08 Mar 2021 | 05:52
އާރާ 10

ގައިމަތީ ރަޖާގަނޑު އަޅަމުން އާރާ އޮށޯވެލިއެވެ. ރަނގަޅަށް އެނދުގައި ހަމަނުޖެހެވިގެން އުޅެނިކޮށް އަނެއްކާވެސް ކޮޓަރީގެ ބޮކި ނިވި ދިއްލުނެވެ. ދެތިން ފަހަރަކު ނިވި ދިއްލިލާފައި އެއްކޮށް ބޮކި ނިވުނެވެ. އާރާ ބިރުގަތްވަރުން ރޮވުނެވެ. އަޑުބެދުނެވެ. ހަމައެވަގުތު އޭނާގެ ދާދިކައިރީގައި މީހަކު އައިސް އިށީނެވެ. "އާރާ… މީ އިފްރާން އޭ" އިފްރާންގެ އަޑު ޖެހުމާއެކު އާރާ ތެދުވެ އެމީހާގެ ގައިގައި ބައްދާލިއެވެ. އަދި ކުރިއަށް ވުރެވެސް ބާރަށް ރޮވެންފެށިއެވެ. އަދި ގިސްލަމުން ޝަކުވާ ކުރަންފެށިއެވެ. "ހާ.. ހާދަ ލަހުން ތިއައީ.. އިފްރާން އާދޭތޯ އަހަރެން ވަރަށް އިންތިޒާރުކުރިން. ކިހިނެއްތަ މިވަނީ؟" އިފްރާން އާރާގެ ގައިގައި ބާރަށް ބައްދާލިއެވެ. އަދި ރުއިން ހުއްޓާލުމަށް އެދުނެވެ. އާރާ ހަމައަކަށް އެޅެންދެން އިފްރާން އެއްވެސް އެއްޗެއް ނުބުނެ ހުރީއެވެ.

ހަމައަކަށް އެޅިލެވުމުން އާރާ އިފްރާން އޭނާގެ ގަޔާއި ކުޑަކޮށް ދުރުކޮށްލާފައި އިފްރާންގެ ލޮލަށް ބަލާލިއެވެ. އިފްރާންވެސް ހުރީ އޭނާއާއި ދިމާލަށް ބަލަހަށްޓައިގެންނެވެ. އާރާ ލަދުގަތެވެ. އިފްރާން އޭނާގެ މޫނުގައި ފިރުމާލިއެވެ. އޭނާއަށް އިފްރާންގެ ފިނި އަތްތިލަ އިހްސާސްވުމާއެކު ލޯމަރާލެވުނެވެ. އިފްރާންގެ އަތުތެރޭގައި އެރޭ އޭނާ ލޯބީގެ ފޮނިމީރުކަން ލިބިގަތެވެ. އިފްރާންއާއި އެކު ހޭދަކޮށްލެވުނު ވަގުތުކޮޅު ވެގެންދިޔައީ އާރާގެ ހަޔާތުގައިވެސް އޭނާ އިހްސާސްކުރި އެންމެ އުފާވެރި ވަގުތުކޮޅަށެވެ. އާރާ އޭނާގެ ދިރިއުޅުމުގައި ވަމުން އަންނަ ކަންތައްތައް މަތިން ހަނދާންވެސް ނެތް ކަހަލައެވެ.

ލިބުނު ހިތްހަމަޖެހުމުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އާރާ އަށް ނިދުނެވެ. ފަތިސްވުމުން މަންމަ ގޮވާލި އަޑަށް ސިއްސައިގެން ގޮސް ހޭލެވުނުއިރު އިފްރާންއެއް ނެތެވެ. ކުޑަކޮށް އޭނާ މާޔޫސްވިއެވެ. ނަމަވެސް ހިތް ބުނަމުން ދިޔައީ އިފްރާން އަންނާނެ ކަމަށެވެ. ކަންވީވެސް ހަމަ އެހެންނެވެ. ކޮންމެ ރެއަކު ދަންވެ މީހުންގެ ހިލަމެއް ނުވާވަގުތު އިފްރާން އޭނާގެ ކޮޓަރިއަށް އާދެއެވެ. ދެ މީހުން އެކުގައި އުފާވެރި ދުވަސްތަކެއް ވޭތު ކުރަމުން ދިޔައެވެ. މި ގޮތުގައި ބައްދަލު ކުރާތާ މަހެއްހާ ދުވަސްވީތަނާ އެ އުފާތަކަށް އަނދިރި ހިޔަންޏެއް ވެރިވިއެވެ.

އާދައިގެ މަތިން އެރޭވެސް އިފްރާން އާރާ އާއި ބައްދަލުކުރަން އެ ކޮޓަރިއަށް އައެވެ. ދެމީހުން އެކުގައި މަޖަލުގައި ވާހަކަދައްކަން ތިބީއެވެ. ކަންދިމާކުރި ގޮތުން ހުސްނާ އެރޭ ނުނިދިގެން އުޅެފައި ގޭގެ މަތީބަޔަށް އެރީ ބެލްކަނީގައި ތަޅުލެވުނު ހަނދާން ނުވެގެން ބަލާލާށެވެ. ހުސްނާ ސިޑިން އަރަމުންގޮސް އެންމެމަތީ ސިޑިއާއި އަރާ ހަމަވުމާއެކު މުޅިމީހާ ހުއްޓުން އެރިއެވެ. ހުރިފިޔަވަޅުމަތީ ގުޑިލަންވެސް ނޭނގިފައި ހުރި މީހެއްހެން ހުއްޓެވެ. އޭނާ އަށް އިވެމުން ދިޔައީ އާރާގެ ހުނުމުގެ އަޑެވެ. ފިރިހެނެއް ވާހަކަދައްކާ އަޑެވެ. ނަމަވެސް ކިޔާއެއްޗެއް ސާފެއްނުވެއެވެ.

ހުސްނާ މިސްރާބު ޖެހީ އާރާގެ ކޮޓަރިއާއި ދިމާލަށެވެ. ދޮރުމަތީ ހުއްޓިހުރެ ދޮރުގައި ކަންފަތް ޖައްސާލިއެވެ. މަޤްޞަދަކީ އެ ކޮޓަރީގައި ދެކެވޭ ވާހަކަ އަޑުއެހުމެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އާރާގެ ހުނުމުގެ އަޑާއެކު ތަންކޮޅެއްބާރަށް 'ދެން އިފްރާން...' އޭބުނި އަޑު ހުސްނާ ކަންފަތުގައި ޖެހުނެވެ. ސިއްސައިގެންގޮސް އޭނާއަށް ފަހަތަށް ޖެހެވުނެވެ. އިފްރާންއަށް މީހަކު ހުރިކަން ރޭކާލީ ދެނެވެ. "އެ އަންހެންމީހާ އެބަހުރި ދޮރު ކައިރީ…" އެނދުން ތެދުވަމުން ސިއްރުސިއްރުން އޭނާ ވާހަކަ ދެއްކިއެވެ. "ކާކު؟" އާރާ ވެސް ވައި އަޑުން އަހާލިއެވެ.

"އެ ގޮތްކުޑަ އަންހެނާ…" އިފްރާންގެ މޫނު މަތިން ރުޅިވެރިކަން އާރާއަށް ފެނުނެވެ. "މަންމަތަ؟…" އޭނާ ސުވާލު ކޮށްލިއެވެ. "އެއީ އާރާގެ މަންމައެއް ނޫން…" އިފްރާންގެ އަޑު ބަދަލުވިއެވެ. "ދެންއެއީ ކާކު؟ އިފްރާން ތިހުރިހާ އެއްޗެއް އެނގޭއިރު ކީއްވެތަ އަހަންނަށް ކިޔާނުދެނީ؟" އާރާ ވެސް ހިސާބަކަށް ނުރުހުން ވިއެވެ. އިފްރާން އޭނާގެ ރުޅި ކޮންޓުރޯލު ކޮށްލަމުން އާރާގެ ކައިރީގައި އިށިނެވެ. "ވަރަށް ބޭނުން ކިޔާދެން. އާރާތީ ކާކު ކަން ބުނެދެން. އާރާއަށް ވާހަކަތައް ކިޔައިދޭން އުޅުނީމަ ވާގޮތް ބަލަން ބޭނުންތަ؟" އިފްރާން ދެރަވެފައި ހުރެ ވާހަކަ ދެއްކިއެވެ. "ކިހިނެއްވަނީ އިފްރާންއަށް؟" އާރާ ހައިރާންކަމާއެކު އެހިއެވެ.

" އާރާ ތިއީ ން...ސާ….ނޫ...." ވަރަށް އުނދަގުލުން ކަރުގައި އަތްއަޅައިގެން ހުރެ ވާހަކަ ފުރިހަމަ ކުރަން އިފްރާން މަސައްކަތް ކުރަމުންދިޔަ ތަން ބަލަން އާރާއަށް ހުރެވުނީއެވެ. "މިއީ ޙަޤީޤަތް ކިޔާދެން މަސައްކަތް ކޮށްފިނަމަ ވާ ގޮތް…" ފެންކަޅި ވެފަ ހުރެ އިފްރާން ބުނެލިއެވެ. "ކީއްވެ؟" ބޭއިޚްތިޔާރުގައި އާރާއަށް ސުވާލުކޮށްލެވުނެވެ. "އާރާ… އެމީހުން ދައްކާ ވާހަކަ ގަބޫލު ނުކުރާތި. އާރާ ޙަޤީޤަތް ހޯދަން މަސައްކަތް ކުރޭ." އިފްރާން އާރާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. އިފްރާން ދެރަވެފައި ހުރިވަރު ފެނުމުން އާރާއަށް ވެސް އަސަރުކުރިއެވެ. އިތުރަށް ވާހަކަ ދެއްކުމުގެ ބަދަލުގައި އޭނާ ބޯޖަހާލީއެވެ.

އިފްރާން ކުޑަދޮރު މައްޗަށް އަރާ އޭނާގެ ވަރުގަދަ ކަޅު ފިޔަގަނޑު ހުޅުވާލިއެވެ. އެ ފިޔަގަނޑުގެ ރީތިކަމުން އާރައަށް ކަޅިޖަހާނުލައި ކޮންމެ ރެއަކުވެސް ބަލަން ހުރެވެއެވެ. އެ ފިޔަގަނޑުގައި ހުންނަ ފެހި ވިދުވަރަކީ އެ ފިޔަގަނޑުގެ އެންމެ ރީތި ސިފައެވެ. ފިޔަގަނޑަށް ގެއްލިފައި ހުރި އާރާއަށް ހޭވެރިކަންވީ އިފްރާން ހީލުމުންނެވެ. އަދި ފޮނިވެފައި ފިޔަގަނޑު ތަޅުވާލަމުން އުދުއްސައިގަތެވެ. އިފްރާން އުދުހޭރޮނގު ފާހަގަވާން އެ ފެހި ވިދުވަރު ހުރެއެވެ. އޭނާގޮސް އޮބާލަންދެން އާރާ ކުޑަދޮރުކައިރީ ހުއްޓެވެ. "ފޮނިވެސް ކަނޑަން އެނގެއޭދޯ… ހެހެހެ" އާރާ ކައިރިއަށް ހިނިއައެވެ.

ކޮޓަރީ ދޮރުގައި މީހަކު ހިފާލިއަޑަށް އާރާ ސިއްސައިގެން ދިޔައެވެ. އަވަސް އަވަހަށް ކުޑަދޮރު ލައްޕާފައި އައިސް އެނދުގައި އޮށޯވެ ރަޖާގަނޑު އަޅައިގެން ނިދާކަމަށް ހެދެލިއެވެ. ތަޅުދަނޑިން ދޮރުހުޅުވައިގެން ހުސްނާއާއި ވަހީދު އެ ކޮޓަރިއަށް ވަނެވެ. "އެ މަންޖެ އެއޮތީ ނިދާފައެއްނު!" ވަހީދު ވައިއަޑުން ބުނެލިއެވެ. "އެކަމަކު އަހަރެން އަޑު އެހިން އޭނަ އިފްރާންއޭ ބުނިއަޑު" ހުސްނާ އޭނާއަށް އަޑުއިވުނު ބައި ހިއްސާކޮށްލިއެވެ. "ހުމމނ… މިހާރު ދެން ތި ނޫން އެއްޗެއް އަޑެއްވެސް ނީވޭނެ ހުސްނާ އަކަށް. މިތަނުން ދާންހިނގާ އެ މަންޖެ ނުހޭލަނީސް. މިތާ މީހެއްނެތް ކަން ޔަގީން ވެއްޖެއެއްނު." ވަހީދު ކުޑަކޮށް ރުންކުރު ގޮތަކަން ބުނަމުން ހުސްނާ ކޮޓަރިން ނެރެފައި ދޮރު ތަޅުލިއެވެ.

"ހެވޭ އެކަމަކުވެސް. މަށަށް ހީވި އެއްޗަކަސް މާދަން މުދިންބެ ގެންނަންވާނެ." ހުސްނާ ސިޑިން ފައިބަމުން ބުނެލިއެވެ. "ދެން މާދަމާ ވީމަ އެނގޭނީ. އިހަށްތި ނިދޭތޯ އުޅެބަލަ." ވަހީދު ޖަވާބުދިނެވެ. "ހާ… ކިރިޔާނު މިސަލާމަތްވީ. މަންމަމެން ހާދަ ބިރުގަނެއޭ އިފްރާން ދެކެ. ކީއްވެބާ؟ އޭނަ އެހާ ބިރުވެރިއެއްވެސް ނޫން" ހަމަޖެހިލުމުގެ ނޭވާއެއްލަމުން އާރާ ހިތާހިތާ ކިޔާލިއެވެ.


(ނުނިމޭ...) 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ