19 Feb 2021 | 15:30
ހިޔާ ފްލެޓް ދާއިމީ ލިސްޓުގައި ރަށްރަށުގައި ދިރިއުޅެމުންދާ އެތައްބައެއް!

ފެބުރުއަރީ 9 ވަނަ ދުވަހު ފްލެޓް ކޮމިޓީން އިޢުލާންކޮށްފައިވާ "ހިޔާ" މަޝްރޫއުގެ ދާއިމީ ލިސްޓުގައި ރަށްރަށުގައި ދިރިއުޅެމުން އަންނަ ގިނަ ފަރާތްތަކެއް ހިމެނިފައިވާކަން ހާމަވެއްޖެއެވެ.

ފްލެޓް މައްސަލާގައި ޙަރަކާތްތެރިވަމުން އަންނަ އާންމުއެކުވެރިންގެ ޖަމިއްޔާއާއި ވޮއިސް ގުޅިގެން ހިންގަމުން އަންނަ ކޮތަރުކޮށި ވައިބަރ ގްރޫޕް މެދުވެރިކޮށް ވޮއިސް އަށް މިފަދަ އެތައް ކޭހެއްގެ މަޢުލޫމާތު މިހާތަނަށް ލިބިފައިވާ އިރު ގިނަ ފަރާތްތަކަކީ ރަށުގައި ދިރިއުޅުމުގެ އިތުރުން ވަޒީފާވެސް ރަށުގައި އަދާކުރާ ފަރާތްތައްކަން ފާހަގަކޮށްލަންޖެހެއެވެ.

ވޮއިސް އިން ބެލި ބެލިލުމުގައި މިހާތަނަށް ގއ. ނިލަންދޫ، ލ. ފޮނަދޫ، ލ. ގަން، ގއ. ވިލިގިލީގައި ދިރިއުޅޭ ފަރާތްތަކަކަށް ފްލެޓް ވަނީ ލިބިފައެވެ.

ރަށްރަށުގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް ފްލެޓް ދީފައިވާ މައްސަލާގައި ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސަރުކާރުން އިޢުލާނުކޮށްފައިވާ ފްލެޓް ދާއިމީ ލިސްޓުން ވަނީ މާލޭގައި ގިނަ ދުވަސްވަންދެން ދިރިއުޅެފައިވާ ފަރާތްތައް ޙާލަތު ބަލަން ފްލެޓް ކޮމިޓީން ހަދާފައިވާ އުޞޫލުގެ ސަބަބުން ކަޓާފައެވެ. އޭގެ ތެރޭގައި މާލޭގައި ސާޅީސް އަހަރާއި، ތިރީސް އަހަރާއި އަދި ވިހި އަހަރުވަންދެން ދިރިއުޅެފައިވާ ފަރާތްތައް ހިމެނެއެވެ.

އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މިހާތަނަށްވެސް ބުނަމުން އަންނަނީ މިއީ އެންމެ އިންސާފުވެރިކޮށް ފްލެޓް ދެވިފައިވާ ފަހަރުކަމަށާއި، ފްލެޓް އެންމެނަށް ނުލިބުނީ އެޢަދަދަށް ފްލެޓް ނެތުމުންކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.