27 Jan 2021 | 08:28
ޕާޓީތަކާއި ހަފްލާތައް ބޭއްވުންވެސް މަނާކޮށްފި

ކޮވިޑް-19 ގެ ކޭސްތައް އިތުރުވުމާއެކު ރޭ ހަރުކަށިކޮށްފައިވާ ފިޔަވަޅާއެކު މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން އަނެއްކާވެސް މަނާވެއްޖެއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ރޭ ނެރެފައިވާ އެންގުމެއްގައި ބުނީ މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މިހިނދުން ފެށިގެން މަނާކުރާ ކަމަށެވެ.

މާލެ ސަރަހައްދުގައި ޕާޓީއާއި ހަފްލާ ބޭއްވުމަށް ހުއްދަ ދެވިފައިވަނީ، މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ.

ޕާޓީތަކާއި ހަފްލާ ބޭއްވުމަށް ހުއްދަދެވުނު ފަހުން މިފަދަ ތަންތަނުން އުފެދޭ ކޮވިޑް-19 ކްލަސްޓާސްތަނީ އިތުރުވަމުންނެވެ. އެގޮތުން ދާދި ފަހުން މާލޭގައި ބޭއްވި ޕާޓީއެއްގެ ތެރެއިން 100 ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަވާއިރު އިއްޔެ ޕޮސިޓިވްވި ގިނަ ފަރާތްތަކެއްވެސް ޕޮސިޓިވް ވެފައިވަނީ މިފަދަ ހަފްލާއަކުންނެވެ.

ޕާޓީތަކާއި ހަފްލާބޭއްވުން ހުއްޓުވުމުގެ އިތުރުން ރެއިން ފެށިގެން ކޮންމެ ދުވަހެއްގެ ރޭގަނޑު 00:00 އިން ފެށިގެން ފަތިހު 04:30އާ ދެމެދު މާލޭ ސަރަހައްދުގައި ވެހިކަލްތަކާ އާންމުންނަށް މަގުމަތީގައި ނޫޅެވޭނެގޮތަށް ކާފިއު ވަނީ އިއުލާންކޮށްފައެވެ.

މީގެ އިތުރުން މިމަހުގެ 29ވަނަ ދުވަހުން ރާއްޖެއިން ބޭރުން އެތެރެވާ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން ދިހަ ދުވަހުގެ މުއްދަތަކަށް ކަރަންޓީންވާންޖެހޭނެއެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައްވެސް ކަރަންޓީންވާން ޖެހޭނެއެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 145 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ޕޮޒިޓިވްވި 93 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 14 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 36 މީހެއްގެ އިތުރުން ލިވްއަބޯޑްތަކުން ޕޮޒިޓިވްވި 2 މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 15،247 އަށް އަރާފައެވެ. މީގެ ތެރެއިން 93 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 13،916 އަށް އަރާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ޓްރަމްޕްގެ އަމުރަށް ތިން މީޑިއާއެއް ވައިޓް ހައުސްއަށް ނުވެއްދުމަށް ނިންމައިފި
މިކަމާ ގުޅިގެން ސީއެންއެން އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ނެޓްވޯކުން ގެނެސްދެނީ އިންސާފުވެރި އަދި ސީދާ ޚަބަރު ކަމަށާއި ސަރުކާރުގެ ފަރާތުން ހުރަހެއް ނެތި ޚަބަރު ގެނެސްދިނުމުގެ ޙައްޤު އެމެރިކާގެ ޤާނޫނުއަސާސީން ލިބިދޭ ކަމަށެވެ. ޕޮލިޓިކޯ އިން ބުނެފައިވަނީ އިޞްލާޙީ ޙައްޤު ދިފާޢުކުރާނޭ ކަމަށެވެ
19 Sep 2026
ހުމާއި ރޯގާ ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ބޭސް ބޭނުންކުރުމާ ގުޅޭ ގޮތުން އެޗްޕީއޭއިން ބުނެފައި ވަނީ ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް އަމިއްލައަށް ބޭނުންނުކުރުމަށެވެ. ތިން ދުވަހަށް ވުރެ ގިނައިން ހުން ދެމިހުންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އެދިފައިވެއެވެ
19 Sep 2026
ޣައްޒާގެ ކުދިންނަށް ދަތުރުކުރާ ސިނަމާގެ ޚިދުމަތް ފަށައިފި
ހަނގުރާމައިގައި ގެދޮރު ގެއްލިފައިވާ ކުދިންނަށް ނަފްސާނީ ލުޔެއް ހޯދައިދިނުމަށް "ލިޓްލް ވިންގްސް" ގެ ނަމުގައި މޯބައިލް ސިނަމާ މަޝްރޫޢެއް ފަށައި، 2026 ނިމުމުގެ ކުރިން ބައި މިލިއަނަށް ވުރެ ގިނަ ކުދިންނަށް ވާސިލުކުރުމަށް އަމާޒުހިފާފައެވެ
19 Sep 2026
ޓީ-ބިލް ދެއްކީ ބެންކުގައި ހުރި އާންމުންގެ ފައިސާއިން ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް: ފިނޭންސް
ފިނޭން މިނިސްޓްރީން ބުނީ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.