19 Jan 2021 | 07:47
ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނެތްކަމަށް ބުނެ އިދިކޮޅުން ހުށަހެޅި މައްސަލަ ކޯޓުން ބަލައިނުގަތް!

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމޮޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭކަމަށް ބުނެ އިދިކޮޅު ކޯލިޝަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނުބެލުމަށް ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން އެމައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވަން ދެޕާޓީގެ ލީޑާޝިޕްގައި ހިމެނޭ މެމްބަރުން ބައިވެރިވިއެވެ.އެގޮތުން ޕީޕީއެމްގެ ނައިބް ރައީސްއާއި މަޖިލީހުގެ މެމްބަރުންނާއި، ކޯލިޝަނާއި މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި އެޕާޓީގެ ރައީސް އަބްދުލްރަޙީމް އަބްދުﷲ ވަނީ ޤާނޫނީ ޓީމާއެކު ވަޑައިގެންފައެވެ.

މިއަދު ކޯޓަށް ވަޑައިގެންނެވި ޕީއެންސީގެ ނައިބް ރައީސް އިބްރާޙިމް ސުޖާޢު ވިދާޅުވީ، މިއަދު ކޯޓަށް ވެއްދި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލުމުން އެގިގެންދިޔައީ ދިވެހިރާއްޖޭގެ އިންސާފުގެ ދާއިރާގެ ހާލަތު އޮތް މިންވަރެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް، އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބްގައި ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭތީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލާފައިވާ ކަމަށެވެ.

އެމައްސަލަ ކޯޓުން ބަލައިނުގަތުމާއި ގުޅިގެން ޕީޕީއެމްގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު ވިދާޅުވީ، މައްސަލައެއް ކޯޓަށް ބަލައިނުގަންނަން ނިންމަންވާނީ، އެމައްސަލައިގައި ހިމެނޭ ލިޔެކިޔުންތަކާއި ވާޤިޢާތުތަކަށް ބެލުމަށް ފަހުގައިކަމަށެވެ. އަދި މިއީ ވާދަވެރި ސިޔާސީ ޙަރަކާތެއް ހިންގުމަށް އުނދަގޫ ދަނޑިވަޅެއް ނަމަވެސް ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ކުރިމަތިވެފައިނުވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jul 2026
އަޅުގަނޑުމެންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ، މިނިވަންކަން ދެމެހެއްޓުން
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
26 Jul 2026
ޕްރެޝަރު ބޮޑުވުމުން ފުލުހުން ބުނީ، ބްރިޖްގައި ސްޓަންޓް ޖެއްސި މީހުން ޖޫރިމަނާކުރިކަމަށް
އާއްމުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަން ފެށިތާ ގާތްގަނޑަކަށް ފަސް ގަޑިއިރުފަހުން ފުލުހުން ބުނެފައިވަނީ، ސްޓަންޓް ޖެއްސި މީހުން ޖޫރިމަނާ ކޮށްފައިވާކަމަށެވެ
25 Jul 2026
ސިނަމާލެ ބްރިޖްގައި ސްޓަންޓް ޖެއްސި ސައިކަލްތައް ފުލުހުން ޓޯކޮށްފި
ސައިކަލްތައް ޓޯކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ.
25 Jul 2026
އެއް ނަމްބަރު ސަރަހައްދަށް ދެން އަންނަން އޮތީ ކޮން ބަދަލެއް؟
25 Jul 2026
މިނިވަން ދުވަހާ ގުޅިގެން އުރީދޫއިން ހާއްސަ އޮފާތަކެއް
މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް އޮފާއަކީ "މިނިވަން 61 ޕެކް" ގެ ނަމުގައި ހުޅުވައިލި ޑޭޓާ ޕެކެވެ. މި ޕެކުގެ ދަށުން 61 ރުފިޔާ ދައްކައިގެން 24 ގަޑިއިރަށް 61 ޖީބީގެ ޑޭޓާ ލިބޭނެއެވެ
25 Jul 2026
އެޕޯލޯ ކްރިސްޓަލް ރެސިޑެންޓުގައި ރޯވި އަލިފާންގަނޑު ނިއްވާލީ ދޮރު ހަލާކުކޮށްލައިގެން ވަދެ
އަލިފާން ރޯވެ ދުން އަރަންފެށުމާއެކު، އާއްމުން އެކަން ރިޕޯޓްކުރުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުޓީމާއި ފުލުހުން ވަރަށް އަވަހަށް އެ ސަރަހައްދަށް އެޓެންޑްވި މަންޒަރު ވޮއިސްގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ
25 Jul 2026
އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށަނީ
25 Jul 2026
ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު ފާހަގަކުރެއްވީ، ރާއްޖޭގެ ތަރައްޤީއަށް ދެއްވާ އަހަމިއްޔަތުކަން
ބައްދަލުވުމުގައި ރައީސް ޑރ.މުއިއްޒު ވަނީ ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް، ޚާއްޞަކޮށް ދިވެހި ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައި