16 Feb 2021 | 21:42
މަލީހު ވިދާޅުވަނީ އިތުބާރުނެތްކަމުގެ މައްސަލައިގެ ނޯޓިސް އަނބުރާ ފޮނުވާލައްވާނެކަމަށް!

މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހް ޖަމާލުގެ މައްޗަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލަ އިތުރަށް ހޫނުވެއްޖެއެވެ.

އެގޮތުން ޤާނޫނުގައިވާ ގޮތުގެ މަތިން މި މައްސަލައިގައި ޖަވާބުދާރީވުމަށް މިއަދުގެ ވަގުތެއްގައި ވަނީ 14 ދުވަހުގެ ނޯޓިހެއް މަލީހަށް ފޮނުވާފައެވެ.

މިކަމާއި ގުޅިގެން މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޯޓިސް ލިބިވަޑައިގެންފައިވާ ކަމަށާއި "ކަމުދާކަށް ނެތް" ކަމަށެވެ. އެގޮތުން އިތުބާރުނެތްކަމުގެ މައްސަލައިގެ ޤަރާރު ތައްޔާރުކުރެއްވި މެންބަރު، މަޖިލީހުގެ 14 މެންބަރުންނަށް އޮަޅުވާލައްވާފައިވާ ކަމަށާއި އެކަމާ މެދު ސުލޫކީ ފިޔަވަޅު އަޅަންޖެހޭކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މިނިސްޓަރ މަލީހް އިތުރަށް ވިދާޅުވީ އެ ޤަރާރު ބާޠިލުކަމަށާއި، އޭގައި ހަމަނުޖެހޭ ދޮގު ވާހަކަ ހުރެ ނަންވެސް ދިމާނުވާ ކަމަށެވެ.

"ވަރަށް ބޮޑު ޤާނޫނީ މައްސަލަތަކެއް. މާދަމާ ނޯޓިސް އަނބުރާ ފޮނުވާލާނަން"، އެބޭފުޅާ ވިދާޅުވިއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނީ ޓެލެކޮމިއުނިކޭޝަން ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ކޮމިޔުނިކޭޝަންސް އޮތޯރިޓީ އިން ހަދަންޖެހޭއެއްވެސް ޤަވާޢިދެއް، މަޤާމުގައި ދެ އަހަރު ވީއިރުވެސް ހައްދަވާފައި ނުވާ ކަމަށްބުނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އިންޓަރނެޓްގެ ޚިދުމަތް ރަނގަޅު ނުވާ މައްސަލައިގައި މަލީހަށް އަބަދުވެސް އާންމުންގެ ފާޑުކިޔުމާއި ކުރިމަތިލައްވަން ވަނީ ޖެހިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.