19 Jan 2021 | 21:56
ޝީރީންގެ މަރުގެ މައްސަލައިގައި ނަޖާހުގެ މައްޗަށް އިއްވި ހުކުމް އޭނާ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި

މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރެއިން 2009 ވަނަ އަހަރުގެ ތެރޭގައި މަރިޔަމް ޝީރީން މަރުވެފައި އޮއްވާ ފެނުނު މައްސަލައިގައި އޭނާގެ އޭރުގެ ލޯބިވެރިޔާ ލ. ކަޅައިދޫ އޯޝަންވިލާ، މުހައްމަދު ނަޖާހު 12 އަހަރަށް ޖަލަށްލުމަށް ހައިކޯޓުން ހުކުމް، އޭނާ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

ނަޖާހުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުނުވުމުން، އެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

އޭރު ނަޖާހުގެ މައްޗަށް މި ދައުވާ ސާބިތުނުވާކަމަށް ކްެރިމިނަލް ކޯޓުން ނިންމާފައިވަނީ ކުށް ސާބިތުވާނެ ވަރަށް ޝަރީއަތަށް ހެކި ހުށައަޅާފައި ނުވާކަމަށް ބުނެއެވެ. އެގޮތުން ޝީރީން މަރުވީ ގުދުރަތީ މަރަކުން ނޫންކަމަށް ޑޮކްޓަރުން ބުނެފައިވާއިރު، އެއީ ކިހިނެެއް ހިނގައިދިޔަ މަރެއްތޯ ބެލުމަށް ދައުލަތުން ކުރި ކަމެއް އެނގެން ނެތްކަމަށް ހައިކޯޓުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ދައުލަތުން އެ މައްސަލައިގައި ހުށައެޅި ވީޑިޔޯ އަދި އެ ވީޑިޔޯއިން ފެންނަ ފޮއްޓާއި އެ ފޮށިން ފެންނަ ޑީއެންއޭ ޕްރޮފައިލާއި ނަޖާހުގެ ޑީއެންެއޭ ޕްރޮފައިލާއި ދިމާވުން ނުފުދޭކަމަށްވެސް ވަނީ ބުނެފައެވެ.

ނަމަވެސް މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމަކީ ބާތިލް ހުކުމެއްކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ ކަނޑައަޅާފައެވެ. އަދި ހުށައެޅިފައިވާ ޤަތުއީ ގަރީނާތަކުން ގަތުލު ޝިބުހު އަމުދުގެ ކުށް ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ ތައުޒީރީ އަދަބެއްގެ ގޮތުން ނަޖާހު 12 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރުން ޝީރީންގެ ވާރިސުންގެ ފަރާތުން މަރުގެ ދިޔަ މާފު ނުކުރާހާ ހިނދަކު، ޝީރީންގެ މަރުގެ ދިޔައަކީ ނަޖާހު ނުވަތަ ނަޖާހުގެ އާއިލާއިން އަމިއްލައަށް ދޭންޖެހޭ ދިޔައެއްކަމަށް ވަނީ ކަނޑައަޅާފައެވެ. އެދިޔަ ލިބިގަތުމަށް ދަށުކޯޓުގައި ދައުވާކުރުމުގެ ހައްގު ޝީރީންގެ ވާރިސުންނަށް ލިބިގެންވާކަމަށްވެސް ހައިކޯޓުން ވަނީ ނިންމާފައެވެ.

އަދި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހަނދުމަހުގެ ދެމަސް ދުވަހުގެ ރޯދަ ހިފުމަކީ ނަޖާހު ކުޅަ ބޮޑު ފާފައިން ތައުބާވުމަށް އޮތްމަގެއްކަމަށް ވުމުން އެކަން ކުރުމަށްވެސް ހައިކޯޓުން ވަނީ ނަސޭހަތްތެރިވެފައެވެ.

މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރުމަށް ނަޖާހު ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ވަނީ ބަލައިގެންފައެވެ. އަދި މި އިސްތިއުނާފް މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 20ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ވަނީ ތާވަލްކޮށްފައެވެ. މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ތިއްބަވާނީ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ފުލުހުންގެ ތަހުގީގުން އޭރު ބުނިގޮތުގައި ނަޖާހު ވަނީ އޭނާ ދިރިއުޅެމުންދިޔަ މ.ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި ޝީރީން މަރާލުމަށްފަހު، އޭނާގެ ހަށިގަނޑު ކުރުގެޅުވުމަށްފަހު ފޮއްޓެއްގެ ތެރެއަށްލާ ޓެކްސީއަކަށް އެރުވުމަށްފަހު އޭރު ހަދަމުންދިޔަ މއ.އަންގާގިރިގޭގެ ތެރޭގައި ހުރި ކުނިތަކެއްގެ ތެރެއަށް ޝީރީންގެ ހަށިގަނޑު އެއްލާލާފައެވެ. އެއަށްފަހު އެ ފޮއްޓާއި އެކު އޭނާ ވަނީ ނިކުމެގެން ގޮސްފައެވެ. ހައިކޯޓުގެ ގަޟިއްޔާގައި ބުނެފައިވާ ގޮތުގައި މއ.އަންގާގިރިން ޝީރީންގެ ހަށިގަނޑު ފެނުމުން ފުލުހުން އެ ސަރަހައްދު ބަންދުކޮށްފައި އޮއްވާ ނަޖާހު ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. އަދި އެތަނުގައި ތިބި ބައެއްގެ ކައިރީގައި މީހަކު މަރުވެފައި އޮއްވާ ފެނުނީތޯ ސުވާލުކޮށް، ޖަވާބެއް ނުދިނުމުން މަރުވެފައި އޮތް މީހާ އޮތީ ދޮންދޮންކޮށްތޯވެސް ވަނީ އަހާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jul 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީލަންކާއިން ދެ ދިވެއްސަކު ހައްޔަރުކޮށްފި
ސްރީލަންކާގެ ނޫސްތަކުގައިވާގޮތުން މި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) ގެ ޚާއްޞަ އޮޕަރޭޝަނެއްގައި ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ
25 Jul 2026
މިނިވަންދުވަހުގެ ހަރަކާތްތަކަށް ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު ރާއްޖެއަށް
ޕްރިންސް ޑރ.މަންސޫރުގެ މި ދަތުރުފުޅަކީ ސަޢޫދީ ވަލީއަޙުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުން ކުރައްވާ ދަތުރުފުޅެކެވެ
24 Jul 2026
ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިޢުފާ ދެއްވައިފި
ޝަހާބުއްދީން އިސްތިއުފާދެއްވީ ސިއްހީ ހާލަތުހުރިގޮތުން މަގާމުގެ ޒިންމާ އަދާނުކުރެވޭތީކަމަށް އެމަނިކްފާނު ވަނީ ވިދާޅުވެފައި
24 Jul 2026
ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމައިލެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
24 Jul 2026
ނީޓް ދަރިވަރުންގެ ޢާއިލާތަކަށް ބަދަލުދޭން އިންޑިއާ ސަރުކާރުން އެއްބަސްވެއްޖެ
ނީޓް އިމްތިޙާނާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކަށް ޙައްލެއް ހޯދުމަށް ސަރުކާރާއި އިދިކޮޅު ސީޖޭޕީ ޕާޓީއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބި، ދަރިވަރުންގެ ބައެއް މައިގަނޑު ޑިމާންޑްތަކަށް ސަރުކާރުން އެއްބަސްވެއްޖެއެވެ.
24 Jul 2026
ޓްރާންސްޕޭރެންސީން ވަކިކުރީ މުވައްޒަފަކަށް 3.5 ލައްކަ ރުފިޔާދޭން އަންގައިފި
ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) ގައި މަސައްކަތްކުރި ސީނިއާ މުވައްޒަފެއް ކަމަށްވާ ޢަލީ ޝަރީފް، ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމި ނިންމުމާ އެއްގޮތަށް، އޭނާއަށް ލިބެންޖެހޭ 356,932 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އަމުރުކުރުމުން އެ ފައިސާ ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
24 Jul 2026
އިންޑިއާގެ "ކޮކްރޯޗް" ޕާޓީގެ ވެރީން ސަރުކާރާ މަޝްވަރާކޮށްފި
އެ މަޝްވަރާތައް ބޭއްވީ މުޒާހަރާތަކަށް ތާއީދުކޮށް 26 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ހުންނެވި އެކްޓިވިސްޓް ސޯނަމް ވާންގްޗުކް ހަޅުތާލު ހުއްޓައިލިތާ ގަޑިތަކެއް ފަހުގައެވެ. ނަމަވެސް ސީޖޭޕީން ބުނީ މަޝްވަރާތައް ކުރިއަށް ގެންދާ ކަމުގައި ވިޔަސް މުޅި ޤައުމުގައި ކުރަމުންދާ އިޙުތިޖާޖުތައް ހުއްޓައިނުލާނެ ކަމަށެވެ. ބައްދަލުވުމަށް ފަހު ސީޖޭޕީގެ ލީޑަރުން ބުނީ ސަރުކާރުން ހޮނިހިރު ދުވަހުގެ މެންދުރުފަހާ ހަމައަށް ޖަވާބު ދެއްވަން ވަގުތު ބޭނުންވާ ކަމަށް އެންގި ކަމަށެވެ.
24 Jul 2026
ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަތުން
ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ބުރަބޮޑުވެ، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އިތުރުވާ ވަގުތުތަކުގައި، ބައެއް ފަހަރު ވިސްނުން ފުސްވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ހާލަތަކަށް ދެވޭގޮތްވެއެވެ. މިއީ "ބްރެއިން ފޮގް“ އެވެ. މިއީ ވަކި ބައްޔެއް ނޫން ނަމަވެސް، ސަމާލުކަން ދިނުމާއި، ހަނދާން ބެހެއްޓުމާއި، ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން ހިމެނޭ ޞިއްޙީ ހާލަތެކެވެ.