ރައީސް ޞާލިޙަށް އިންކަމް ސަޕޯޓު ހިސާބު ޖެއްސެވުނީ ގޯސްކޮށް!

28 Feb 2021 | 18:16

އިންކަމް ސަޕޯޓުގެ ގޮތުގައި ބ.ކުޑަރިކިލުގެ 77 މީހަކަށް 953 މިލިއަން ރުފިޔާ ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙް މިފަދައިން ވިދާޅުވެފައިވަނީ، ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ބާއްވަމުން ގެންދާ ރަށްވެހި ފަތިސް ކެމްޕެއިން ގައި ބ.އަތޮޅަށް ނިސްބަތްވާ ކެނޑިޑޭޓުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމެއްްގައި ވާހަކަ ދައްކަވަމުންނެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގެ ތެރެއިން ރޭގެ ބައްދަލުވުން ޚާއްޞަކޮށްފައިވަނީ ބ.އަތޮޅުގެ ރަށްތަކަށެވެ.

އެގޮތުން ރޭގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބ.ކުޑަރިކިލުގެ 77 ފަރާތަކަށް އިންކަމް ސަޕޯޓުގެ ގޮތުގައި 953 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން ދޫކޮށްފައިވާ ކަމަށެވެ.

އެރަށުގެ ތަޢުލީމީ ދާއިރާގެ ވާހަކަ ޙިއްސާކުރަމުން ރައީސް ވިދާޅުވީ، އެ ރަށުން 27 ކުއްޖަކު މަތީ ތަޢުލީމު ޙާސިލުކުރަމުންދާކަން ކަމަށެވެ.

"ދެން އެނގިވަޑައިގަންނަވާނެ 646 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެއް. މިދިޔަ ދެ އަހަރުގެ ތެރޭގައި ފުޓްސެލް ދަނޑު އެއީ ކުރިން ހަދަން ފަށާފައިވާ ދަނޑެއް ނިންމާފައިވޭ. ތަޢުލީމީ ދާއިރާއަށް ބަލާއިރު 27 ދަރިވަރުން މަތީ ތަޢުލީމު ހާސިލުކުރަމުންދޭ. އިންކަމް ސަޕޯޓުގެ ގޮތުގައި 77 ފަރާތަކަށް 953 މިލިއަން ރުފިޔާ ދޫކޮށްފައިވޭ." ރައީސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement