ބީއެމްއެލްގެ ކާޑްއިން ވިޔަފާރިކުރުމުން ބޮޑު އިނާމެއް ހޯދިދާނެ!

28 Jan 2021 | 17:36

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ޕްރޮމޯޝަނުގައި ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބިގެންދާނެއެވެ. މި ގޮތަށް 9 ހަފްތާގައި ނަސީބުވެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް 20،000 ރުފިޔާގެ ގިފްޓްކާޑެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަންގައި ހިމެނުމަށް ހަމަޖެހިފައިވަނީ ކާޑު ބޭނުންކޮށްގެން ކަސްޓަމަރުން ރާއްޖޭގައި ކުރާ ވިޔަފާރި މުއާމަލާތްތަކަށެވެ.

މި ޕްރޮމޯޝަން މާރިޗު މަހުގެ 28 ވަނަ ދުވަހާ ހަމަޔަށް ކުރިއަށް ދާނެއެވެ.

ނޯޓް: މި ޚަބަރު ބިނާވެފައިވަނީ ބޭންކް އޮފް މޯލްޑިވްސްއިން ފޮނުވި ޕްރެސް ރިލީސެއްގެ މައްޗަށެވެ.

Advertisement

ކޮމެންޓް

Advertisement