެވެ. ފޮޓޯތަކުން މަގު ތެއްވުމުގެ އިތުރަށް ފެނުގެ އަސަރެއް މަގުން ފެންނާކަށްނެތެވެ.

އެއާއެކު މިއަދު ސޯޝަލް މީޑިއާއަށް ތިލަވެފައިމިވަނީ ކަނބާއައިސާ ރަނި ހިނގުން ޒަމާނީ ފެންވަރަށް މި ސަރުކާރުން ހެދުމަށްފަހު ވެސް ފެންބޮޑުވެފައިވާ މަންޒަރުގެ ފޮޓޯއެވެ. މިވީ ކިހިނެއްހެއްޔެވެ؟ މި ސަރުކާރުގެ މަގު ޕޮރޮޖެކްޓްވެސް މުއިއްޒުވީތޯއެވެ؟

ސިޓީ ކައުންސިލްގެ އިސްވެރިންނާއި، ޑެޕިއުޓީ މޭޔަރުވެސް މިއަދު ފެނިގެންދަނީ މި މައްސަލާގައި ދިފާއަށް ކުޅުއްވާ މަންޒަރެވެ. ސިޓީ ކައުންސިލްގެ އޮފިޝަލް އަމްނާ ސަތް މި ފޮޓޯ އެޑިޓެއްކަމަށް ތުހުމަތުކުރާއިރު އެކަމުގެ ހުއްޖަތެއްކަމަށް ދައްކާފައިވަނީ ފޮޓޯއިން މަގުގައި ޕާކުކޮށްފައިވާ ކާރު ނުފެންނާތީއެވެ. ބޮޑު ފެންގަނޑެއް އެޑިޓްކުރިފަރާތައް ކާރެއް އެޑިޑްކޮށްލާފައި ފޮޓޯއަށްލުން ދަތިކަމަކަށްވީތޯއެވެ؟ ނޫނީ ސަރުކާރުގެ އިޤްތިސާދަށް އެންމެ ބޮޑަށް ލާރި ވައްދާ "ޓްރެފިކް ޖޫރިމަނާގެ" ސަބަބުން ކާރާއި ސައިކަލް ޕާކުނުނަތީތޯއެވެ؟ ހުސްވެސް ސުވާލެވެ.

ކަނބާއައިސާ ރަނި ހިނގުމުގައި ފެންބޮޑުވެފައި ވަނިކޮށް ނަގާފައިވާ ފޮޓޯ އަކީ އިއްޔެގެ ފޮޓޯއެއް ނޫން ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެފައިވާ އިރު މި މައްސަލައަކީ ފޮޓޯ ނެގި ދުވަހާއި ގުޅުން ހުރި މައްސަލައަކަށްވުރެން، ޒަމާނީ ފެންވަރަށް މަގު ހެދުމަށްފަހު ފެންބޮޑުވި ބޮޑުވުން މައްސަލައަކަށްވުންކަން މޭޔަރަށް ނޭގުމަކީ މި މައްސަލާގައި ރަޔިތުންނާއި ވެރިން މައްސަލަތަކުގައި ވިސްނާގޮތުގައި ހުރި ތަފާތުގެ ކުޑަ އަންދާޒާއެކެވެ.

"ތިޔަ ފޮޓޯގައި ހަމަ އެންމެ ސައިކަލެއް ވެސް ނެތް. ތީކީ އިއްޔެގެ ފޮޓޯއެއް ނޫން." ޝަމާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ކަށަވަރުވާ ކަމަކީ މިއީ ޒަމާނީ ފެންވަރަށް ހެދުމަށްފަހު ފެންބޮޑުވެފައިވާކަމެވެ. އެ ސަރަހައްދުގައި ދިރިއުޅޭ އެތައް ފަރާތަކުން "ވޮއިސް" އަށް ވަނީ މިކަން ކަށަވަރުކޮށްދީފައެެވެ.

މިކަމުގެ ހަޤީގަތައް ޖެހިލާނަމަ، ކަނބާއައިސާ ރަނި ހިނގުމުގައި މިހާރު ފެންބޮޑުނުވާނެކަމަށް ބުނުން ވާނީ ނާތަހުޒީބު ބުނުމަކަށެވެ. އިންޖިނިއަރިންގ އަދި އާބަން ޑިވެލޮޕްމަންޓްއިން ކުރިއަރާފައިވާ އިނގިރޭސި ވިލާތުގެ މަގުތައްވެސް "މުއިއްޒު" ވާތީ، ކަނބާއައިސާ ރަނި ހިނގުމުގައި ފެންބޮޑުނުވާކަމަށް ބުނެ ކުރާ ދައުވާއަކީ ސިޔާސީ މަޤާމްތަކުގައި ތިއްބަވައި އެބޭފުޅުން ކުރައްވާ ނާތަހުޒީބު ދައުވާއެކެވެ.

ކަނބާ އައިސަ ރަނި ހިނގުމުން ހިނދޭ ފެންގަނޑު

މަގު ވަނީ ޒަމާނީ ފެންވަރަށް ހެދިފައިކަމުންނާއި، ވަށައިގެން ވާ މަގުތަކުގެ މަސައްކަތްކުރުމަށް މަގުތައް ކޮނެފައިވުމުން ކަނބާއައިސާ ރަނި ހިނގުމުގައި ގިނަ އިރުވަންދެން ފެންބޮޑުވެފައި ހުންނާނެކަމަކަށް ބެލެވޭނެ ޖާގައެއްނެތެވެ. އެއީ މަގު ޒަމާނީ ވެގެން ފެންބޮޑު ނުވުމެކޭވެސް ބުނެވޭކަށް ނެތެވެ. މިވަގުތު ކަނބާއައިސާ ރަނި ހިނގުމުގައި ބޮޑުވާ ފެން ކައިރި މަގުތަކަށް އޮހޮރޭނެތީއެވެ.


ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓްގެ މަސައްކަތައް ބަލައިގަންނަން ޖެހެއެވެ. ނަމަވެސް މިއީ ފެންބޮޑުވާނެކަމަށް ބުނެ ޗެލެންޖްކުރަންވީ ވަގުތު ނޫންކަންވެސް ރައީސް ނަޝީދުގެ މި ބަސްކޮޅުން ދޭހަވެގެންދެއެވެ. "ވީ ކެނޮޓް ކަޓް އަ ޑީލްވިތް މަދާ ނޭޗާ"

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ